radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
އިސް
ނ
(1)
ކުރި
(2)
ވޭތުވެދިޔަ
(3)
މޫނު
)ބދ (
(4)
ބޯ
ފިތް
ނ
(1)
އާދަމުގެ
ދަރިންނާ
ކުކުޅުހާފަދަ
ބައެއް
އެއްޗެހީގެ
އެތެރެ
ހަށީގައި
އޮންނަ
ވަރަށް
ކުޑަ
ގުނަވަނެއް.
މިއީ
ހަޖަމު
ކުރުމުގެ
ދިޔަ
އުފައްދާ
ގުނަވަނެވެ.
(2)
ބައެއް
ތަކެތި
ހަދައިފައި
ހުންނައިރު
އެއްސިފަޔަށް
އުފުލިފައި
ހުންނަހެން
ހަދައިފައި
ހުންނަ
ތަންތަން.
މިސާލު:
ގޯނބިލިފުޅީގެ
ފިތް.
(3)
ކެވޭ
އެއްޗަކުން
ނުވަތަ
އެހެންވެސް
ގޮތަކުން
ގައިގެ
ތަންތަނުން
އުފުލޭ
ތަންތަން.
(4)
ލުނބޯ
ފޮނިލުނބޯ
ފަދަ
އެއްޗެހީގެ
އެތެރޭގައި
ބައިބައި
ވަކިކޮށް
ނެގެން
ހުންނަ
ބައިތަކުން
ބައެއް.
(5)
މިޔުޒިކް
ކުޅެން
ގެންގުޅޭ
ބައެއް
އެއްޗެހީގައްޔާއި
ރޭޑިޔޯގައި
ހުންނަ
ބައިތަކުން
ބައެއް.
(6)
ބައިސްކަލް
ޗޭނާއި
ގަޑީ
ޗޭނާއި
ކަމަރުފަދަ
ތަކެތީގެ
ބަދައެއް.
(7)
ފިތްޖެހި
ތެލީގައި
ހުންނަ
ކޮންމެ
އަޑިތަނެއް.
(8)
ފުމެން
ގެންގުޅޭ
ދުންމާރީގެ
ކޮޅަށް
ފަނުން
ނުވަތަ
އެނޫންވެސް
އެއްޗަކުން
ހަދައިގެން
ޖަހައިފައި
ހުންނަ
އެތިކޮޅު
ފިލީގައިޖެހުން
މ
(1)
އެންހިފާއިރު
ފިލިޖެހީމާ
އެންތައް
އައިސް
ފިލިކާން
ފެށުން
(2)
މަޖާޒު:
ފަބިއައްޔީގައި
ޖެހުން
ފިލުނދު
ނ
(1)
ކައްކައިފައި
ހުންނަ
ކާއެއްޗެހި
ރާމާވުމަށް
ފަހު
ކުނިވުމުގެ
ކުރިން
އައިސްފައި
ހުންނަ
ބަދަލު.
