radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ގާ
ނ
(1)
ކެލްސިޔަމް
ކާބަނޭޓުން
ކަނޑުގެ
މާހައުލުގައި
އުފެދިގެން
ބޮޑުވާ
ހަރުއެއްޗެއް.
މިއީ
އޭގެ
އަމިއްލަ
ޒާތުގައި
އުފެދި
ގިނަވާ
އެއްޗެކެވެ
(2)
ރާތަލެއްގެ
ހަތަރުބައިކުޅަ
އެއްބައި
(3)
ބައެއްކަހަލަ
ތަކެތި
ހިކިގެންވާހަރު
މިސާލު:
އުވަތައް
ހުރީ
ގާވެފައެވެ
(4)
ގަސްގަހާ
ގެހި
ކުރިލަމުން
ހެދޭގޮތް
ހުއްޓޭ
ހުއްޓުން
މިސާލު:
އެމިރުސްގަސް
މިހާރު
ގާވެއްޖެއެވެ
(5)
މަޖާޒު:
ކުދިން
އުމުރާ
އެއްވަރަށް
ބޮޑުނުވެ
ވާހަރު
މިސާލު:
އެކުއްޖާއެހެރީ
ގާވެފައެވެ
(6)
ހިތްކޮށި
މިސާލު:
އެއީ
ވަރަށް
ހިތްގާ
ކުއްޖެކެވެ
ބިތްދޮށް
ނ
(1)
މަގަތް
ފަރާތްނޫން
އަނެއް
ފަރާތް
(2)
އެނދު
އަށީގެ
ބިތާ
ކައިރި
ފަރާތް
(3)
މަގާދުރު
ފަރާތް
ބިލެތްހުނި
ނ
ދުފާން
ގެންގުޅޭ
ހުނި
މިއީ
އުވަ
ފުރާނައިގެން
ނަގާ
ހިމުންބައެވެ
ބިލެތްދަފިނެގުން
މ
ފިރިހެނުން
ކުޅެއުޅޭ
ކުޅިވަރެއް
މިއީ
ބިލެތް
އަޅައިފައި
ހުންނަ
ދަތްޕެއް
ތިރިގޮނޑި
އެއްގައި
ބަހައްޓައި
އޭގެވަށައިގެން
ފިރިހެނުން
ތިބެލަވަކިޔައި
ނަށަމުން
އެނެށުމާ
ހަމަވާގޮތަށް
އެދަފިނަގައި
ކޮންމެވެސް
އެކެއްގެ
ބޮލުގައި
ބަހައްޓައިގެން
ނަށާ
ނެށުމެކެވެ
ޢާއްމުކޮށް
މިދަފިނަގައި
އުޅެނީ
ގާއޮޑި
ލަވަކިޔާއިރު
އަންބާބެރަށް
ފެށުނީމާ
އޭގެ
ހަމައަށް
ނަށަމުންނެވެ
ބިޖިލީބައްތި
ނ
ބަހައްޓާ
ބައްތިއެއް.
މިއީ
އުސްމިނުގައި
ގާތްގަނޑަކަށް
41
އިންޗި
ވަށަމިނުގައި
ގާތްގަޑަކަށް
ހަ
އިންޗި
ހުންނަ
ބައްތިއެކެވެ
މި
ދިއްލަނީ
ކަރާސީނު
ތެޔޮ
އަޅައިގެން
ޗާބިދީގެން
އެ
ތެޔޮ
ގޭހަށް
ބަދަލުކޮށްގެންނެވެ
ބިޗޫ
ނ
ހާސްފައިހެން
ބޮޑެތިކޮށް
ގަޅިޖަހައިފައި
ހުންނަ
ވިހަގަދަ
ސޫތްޕެއް
މި
ދައިގަތީމާ
ވަރަށް
ބޮޑަށް
ދިލަނަގާނެއެވެ
ބީހުން
މ
(1)
އަތްލުން.
މިސާލު:
ޤުރްއާން
ފޮތުގައި
ބީހުން.
(2)
ގައިގައިޖެހިލުން.
މިސާލު:
އެކަކު
އަނެކަކުގެ
ގައިގައި
ބީހުން.
