radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
އާ
ނއ
(1)
ބާކަމުގެ
އިދިކޮޅު
(2)
އެއްފަހަރުވެސް
ބޭނުންނުކުރާ
(3)
ގިނަދުވަސްނުވާ
(4)
ކުރީން
އުފެދިފައިނެތް
ނުވަތަ
ފެނިފައިނުވާ
ބޮންޑާފާނަ
ނ
އޮޅުފާނައިގެ
ބާވަތެއް.
މިއީ
އާދައިގެ
ފާނައަށްވުރެ
ބިޔަ
ނިގޫފަތުގެ
ކޮޅު
އެއްވަރަކަށް
ހުންނަ
އަނގަ
ބޮޑު
ދަތްތޫނު
ގަދަރަތްކުލައިގެ
މަހެކެވެ.
މަހުގެ
ވަށައިގެން
ގަދަ
މުށިކުލައިން
ކައިރިއެޅިފައި
ހުންނަ
ނޫކުލައިގެ
ތިކިތަކެއް
ހުރެއެވެ.
އަދި
ބުރިކަށިމަތީގައި
ހުރަހަށްވާގޮތަށް
ފުޅާ
ދެތިން
ގަޅި
ހުރެއެވެ
ބޮކި
ނ
(1)
ފެނާއި
އެހެނިހެން
ދިޔާއެއްޗެހީގެ
ތެރޭގައި
ހުންނަ
ވައިގެ
ބަނޑިބަނޑި
(2)
ކަރަންޓުން
ދިއްލޭގޮތަށް
ހުންނަ
ނަރުކޮޅެއްލައިފައިވާ
ބިއްލޫރި
އެއްޗެއް
އާންމުގޮތެއްގައި
ހުންނާނީ
މީގެ
ފޫ
ހޯލްޑަރަކަށްޖެހޭ
ގޮތަށެވެ
މީގެ
ވަރަށް
ގިނަ
ވައްތަރުހުރެއެވެ
(3)
އެތެރެ
ހުހަށް
އޮންނަގޮތަށް
ބިއްލޫރިން
ނުވަތަ
އެހެނިހެން
ތަކެތިން
ހަދައިފައި
އޮންނަ
ބޯޅަ
ބޮއިލަރު
ނ
އިންޖީނު
ހިންގުމަށް
އާވި
އުފައްދާ
ތާނގީ
ބޮލާކޮޅު
ނ
އެނދު
އަޑި
ފަދަތަންތާނގައި
އާދަވެގެން
އޮށޯވެ
ތިބޭއިރު
ބޯބާއްވާ
ކޮޅު
ބޮލިކެ
ނ
ރަތްމަހަށްވުރެ
ބޮނޑިމަސްކޮށް
ހުންނަ
އެއަށްވުރެ
ރަތްކަންކުޑަ
މަހެކެވެ
މިމަސް
އާންމުކޯށް
ކައިއުޅެނީ
ބޮލީގެ
ބާވަތްތަކެވެ
ބޮލިގަނޑު ކުޅުން
މ
ރިހާކުރު
ބޮލީގެ
ކުދި
ހަބޮލިން
ކުޅޭ
ކުޅިވަރެއް.
މިބޮލިތަކަށް
ހުންނާނީ
ތިމަރައަޅައިފައެވެ.
