radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ގައި
އ
ހާލު
ނުވަތަ
ތަން
ނުވަތަ
ވަގުތު
ބަޔާންކުރުމަށް
ބޭނުން
ކުރާ
އަކުރެއް
މިސާލު:
)ހ(
ހަތްގަޑި
ފަނަރައިގައި
)ށ(
މޭޒުދޮށުގައި
)ނ(
ބޭރަށް
ހިންގުމުގައި
ހިތާނުވަޅު
ނ
އިހުގައި
ދިވެހިގޮތަށް
އަޅައިފައި
ހުންނަ
ގޭގޭގައި
މައިދޮރާ
އެންމެ
ކައިރިޔަށް
ބޮޑުއަށީގައި
އިށީނދެވެން
ހުންނަ
ތަން
ހިތާވުން
މ
(1)
މީހެއްގެ
ނުވަތަ
އެއްޗެއްގެ
މައްޗަށް
ހިތް
ލެނބުން
(2)
ހިތްޖެހުން
މިބަސް
ގިނައިން
ބުނެއުޅެނީ
އިންސާނުންގެ
ދެޖިންސުގެ
ދެމެދުގައި
ހިންގާ
ލޯތްބަށެވެ
(3)
ޤަބޫލުވުން
ހިތި
ނ
(1)
ހަބަރުގައި
ހުންނަރަހަ.
(2)
ބާވަތެއްގެ
ފަތްކުދި
ބޮޑުގަހެއް.
(3)
ހިތިގަހުގެ
އޮށް.
(4)
ބަތާލައިގެން
ކާން
ފުނޑި
ހަވާދުނުލާ
ކައްކާ
ދޮންރީނދޫ
ކުލައިގެ
ދިޔައެއް.
މީގެ
ތެރެއަށް
ހިތި
ދަމުއިލުމީ
ކޮންމެހެން
ބޭނުން
ކަމެކެވެ.
(5)
ހިޔާނުކޮށް
ހުންނަ
ފެންގަނޑުގައި
އުފެދޭ
ދޮން
ފެހި
ކުލައިގެ
ކުދިކުދި
ދިރޭއެއްޗެއް.
މީގެ
ބޮޑުމިންވާނީ
ގެރެވިފުކެއް
ވަރެވެ.
އެކަމަކު
އޭގެ
ސަބަބުން
މުޅި
ފެންގަނޑު
އޮންނާނީ
އޮލަވެފައެވެ.
(6)
ބަބުކޭލުގެ
ތެރޭގައި
ހެދިފައި
ހުއްޓާ
ފެންނަ
ފެހިކުލައިގެ
ބައްޔެއް.
(7)
ރަމަޟާންމަހުގެ
22،
24،
26،
28
މިދުވަސް
ދުވަހާއި
މިދުވަސްދުވަހާއި
ވިދިގެން
އަންނަރޭރޭ
ކޮށްއުޅުނު
ރަސްމީ
ކަންތައްތަކެއް (8)
ނއ
ރަހައާއި
ގުޅޭ
ގޮތުން
ބޭނުންކުރާ
ނަންއިތުރެއް
މިސާލު:
ހިތިބޭހެއް (9)
މަޖާޒު:
ކަމަކުންނުކުންނަ
ދެރަނަތީޖާ:
މިސާލު
ހިތިނަތީޖާ (10)
ހިތަށްކުރާ
ވޭނީ
އަސަރު
މިސާލު:
ހިތިހިތާމަ
(11)
"ހިތުން"
މިބަހުގެ
ނިމިނިމުނުކަން
ހިތިހުންބޭސް
ނ
ބޭރުގައި
ހަކުރު
ނުލާހުންނަ
ހުންބޭސްގުޅަ
މީގެ
ދިޔާ
ބޭސްވެސް
ހުރެއެވެ
އެހުންނާއި