(2)
ދިރޭ
އެއްޗެހި
)އިންސާނުން
ނާއި
ޖަނަވާރާއި
މަސްމަހާމެހި
ފަދަ(
މަރުވުމަށްފަހު
ގިނައިރުވުމުން
މަސް
ގަނޑު
ކުނިވާން
ފެށުމުގެ
ކުރިން
ހަންގަނޑު
ދޫވެ
މަސްގަނޑު
މަޑުވާ
މަޑުވުން
ފިލްމަށްނެގުން
މ
އެކިއެކި
ހަރަކާތްތަކާއި
މަންޒަރުތައް
ވީޑިއޯއަށް
ނުވަތަ
ބައިސްކޯފަށް
ނެގުން
ފިލްމީދުނިޔެ
ނ
ބައިސްކޯފް
ފިލްމު
އުފައްދާ
މީހުންނާއި
ފިލްމް
ކުޅޭ
މީހުންނާއި
އެ
މީހުންގެ
ދިރިއުޅުމާއި
ފިލްމް
އުފެއްދުމާ
ބެހޭ
ދާއިރާ
ފިލްމު
ނ
(1)
ބައިސްކޯފު
ދައްކާފީތާ
(2)
ފޮޓޯ
ނުވަތަ
ފިލްމް
ނެގުމަށް
ކެމެރާއަށް
ލައްވާ
ރޯލު
ފިލްމުދެއްކުން
މ
ބަޔަކަށް
ފެންނާނެހެން
ބައިސްކޯފު
ދެއްކުން
ފީފާ
ނ
ޑީސަލާއި
ޕެޓްރޯލާއި
އިސްޕިރެޓް
ފަދަ
އެއްޗެހި
އަޅައި
ދެކޮޅު
ބަންދުކޮށްގެން
ރާއްޖޭން
ބޭރުން
ގެންނަ
ދިގުކޮށް
ވައްކޮށް
އޮންނަ
އެއްޗެއް
ފުނޑުފުނޑުވުން
މ
(1)
ހަރުއެއްޗެއް
ބޮޑަށް
ހަލާކުވެ
ކުދިކުދިވުން
(2)
މީހަކު
ރުޅިއައިސްގެން
ހަލާކުވާ
ވަރުވުން
ފުނަށްދިއުން
މ
(1)
މޫދަށް
އެރިގެން
އުޅޭއިރު
އިސްކޮޅު
ނުކާ
ހިސާބަށް
ދިއުން
(2)
މާބޮޑަށް
އަޑިއަށް
ދިއުން
ފުނާ
ނ
ބޮލުގެ
އިސްތަށިގަނޑު
އޮމާންކުރުމަށް
ބޭނުންކުރޭ
ދަތްބަރިއެއްލައިފައި
ހުންނަ
އެއްޗެއް.
މިހަދައިފައި
ހުންނަނީ
ކަހަނބުފަތް
ޕްލާސްޓިކް
ފަދަ
އެއްޗެހިންނެވެ
ފުރަގަހުންބެއްދުން
މ
ގުޅަމަތި
ހިފުމުގައި
ފުރަގަހުން
އައިސް
ހިފައިގަތުން
ފުއްޕާމޭ
ނ
މޭކަށީގެ
އޮނިގަނޑުގެ
ތެރޭގައި
ދެފަޅި
ވަރަށް
އޮންނަ
އިސްޕަންޖު
ގަނޑެއް
ކަހަލަ
ގުނަވަނެއް
މިއީ
ނޭވާލާއިރު
ހަށިގަނޑުގެ
ތެރެއަށް
ސާފުވައި
ފޮނުވައި
ނުބައިވައި
ބޭރުކޮށްދޭ
ގުނަވަނެވެ
ފުއްޕުން
މ
(1)
ބޯޅައާއި
ހަންފަދަ
އެއްޗިއްސަށް
ވައި
ވެއްދުން
(2)
އެތެރެއަށް
ވައިވަދެގެން
އުފުލުން
(3)
ހަކުރު
މަޅުކުރުން
(4)
ބަތަށް
ހަކުރުލައި
މަޅުކުރުން
(5)
ހަމަ
އެއްޗެއްވަކި
ބައްޓަމަކަށް
އުފުލުން
(6)
ބައެއް
ދިރޭ
އެއްޗެހި
ރުޅިއައިސްގެން
ހަށިގަނޑު
ބޮޑުކޮށްލުން
މިސާލު:
ކޮލިފުއްޕުން
(7)
މަޖާޒު:
ވަރުގެ
ކޮޅަށް
ނަލަހެދި
ފަރިވުން
ފުލުސް
ނ
(1)
އިސްކުރާއި
ބޯލްޓް
ފަދަ
ތަކެތި
ނުވަތަ
އިސްކުރު
ކަނޑައިފައި
ހުންނަ
އެއްޗެހި
ހިފެހެއްޓުމަށް
ނުވަތަ
ބާރު
ކުރުމަށް
އޭގެ
ކޮޅަށް
ލައްވާ
އިސްކުރު
ކަނޑާފައި
ހުންނަ
އެތި
(2)
ފުލުހުން
(3)
ގޭތެރޭގައި
ކުޅޭ
ކުޅިވަރެއް
ފެށުން
މ
(1)
އަޒަލު
(2)
ކަމެއްގެ
ޙަރަކާތް
ހިނގައިގަތުން
(3)
"ނިމުން"
މިބަހުގެ
އިދިކޮޅު
(4)
ކަމަކަށް
އިސްނެގުން
(5)
ޖަލްސާ
ކޮންފަރެންސް
ފަދަ
ތަންތަން
ހުޅުވުން
(6)
މަޒުމޫނު
ބަޔާން
ފަދަ
ތަކެތީގެ
ތަޢާރުފު
ފެންކަރު
ނ
ފެންވައިރު
ކުރާއިރު
ބޭނުންކުރާ
ފަސޭހައިން
ގޮތްގޮތަށް
ލެނބޭ
ހޮޅިއެއް.