ކުޅޭނީ
ދެމީހުން
ނުވަތަ
3
މީހުން
ނުވަތަ
4
މީހުނެވެ
މިކުޅިވަރުގައި
ދެއަތް
ތިލައިގެ
ތެރޭގައި
ބޮލިތައް
ތަޅުވައިލައިފައި
ކުޅޭތަނަށްއަޅާ
ލަނީއެވެ
ބޮލިތައް
އެތުރޭ
ގޮތަކުން
މެދުގައި
ހުންނަބަންޑާރަ
ގަނޑޭކިޔާ
އާދައިގެ
ކުދިބޮލިތަކުން
ބޮލި
ލިބެމުންދާނެއެވެ
އެއްބޮލިބަންޑުންޖެހި
އަނެއް
5
ބޮލި
އުއްޑުން
އޮވެއްޖެނަމަ
އެއެޅުނީ
ފައްސިއްސެކެވެ
އެކަތި
އުއްޑުން
ޖެހިފައި
އަނެއްފަހެތި
ބަންޑުން
ޖެހިއްޖެނަމަ
އެއެޅުނީ
ދަހެކެވެ
ބޮލުރޮދި
ނ
ގުޑިއާއި
ތެލަނގަފަދަ
ތަކެތީގެ
މަތީކޮޅުން
ބޮލަށް
ވާހިސާބު
ދޫކޮށް
ލަންބާދުނީގެ
ދެފަރާތަށް
އައްސައިފައި
ހުންނަ
ރުދި
ނުވަތަ
ޖަހައިފައި
ހުންނަ
ރޮދި
ބޮޑައި
ނ
ކުރިކީލަ
މަހުގެ
ބާވަތެއް
މިއީ
މޫދުގެ
ތިލަ
ހިސާބުގައި
)ހުދުފަޅުމަތީ(
އުޅޭ
މަހެކެވެ
އާންމުކޮށް
މިމަސް
ތިބެނީ
ގާދަށުގައެވެ
މިމަސް
ދުވެ
ހަދަނީ
ފަސްގަނޑާއި
ވަރަށް
ކައިރިން
ނަގޫފަތްޖެހޭ
ހިސާބުންނެވެ
މަހުގެ
ކުލައަކީ
ކަޅު
އަޅި
ކުލައެވެ
ކުރިކީލަ
މަހަށްވުރެ
މިމަހުގެ
ބޯ
ބޮޑުވާނެއެވެ
ބޮޑައިބުރަކި
ނ
)ވ.(
ބުރަކީގެ
ބާވަތެއް.
މިބުރަކި
އާދައިގެ
ބުރެއްކަށްވުރެ
ތަންކޮޅެއް
ބޮޑެތިވާނެއެވެ.
މީގެ
ބޮޑުމިން
ގާތްގަނޑަކަށް
ދޮޅު
އިންޗި
ވަރުވާނެއެވެ
ބޮޑުހިތި
ނ
(1)
އިހުގައި
ރަސްކަމުގެ
ފަރާތުން
ރަސްމީގޮތުން
ފާހަގަ
ކުރާ
ދެދުވަހާއި
އެދެދުވަހުގެ
ރެއަށް
ކިޔާ
އުޅުނު
ނަމެއް.
ރަމަޟާންމަހުގެ
ބާވީސް
ވަނަ
ދުވަހަކީ
ހެންވޭރު
ބޮޑުހިތި
ދުވަހެވެ.
އެދުވަހުގެ
ރެއަކީ
ހެންވޭރު
ބޮޑުހިތި
ވިލޭރެއެވެ.
ރަމަޟާންމަހުގެ
ސައުވީސް
ވަނަ
ދުވަހަކީ
މާފަންނު
ބޮޑު
ހިތި
ދުވަހެއެވެ.
އެދުވަހުގެރެއަކީ
މާފަންނު
ބޮޑުހިތި
ވިލޭރެއެވެ.
ހެންވޭރު
ބޮޑުހިތި
ވިލޭރޭ
ރަދުން
ރަސްމީ
ޢިއްޒަތުގައި
ހިއްޗަށް
ވަޑައިގަންނަވާނީ
ލޮނުޒިޔާރަތްކޮޅުގައި
ހުންނަ
ޙަބުޝީގެފާނުގެ
މަޤާމުފުޅަށް
ޒިޔާރަތްކުރައްވައި
ފާތިޙާ
ވިދާޅުވާށެވެ.
