radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ޓ
ނ
ތާނައިގެ
ވިހިވަނަ
އަކުރު
ހަންގަނޑު
ނ
(1)
ބެރުޖަހަން
ދަސްކުރުމަށްޓަކައި
ބެރުއެދުރުގޭގައި
އޮންނަބެރެއް.
މިއީ
ހަމުގެ
ކެހެރިނުކޮށައި
ދޫކޮށްއަޅައިފައި
އޮންނަބެރެކެވެ.
(2)
ދިރޭއެއްޗެއްގެ
ހަމުގެބައެއް.
(3)
ކުރަފަތްތޫނުކުރަން
ގެންގުޅޭ
ހަމުގެ
ފޮތިވަރު.
(4)
އިހުގައި
ކަސްޓަމުގައި
އޮންނަ
ބޮޑުފޮތެއް
މިހަދައިފައި
އޮންނަނީ
ބޮޑެތި
ކަރުދާސް
ހުރިގޮތަށެވެ
މިއީ
ބޯޓުފަހަރުން
ގެންނަމުދަލާއި
ތަކެތި
ބޭލޭވަރު
ބަހައްޓާފޮތެވެ
އަދި
އެކްސްޕޯޓް
އިންޕޯޓް
ބަލަހައްޓާ
ފޮތަކީ
ވެސްމި
އެވެ
ހަންޑިމައު
ނ
(1)
އޮއި
ހުއްޓިފައި
ހުންނަ
ތަންތާނގައި
ހުންނަ
އެއްޗެއް
މި
ހުންނަނީ
މާގަނޑެއްގެ
ސިފައިގައެވެ
(2)
)ސ (
މޫދުމާ
ހަންޑިޓައްކެނޑުން
މ
ރޭގަނޑު
މީހުން
ނިދައި
ފައިހިލަވަޅު
އޮބުނީމާ
އިވޭ
އަޑެއް
މި
އަޑު
އިވެނީ
އަނގައިން
ޓައްކަނޑާއިރު
އިވޭ
ގޮތަށެވެ
މިއަޑުއިވޭވަކި
ދިމާއެއް
ފާހަގައެއް
ނުކުރެވޭނެއެވެ
ހަރިންމަ
ނ
(1)
މިސްކިތާއި
ޒިޔާރަތްފަދަ
ތަންތަނަށްޓަކައި
އެތަންތާނގެ
ވަށައިގެން
ދޫކޮށްފައި
އޮންނަބިން
(2)
މިސްކިތް
ތެރޭގައި
މީހުން
ވަޅުނުލައި
މިސްކިތަށްޓަކައި
ދޫކޮށްފައި
އޮންނަ
ތަން
(3)
މަނާވެގެންވާ
ދާއިރާ
ހަރު
(1)
ކަކުންޏާއި
މީދާފަދަ
ތަކެތި
އުޅޭން
ބިމުގައި
ކޮންނަ
ލޯވަޅު.
(2)
ރުކަށް
އަރާން
ރުކުގައި
ބަންނަ
ގަޅި.
(3)
މައްޗަށް
އަރާން
ގަޅި
ބަނދެފައި
ހުންނަ
އޮނު
ނުވަތަ
ދަނޑި.
(4)
ފޯއްވަޅި،
ދޮލަނގު،
ކަނޑިފަދަ
ތަކެތި
ބަހައްޓާން
ބިތުގައި
ހަރުކޮށްފައި
ހުންނަ
އެތި.
(5)
ބައެއް
އެއްޗިހި
ބަހައްޓާން
ނުވަތަ
ތިއްބާން
އެކިގޮތްގޮތަށް
ހަދައިފައި
ހުންނަ
އެއްޗިހި.
މިސާލު:
ލިޔާހަރު،
ބަޑިހަރު،
ބައިސްކަލު
ހަރު
ނއ
(6)
މަޑުގެ
އިދިކޮޅު
(7)
ޅަކަމުގެ
އިދިކޮޅު
(8)
ވައިމަތި
ޅަކަން
ކެނޑުމުން
ވާގޮތް
މިސާލު:
ފުރަންވާނީ
ވައިމަތި
ހަރުވެލީމައެވެ.