މިއެލްމެނިއަމުންވެސް
ޕްލާސްޓިކުންވެސް
ހަދައިފައި
ހުރެއެވެ.
މިބޭނުން
ކުރަނީ
ފެން
ފޮނުވާދޭ
ހޮޅިއާއި
އަތް
ދޮންނަ
ތަށީގެ
އިސްކުރާއި
ނުވަތަ
ފާޚާނާތަށީގެ
ތާނގީއާއި
ގުޅުމަށެވެ
ފެންއެރުން
މ
(1)
ބިމުން
ނުވަތަ
އިސްކުރެއް
ފަދަ
އެއްޗަކުން
މައްޗަށް
ފެން
އައުން.
(2)
ފޮޅު
ބިހިފަދަ
އެއްޗެހީގެ
އެތެރޭގައި
ފެން
އުފެދުން.
(3)
އޮޑިދޯނިފަހަރުގެ
މަތިކަން
މަތިން
އެތެރެއަށް
ލޮނު
އެޅުން.
މިއީ
ދިޔަބޮޑުވުމުގެ
ސަބަބުން
ނުވަތަ
ދުއްވައިފައި
ދާއިރު
ކަނޑު
ގަދަވުމުގެ
ސަބަބުން
ދިމާވާގޮތެކެވެ
(4)
)ޏ ސ (
ކުޑަކުދިންގެ
ރޫފަޖެހުން
ފެންދޭމީހާ
ނ
(1)
ކެއުމުގެ
ކުރީގައި
އަތްދޮއްވުމަށް
ކުރަޔާއި
ލޯގަނޑާ
ހިފައިގެން
އައިސް
އަތްދޮއްވާމީހާ
(2)
ކަރުހިއްކުން
ފިލުވައިދޭމީހާ
(3)
ގަސްތަކަށް
ފެންޖަހާމީހާ
ފެޅުން
މ
(1)
އެއްޗަކުން
ޖެހިގެން
ބޯ
ފަދަ
ތަނެއް
ހަލާކުވުން
(2)
ފުނާއަޅާއިރު
އިސްތަށިގަނޑު
ބައިކުރުން
(3)
މުޅޮއެއް
ފަދަ
އެއްޗަކުން
ލަކުޑި
ކުދިކުރުން
(4)
އޮށުން
ނުވަތަ
މުލުން
ގަސްނުކުތުން
(5)
ކެފުން
މިސާލު:
ބޯކިބާކެފުން
)ފެޅުން(
(6)
ބައެއްކަހަލަ
މޭވާ
ދޮންވެ
ފައްކާ
ވެގެން
ގޮސް
ތޮށިގަނޑު
ކެނޑުން
(7)
ދަތް
ނުވަތަ
އިސްތަށި
ފަދަ
ތަކެތި
ނުކުތުން
(8)
ކަންވާރު
ފަދަ
ތަކެތީގައި
ރެނދުއެޅުން
(9)
އިރުން
)01(
އޮޕަރޭޝަން
ކުރުން
(11)
މަޖާޒު:
ތަސައްރަފު
ނުފުދޭ
ކުޑަ
އަންހެން
ކުއްޖެއްގެ
ޢިއްފަތްތެރިކަން
ނަގައިލުން
«
18
19
20
21
22
23
24
25
26
»