(3)
ފުރާދުއްވާ
އުޅަނދެއް
ރަށެއްގެ
ވެލިގަނޑުގައި
ނުވަތަ
ގޮނޑު
އާނުގާޖެހުން
ނުވަތަ
ތޮށީގައި
ނުވަތަ
ފަޅުގެ
އަޑީގައިޖެހުން
މަޖާޒު:
(4)
ކަރުގައި
އަޅައިގަތުން
(5)
ވައިރޯޅި
އެއްޗެއްގައި
ޖެހިލުން
(6)
ރަށެއްގެ
ގޮނޑުދޮށަށް
ރާޅު
އައިސްނިމުން
ބުންބާއަވަލި
ނ
އަވަލީގެ
ބާވަތެއް.
މިއީ
ބަންގާޅު
އަވެއްޔަށްވުރެ
ތުނިކޮށް
ފަތިކޮށް
ހުދުކޮށް
ހުންނަ
އަވެއްޔެކެވެ
ބުންޔާދު
ނ
(1)
އަސްލު
(2)
ތަރަހަ
(3)
ބިންގާ
ބުރުގާއެޅުން
މ
ބުރުގާއިން
އަންހެނުންގެ
ބޮލާއި
ކަނދުރާމައްޗާއި
މޭމަތި
ނިވައިކުރުން
ބުޅަދެލި
ނ
)އ.(
ފަޅުބޭރު
ތޮށިމަތީގައި
އުޅޭ
ލަނޑާވައްތަރުގެ
މަހެއް.
މިއީ
މަޑުފެހިކުލައެއްގައި
ހުންނަ
ލޮނދި
މަހެކެވެ.
އެންމެ
ބޮޑެތިކޮށް
ހުންނަނީ
ގާތްގަނޑަކަށް
ކައިވަތެއް
ވަރަށެވެ
ބުޅާ
ނ
މިނިކާވަގާ
ވައްތަރު
ގޮތަކަށް
އޮންނަ
ކުޑަޖަނަވާރެއް
މިއީ
ބަނޑު
އަޅައިވިހާ
އޮޅު
ކުރެވޭ
ޖަނަވާރެކެވެ
ބުކެއްވެރި
ނއ
)ބދ (
އެއްކިރުވުމުގެ
ގޮތުންގާތް
ބުއިން
މ
(1)
ބޯންގެންގުޅޭ
ދިޔާ
އެއްޗިހި.
(2)
ދިޔާތަކެތި
ދިރުވުން.
(3)
ލޮވުން.
(4)
ފަންޏާއި
މާބުރުފަދަ
ތަކެތި
ލަކުޑިއާއި
ހިކިތަކެތި
އެތެރޭގައި
ހޮއިހެދޭ
ގޮތަށް
ކެއުން.
(5)
އޮށްވަޅު
ކުޅުމުގައި
ހިނދޭވަޅާ
ދިމާވާގޮތަށް
އަނެއްފަރާތު
ވަޅުގައި
ހުންނަ
ފުއްތައް
ނެގުން.
(6)
ދިޔާ
އެއްޗެއް
ހިކި
އެއްޗެއްގެ
ތެރެއަށް
ދެމުން.