މާފަންނު
ބޮޑުހިތިވިލޭރޭ
ރަދުން
ޢިއްޒަތުގައި
ވަޑައިގަންނަވަނީ
ޢަލިރަސްގެފާނުގެ
ޒިޔާރަތަށް
ފާތިޙާ
ވިދާޅުވާށެވެ. (2)
މާލެއަތޮޅުގެ
ފަޅުރަށެއް (3)
އާދައިގެ
ހިތިގަސް
ބޮޑުހޯގުޅާ
ނ
ކަނޑުމަތީ
ދޫންޏެއް
މިދޫނީގެ
ބޮޑުމިނަކީ
ގާތްގަނޑަކަށް
51
ވަރަކަށް
އިންޗިއެވެ
މުޅިދޫނީގެ
ކުލައަކީ
ކަޅުކުލައާއި
ގާތްކުރާ
ގަދަމުށިކުލައެވެ
ތުން
ހުންނަނީ
ކަޅު
އަޅިކުލައެއްގައެވެ
ފައިގެ
ކުލައާއި
ހަށިގަނޑުގެ
ކުލަ
އެއްގޮތްވާނެއެވެ
ދޫނީގެނިސްބަތުން
ތުންދިގުކޮށް
ގަދަފަދަކޮށް
ދައްކައެވެ
ފިނދުފަތް
ހުންނާނީ
ކުރިއަށް
ފޭހިފައި
ހުންނަގޮތަށެވެ
ބިސްއަޅާއުމުރުގެ
ދޫނީގެ
ފިޔައިގެ
ދަށްފަރާތާއި
އެކުބަނޑުދޮށް
ފަރާތް
ހުންނާނީ
ހުދުކުލައިގައެވެ
ބޮޑުރޯގާ
ނ
1341ހ
ވަނަ
އަހަރު،
1922މ
ވަނަ
އަހަރު،
މާލޭގައި
ޢާއްމުކޮށް
ފެތުރުނު
އިންފުލުންޒާއާއި
ނިއުމޯނިޔާ
ބަލި
ބޮޑުބަނޑޭރިކަން
ނ
ދައުލަތަށް
ލިބޭހައި
ތަކެއްޗެއް
ބެލެހެއްޓުމާއި
އެއިން
ހޭދަކުރުމާއި
ވާރުނެގުމާއި
ގޮއިވަރުވާއާއި
ފަޅުރަށްރަށުގެ
ކަންތައްތައް
ބެލެހެއްޓުމާ
މިކަންކަން
ބެލެހެއްޓުމުގެ
ވެރިކަން
ބޮޑުބާލީސް
ނ
ކުޑައަށީ
ހުރަސް
ކުނަލުގެ
ބިތްކައިރީގައި
އަރިޔަށް
ބަހައްޓައިފައި
ހުންނަ
ބާލީސް.
މިބާލީސް
ހުންނާނީ
އަށީގެ
ފެންޑާއާ
ވީ
ފަރާތުގައެވެ.
މިބާލީހުގެ
ދިގުމިނަކީ
ހުރަސްކުނަލުގެ
ފުޅާމިނެވެ.
ފުޅާމިނަކީ
އޭގެ
މަގަތުގައި
އޮންނަ
ބޮޑުކަންނޭލުގައި
މެދު
ބުރަކަށި
ޖައްސައިލީމާ
ބޮލާއި
ކަނދުރާ
ބާލީހުގައި
ޖެހިފައި
އޮންނަވަރެވެ
ބޮޑުބޭރަށްހިންގުން
މ
2131ހ
ވަނައަހަރު
މާލެއާއި
މާލެއާކައިރި
ރަށްރަށުގައި
އުޅުނު
ބޭރަށް
ހިންގުމުގެ
ރޯގާ
ބޮޑުކިޔެވެނިން
ނ
އިހުގައި.
ދުޢާ
ވެރިކަމާ
އޮލީއާ
މިބާވަތުގެ
ރަސްމީ
ކިޔެވުން
ކިޔަވަން
ދައުލަތުން
ޚާއްޞަ
ކުރައްވާފައިވާ
ބައެއް.
މިޖަމާޢަތް
އެކުލެވިގެންވަނީ
ދެ
ޚަތީބުންނާއި
ދެމަލިމުންނާއި
ފަނޑިޔާރުގޭ
ހަތަރު
ނާއިބު
ބޭކަލުންނާއި
އަދި
ފަސްމުދިން
ބޭކަލުންގެ
މައްޗަށެވެ
ބޮޑުކުންނާރު
ނ
އާފަލު
)ޔުކަލިޕްޓަސް އޮއިލް( ބޮޑުއާވި
ނ
ޚާއްޞަކޮށް
އަރިދަފުހަށް
ފައިދާހުރި
އާވިތެލެއް
ބޮޑުއާވިމެޓާ
ނ
ބޮޑުއާވި
ލައިގެން
ހަދައިފައި
ހުންނަ
މެޓައެއް
ބޮޑުއާމަނަކަ
ނ
މާބޮޑެތިކޮށް
ފުސްކުލައިގައި
ހުންނަ
އާމަނަކަ
«
17
18
19
20
21
22
23
24
25
»