މަޑުފިޔާތޮށި
ކުލައިގައެވެ
(3) "ހިތި" ބަލާ! ހިތިރަހަ
ނ
(1)
ހަބަރުގައި
ހުންނަ
ރަހަ
(2)
ފޮނިރަހައިގެ
އިދިކޮޅު
ހިތިބޯ
ނ
އެމުގެބާވަތެއް:
މިއީ
ހުޅުނބުތައް
ވަރުގަދަކޮށް
ހުންނަ
ކަށި
ގިނަ
އެމެކެވެ
މީގެ
މަތީފަރާތުގައި
ހުންނަނީ
ފެހިއަޅި
ކުލައެކެވެ
ހުޅުނބުތަކުގެ
ކައިރިފަށް
ހުންނަނީ
ކަޅުކުލައެއްގައެވެ
މީގެ
ދެއަރިމަތީގައި
ރިހިކުލައިގެ
ފުޅާ
ރޮނގެއް
ހުރެއެވެ
ހިތިކަދޫވެލެއްގެ ބުޑަށް ފެންކަމުގައި މާމުއި އެޅިއަސް އޭގައި އަޅާ އެއްޗެއް ފޮންޏެއް ނުވާނެއެވެ
(މުސްކުޅިބަހެއް)
ނުބައިކަމުގައި
ޙައްދު
ފަހަނަޅާފައިވާ
މީހަކަށް
ކިތަންމެ
ހެޔޮ
ނަސޭހަތެއް
ދީ
ވިސްނައިދީ
ހެދިޔަސް
އޭނާގެ
ނުބައިކަމަށް
ބަދަލެއް
ނާންނާނެކަން
އަންގައިދިނުމުގެ
ގޮތުން
ބުނެއުޅޭބަހެއް
"ހިތި" މިބަހުގެ 5 ވަނަ މާނަބަލާ! ހިތިއެޅުން
މ
ވެޔޮ
ވަޅު
ފަދަ
ފެންފެންގަނޑުގައި
ހިތި
އުފެދުން
ހިތިވަނުން
މ
(1)
ބަނބުކޭލުގެ
ތެރޭގައި
ހެދޭ
ހިތި
އުފެދުން
(2)
ހިތީގެ
ހަވަނަ
މާނަ
ބަލާ
ހިތިފިލުން
މ
(1)
އެއްޗެއްގައި
ހުރި
ހިތިރަހަ
އެއާވަކިވުން
(2)
މަޖާޒު:
ކުށެއް
ވުމުގެ
ސަބަބުން
މީހަކަށް
މާނާވީ
ހުރިހާ
ކަމަކުން
ސަލާމަތްވުން
ހިތިފިލުވުން
މ
ބައެއް
ތަރުކާރީގައި
ހުންނަ
ހިތިރަހަ
އެއިން
ވަކިކޮށް
ސާފުކުރުން
ހިތިދުވަސް
ނ
ރަމަޟާންމަހު
22،
24،
26،
28
މި
ހަތަރު
ދުވަސް.
މިއީ
ރަސްމީ
ގޮތުން
ރަސްކަލަކު
ބައެއް
ވަލީވެރިންގެ
ޒިޔާރަތަށް
ފާތިޙާ
ވިދާޅުވުމަށް
ވަޑައިގަންނަވާ
ދުވަސް
ދުވަހެވެ.
(1)
ހެންވޭރު
ބޮޑު
ހިތީގައި
ޙަބްޝީގެފާނުގެ
މަޤާމްފުޅަށް.
(2)
މާފަންނު
ބޮޑު
ހިތީގައި
އަލި
ރަސްގެފާނު
ޒިޔާރަތަށް.
(3)
ހެންވޭރު
ކުޑަހިތީގައި
މެދުޒިޔާރަތަށް.
(4)
މާފަންނު
ކުޑަހިތީގައި
ފަޤީހު
ސުލައިމާނު
ޒިޔާރަތަށެވެ.