(7)
ބިޑި
ސުއްޓާ
ސިގިރެޓް
ގުޑުގުޑާ
ފަދަ
ތަކެތިން
ދުން
އަނގަޔަށް
ދެމުން
(8)
އެއްޗެއްގައި
ނުވަތަ
ތަނެއްގައި
އަނގަ
ޖަހައިގެން
އެތެރެއަށް
ދެމުން
(9)
އެއްޗެއްގާ
ހުރި
ހިމަލޯވަޅަކުން
އޭގެ
ތެރެއަށް
ފެންވަނުން
)01(
ލަކުޑިގަނޑެއް
ހުޅުރޯނުވެ
ވަކިގޮތަކަށް
އަނދަމުން
ދިއުން
ބުއްލަބުޑި
ނ
އޮޑިފަހަރުގެ
މަތީ
ރިޔަލުގެ
ބުންފަރުމާނުގެ
ކޮޅުގައިޖަހައިފައި
ހުންނަވާ
އައްސައިފައި
ހުންނައެތި
މިއީ
ހުންގާނުގޭ
ގެދެފަރާތުގައި
މައްޗަށް
އުފުލިފައި
ހުންނަގޮތަށް
ހަރުކޮށްފައި
ހުންނަ
ދެގަނޑު
ވަކަރެކެވެ
ބުޖާ
ނ
ހަނޑޫ
މާޖައްސައިގެން
ހަދައިފައި
ހުންނަ
ކާއެއްޗެއް
އިހުޒަމާނުގައި
މިގެނެސްއުޅުނީ
ބަންގާޅުންނެވެ
ބެލުން
މ
(1)
އެއްޗަކަށް
ނަޒަރު
ހުއްޓައިލުން
(2)
ބެލެހެއްޓުން
(3)
ކާންދީގެން
ގެންގުޅުން
(4)
ކަން
ހިނގާފައިވާގޮތް
ހޯދުން
(5)
ކަމެއްކުރެވޭތޯ
ބެލުން
މިސާލު:
ތިޔަގެއަށް
ދެވޭތޯ
ބަލާނަން
(6)
އަދަބު
ބެހެއްޓުން
މިސާލު:
މީނާ
މަންމަޔަކަށް
ބައްޕަޔަކަށްވެސް
ބެލުމެއްނެތެވެ
ބެޓެރީ
ނ
އިލެކްޓްރިކް
ބާރުން
ދިއްލާ
ބައެއް
އެއްޗިއްސާއި
އިލެކްޓްރިކް
ބާރުން
ހިނގާބައެއް
އެއްޗެއްސަށްލައްވަން
ނުވަތަ
ބޭނުންކުރަން
ހަދައިފައި
ހުންނަ
އެއްޗެއް.
މިހުންނަނީ
ކަރަންޓް
އުފައްދައިދޭ
ބާވަތްތަކާއި
ނުވަތަ
އެބާރު
ހިފަހައްޓައިދޭ
ބާވަތްތައް
އެތެރެއަށް
އަޅައިފައެވެ
މީގެ
ތަފާތު
ވައްތަރުތައް
ހުރެއެވެ
ބޭނޑު
ނ
ކަނޑުމަތީ
ދޫންޏެއް.
މިއީ
ފިޔަގަނޑު
ވަރަށް
ތޫރިކޮށް
ހުންނަ
ދޫންޏެކެވެ.
މިދޫނީގެ
ފިޔައިގެ
މަތީ
ފަރާތާއި
ބޮލާއި
ކަނދުރާ
މަތީގައި
ހުންނާނީ
ކަޅުކުލައާއި
ގާތް
ގަދަ
މުށިކުލައެވެ.
ބަނޑުދޮށް
ހުންނާނީ
ހުދުކުލައިގައެވެ.
ފަޔާއި
ތުނބުގައި
ހުންނަނީ
ކަޅުކުލައެވެ.
މިދޫނީގެ
ބޮޑުމިނަކީ
ގާތްގަނޑަކަށް
ފަނަރަ
ނުވަތަ
ސަތާރަ
އިންޗިއެވެ
ބޭން
ނ
(1)
ފުމޭ
ތަކެތިންނާއި
ޖަހާބެރުން
ވަކިރާގަކަށް
ހަމަކޮށްގެން
ގޮއްވާ
އަޑުތަކެއް.
(2)
ބޭންޕާޓީ.
(3)
އެކަކަށްވުރެ
ގިނަދަރިން.
މިސާލު:
ދެބޭން
ތިންބޭން.
(4)
ބޭނުން-
ތިމާއަށް
ނިސްބަތްވާގޮތަށް
އޮންނަ
މިބަހުގެ
ނިމިނިމުނުކަން.
މިސާލު:
އަހަރެން
މަސްބޭން.
(5)
ގާތްތިމާގެ
މީހުން.
)އެކަކަށްވުރެގިނަ(
ދެބެންގެ
ދެދަރިދެބޭން
ތިންބޭން
އަޚުން
އުޚުތުން
ބޭބޭންގެދަރިން
ބޭރުންދާ އޮޑިޔަކަށް ނިވަލެއް ނޯންނާނެ
(މުސްކުޅިބަހެއް)
ގެއަށް
ނުވަދެ
ބޭރުގާ
ހުންނަ
މީހަކަށް
ގެއިންދެވޭ
ޚިދުމަތެއް
ނުދެވޭނެޔޭ
ބުނުމަށް
ބުނެއުޅޭ
ބަހެއް
«
16
17
18
19
20
21
22
23
24
»