(ވައިމަތި
ޅަވުމަކީ
ދެންމެދެންމެ
ވިއްސާރަ
އަތުވެދާނެ
ކަހަލަ
ގޮތަކަށް
ޖައްވު
އޮތުމެވެ.) (9)
ހަރުބޭހުގެ
ސަބަބުން
ހަށިގަނޑަށްވާ
ރަނގަޅު
)01(
ތަރުކާރީއާއި
މޭވާފަދަ
ތަކެތި
ފައްކާވަމުން
އައިސް
ދޮންވުމަށްވާ
ތައްޔާރު
(11)
ބުއްދިވެރި
(21)
ހަރުދަނާ
)31(
ހަލުއި
މިސާލު:
ސީކިންގ
އެދުވަހު
ހުޅުލެއަށް
ދިޔައީ
އޭގެ
އެންމެ
ހަރުދުވެލީގައެވެ
)41(
އެއްޗެއްގައި
އަނެކައްޗެއްވާ
ތަތް
މިސާލު:
އަހަރެން
މިހަދާ
މަލުގައި
މިހާރު
ދެފިޔަ
ހަރުކޮށްފީމެވެ
)51(
ބާރު
މިސާލު:
އޭނާ
ދިޔައީ
ވަރަށް
ހަރުކޮށް
)61(
)ބދ
ގެ
ހަރުބޭސް
ނ
(1)
ބައެއް
ބަލިބައްޔަށް
ދިވެހި
ބޭސްކޮށް
ނިމިގެން
ޅައިކަން
ފިލުވާން
ކުރާ
ބޭސް
(2)
އަންހެނުން
ވިހައިގެން
ހަށިގަނޑު
ހަރުކުރުވުމަށްޓަކައި
ކާންދޭން
ހިލާ
ބޭސް
(3)
ހިލިބޭސް
ހަރުކުރުން
މ
(1)
އެއްޗެއްގައި
އަނެއްކައްޗެއް
ހިފެހެއްޓިފައި
ހުންނާނެގޮތް
ހެދުން
(2)
ނަނުވައު
ފަދަ
ތަކެތި
އަނބުރާ
ހަރުކަން
ގެނައުން
(3)
ގަސްގަހުގައި
އަޅާ
ތަކެތި
ޅަކަން
ކެނޑެންދެން
ގަހުގައި
ބެހެއްޓުން
(4)
ފޮތިފަދަ
ތަކެތި
ތާންޖަހައި
ހަރުކުރުން
(5)
ރުއްގަސްދިރުވައި
ބެލެހެއްޓުން
(6)
ގަދަކަން
ގެނައުން
(7)
މެޓާފަދަ
ތަކެތި
ކައްކައި
ހިއްކުން
(8)
އޮޑިހައްޔަރުކުރުން
(9)
ދުވުން
ބާރުކުރުން
ހަރުވުން
މ
(1)
މޭވާދޮންވާން
ކައިރިވުން
(2)
އެއްޗަކާ
އަނެކައްޗެއް
ތަތްވުން
(3)
ނުވެއްޓޭވަރަށް
ހިފެހެއްޓިފައިހުރުން
(4)
ޅަކަން
ކެނޑުން
(5)
ވައިމަތިޅަކަން
ކެނޑުން
(6)
ހަރުބޭހުގެ
ސަބަބުން
ހަށިގަނޑު
ރަނގަޅުވުން
(7)
ބުއްދިވެރިވުން
(8)
އެއްޗެއްގައި
އަނެކަތި
ތަތްވުން
(9)
ނ
ޅައިވުމުގެ
އިދިކޮޅު (10)
މަޖާޒު:
އުމުރަށްވުރެ
ދޮށިވުން
ހަރުލައިހުރުން
މ
(1)
ތަތްވެފައިވުން
(2)
ނުގުޑާގޮތްވެފައިވުން
(3)
ހިފެހެއްޓިފައިވުން
(4)
ނުފިލައި
ހުރުން
މިސާލު:
)ހ(
ހަނދާނުން
ނުފިލައި
ހުރުން
)ށ(
ވަސްނުފިލައި
ހުރުން
ހަރުލުން
މ
(1)
ހަރުވުން
(2)
ތަތްވުން
(3)
ނުގުޑާގޮތްވުން
(4)
ހިފެހެއްޓިފައިހުރުން