ފަހުން
މިކަމުގެ
ރަސްމިއްޔާތު
ރޭގަނޑަށް
ބަދަލުވީމާ
އޮންނަނީ
23،
25،
27،
29
މިރޭ
ތަކުގައެވެ
ހިތިތޮރާ
ނ
ތޮރައިގެ
ހިތިބާވަތް
މިއީ
އިހުޒަމާނުގައި
މާލޭގައި
ހެދުނު
ބާވަތެކެވެ
މިތޮރާ
ހުންނާނީ
އާދައިގެ
ތޮރައަށްވުރެ
ކުދިކޮށެވެ
ކާންކެރޭ
ވަރަށްވުރެ
އެތޮރައިގެ
ރަހަ
ހިތިވާނެއެވެ
ހިތިގަސް
ނ
އުސްކޮށް
ބޮޑުތާނގައި
ފެތުރިގެންހެދޭ
ލަކުޑިމޮޅުގަހެއް.
މިގަހުގެ
ލަކުޑި
ހުންނާނީ
މަޑުމުށިކުލައިގައެވެ.
މިގަހުގެ
ދަނޑިޔާއި
ފަތަކީ
އެކިކަންކަމަށް
ފައިދާހުރިބޭހެކެވެ.
ފަތްހުންނާނީ
ކުރިޔަށް
ހިމަކޮށް
ބުޑުދޮށަށް
ފަލަކޮށް
އަރިޔަށް
ލެނބިލައިފައެވެ
ފަތުގެކައިރިފަށް
ހުންނާނީ
ތުނޑުތުނޑުލައިފައެވެ
ފަތުގައި
ވަރަށް
ގިނަ
ގަދަ
ހިތިރަހައެއް
ހުންނާނެއެވެ
ހިތިގެ
ނ
ބޮޑު
ދެ
ހިތީގައި
ރަދުން
ހިއްޗަށް
ވަޑައިގެން
ހުންނަވާން
އަޅާ
ވަގުތީ
ގެކޮޅެއް
ހިތީބޯޓް
ނ
(1)
ހިތިދުވަހަށް
ހިތީ
ކުޅިވަރަށް
ހަދާ
ވައްތަރުގެ
ނައުޒޯނގު
(2)
މަޖާޒު:
އަޞްލުގައި
ނެތްއެއްޗެއް
ކަމުން
ދެއްކުން
މިސާލު:
ފޮތްތެރިއަކަށް
ނުވާ
މީހަކު
ފޮތްތަކެއް
އެއްކޮށްގެން
ފޮތްތެރިއަކަށް
ހެދިގެން
އުޅުން
ހިތީކިޔެވުން
މ
ހިތިދުވަހު
އަޞްރު
ނަމާދުން
ފައިބައިގެން
ބޮޑު
ކިއެވެނީންނާއި
ކަމުވޮށިނުވޮށީން
އެދުވަހު
ހިއްޗަށް
ވަޑައިގަންނަވާ
ޒިޔާރަތެއްގެ
ކައިރީގައި
ފޮތް
ފޮއްޓެއް
ކިއެވުން
ހިތީކޭން
ނ
ހިތީކިޔަވާން
ދުރުވާ
ހަނގުބޭކަލުންނާއި
އަވަށު
މީހުން
ރޯދަވީއްލުމަށް
ކައްކައިގެން
ގެންދާކޭން
މިކޭން
ކައްކަނީ
މަޖިލީހަށް
އަރާ
ބޭކަލުންގެ
ގޭގެއިންނެވެ
މި
ކޭމާއި
ފާރުދޮށުކޭމާ
ހުންނަ
ތަފާތަކީ
މިކޭމުގައި
ހިތި
ހުންނަކަމެވެ
ހިތުނިޔަތްގަތުން
މ
(1)
ހިތުން
ގަސްތުކުރުން
(2)
އަޅުކަމަކަށް
ފަށާއިރު
އެކަން
ހިތުގައި
ގަސްތުކުރުން
ހިތުންފިލުން
މ
(1)
ހަނދާންނެތުން
(2)
ކަމަކާމެދު
ނުވަތަ
އެއްޗަކާމެދު
ހިތުގައި
އުފެދިފައިވާ
ޝައުޤުވެރިކަން
ނެތިގެންދިއުން
«
17
18
19
20
21
22
23
24
25
»