ހަރުގަނޑު
ނ
(1)
ތަންތަނަށް
އަރާން
ދެދަނޑި
އެއްކޮށް
ގަޅިބަދެގެން
ގެންގުޅޭސިޑި
(2)
ސިޑީގައިބަންނަ
ގަޅި
(3)
ތަކެތި
ބެހެއްޓުމަށް
ފައިޖަހައިފައި
ބައިބަޔަށް
ފިލާއަޅައިފައި
ހުންނައެތި
(4)
އިޑިއައްޕަން
ދަމާއޮބި
ހަރުގެ
ނ
(1)
އޮޑިދޯނިފަހަރު
ލައިފައި
ބަހައްޓާގެ
(2)
މީހުން
އާދަކޮށް
ނުއުޅޭ
އެކިއެކި
ޢާންމު
ބޭނުމަށްޓަކައި
ޚިޔާކޮށްފައި
ހުންނަގެ
)ޢަރިޟު( ހަރުޖި
ނ
)މަލިކު(
ކަމަކަށްއެދި
ފޮނުވާ
ސިޓީ
ހަޅަންގަޅިއްވުން
މ
ދޯނިފަހަރު
ކޮޅައިފައިހުންނަ
ހަޅަނގު
ނެއްޓުން
ދޯނިފަހަރުން
ދިޔަވާން
ފެށީމައިވެސް
މިހެންބުނެއެވެ
ހަޅުތާލު
ނ
މަސައްކަތްކުރާ
ބަޔަކު
ޝަކުވާއެއް
ކުރުމުގެ
ގޮތުން
ނުވަތަ
ކަމަކާ
ދެކޮޅު
ހެދުމުގެ
ގޮތުން
މަސައްކަތް
ހުއްޓާލާ
ހުއްޓާލުން
ހަޅުތާލުކުރުން
މ
މަސައްކަތްކޮށްއުޅޭ
ބަޔަކު
ޝަކުވާއެއް
ކުރުމުގެ
ގޮތުން
ނުވަތަ
ކަމަކާ
ދެކޮޅު
ހެދުމުގެ
ގޮތުން
މަސައްކަތް
ހުއްޓައިލުން
ހަކަވެޅާ
ނ
)ސ.(
އިހުޒަމާނުގައި
އުރަވަޅިބޮޑުވީމާ
ކުޑަކުރުމަށްޓަކައި
ފަރުވާދޭއިރު
ފަންވަތުން
ހަދާފައި
އޮންނައުޅަލެއް.
މިއުޅާ
އުރަވަޅީގެ
މަތީގައި
ބާއްވާފައި
އޭގެ
ތެރެއަށް
ތޫނުބޭސް
އަޅައިގެން
އެހިސާބުގެ
މަސްގަނޑުމަރައި
ލޯވަޅެއް
އުފައްދައި
އެތެރޭގައި
ހުންނަ
ފެންނަގައި
މަސްތައް
ކޮށާ
ހަދައެވެ
)ނ( އެއްޗެއް ވަކިވަރަކަށްވުރެ ބާރަށް އެނބުރުމުން އުފެދޭ ކަރަންޓް އުފެއްދުމުގެބާރު ހަކަތަ
ނ
(1)
ހަށިގަނޑު
ޙަރަކާތް
ކުރުމުގެ
ކުޅަދާނަކަން
ލިބިދޭބައި
މިސާލު:
)ހ(
ގައިގެވަރު
)ށ(
ހަށިގަނޑުގެ
ބާރު
(2)
އެއްޗެއްގައި
ހުންނަ
އެހެން
އެއްޗެއް
ހިންގައިދިނުމުގެ
ބާރު
މިސާލު:
)ހ(
އިރުގެއަލި
ނުވަތަ
ވައި
ނުވަތަ
ރާޅުން
ކަރަންޓް
އުފައްދާބާރު
)ށ(
ތެލުން
އިންޖީނު
ހިންގާ
ހިންގުން
ހައިނުކުރުން
މ
(1)
ވަރުނުލުން
(2)
ކެނޑިނޭޅުން
(3)
ހުއްޓުމެއްނެތުން
(4)
މެދުކެނޑުމެއްނެތުން
ހައިނުކޮށް
ކއ
(1)
ވަރުނުލައި
(2)
ކެނޑިނޭޅި
(3)
ހުއްޓުމެއްނެތި
(4)
މެދުކެނޑުމެއްނެތި
«
1
2
3
4
5
6
»