radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ގަނޑު
ނ
(1)
އެއްޗެއް
ދެރަކޮށްލުމުގެ
ގޮތުން
ބުނާބަހެއް.
މިސާލު:
މުންޑުގަނޑު.
(2)
މުޅި
އެތިކަން
އެންގުމަށް
ބުނާ
ބަހެއް.
މިސާލު:
ކެޔޮގަނޑު.
(3)
އަންހެނުންނާއި
ޅަދަރިންނަށް
ލޯބިން
ވަކިނަމަކާ
ގުޅުވައިގެން
ކިޔާ
ނަމެއް.
މިސާލު:
)ހ(
ލޯބިގަނޑު.
)ށ(
ކުއްޖާގަނޑު.
(4)
ހަށިގަނޑުގެ
ލޭ
ނުބައިވުމުގެ
ސަބަބުން
ދުޅަވާ
މުލިހި
ފާޑުގެ
ތަނެއް.
މިސާލު:
އޭނާގެ
އުކުޅުވަޅުގައި
ގަނޑެއް
ނަގައިފިއެވެ.
(5)
ލަކުޑިން
ހަދައިފައިވާ
އެއްޗެއް
މަރާމާތު
ކުރުމަށާއި
އަދި
މިނޫންވެސް
ގޮތަކުން
ލަކުޑިގަނޑަކަށް
ގުޅާލާ
ލަކުޑީގެ
ބައި.
(6)
ވަކި
ސަރަހައްދެއް
ކަނޑަ
އެޅުމުގެ
ގޮތުން
ބުނާ
ބަހެއް.
މިސާލު:
ތަންގަނޑު
މީހުން.
(7)
އެއްޗެއްގެ
ބައެއްކަން
ދޭހަކޮށްދިނުމަށް
ބުނާ
ބަހެއް.
މިސާލު:
މަސްގަނޑު.
(8)
ތަގަރި.
(9)
ފިނިވެގެން
ގޮސް
ވާހަރު.
)01(
ގަނޑުފިއްލާ
ކުޅޭއިރު
ފިލުވައި
ނިވާކޮށްފައި
އޮންނަމީހާ
(11)
ބައެއް
ކުޅިވަރު
ކުޅުމަށް
ބުނެއުޅޭ
ބަހެއް
މިސާލު:
)ހ(
ރާޒުވާ
ގަނޑެއް
ޖަހައިލުން
)ށ(
ތާސްގަނޑެއް
ޖަހައިލުން
(21)
ކަރުދާސްއަރި
މިސާލު:
ކަރުދާސްގަނޑު
ހާސްގަނޑުފޮތީތާކިހާ
ނ
ކުލަކުލައިގެ
ފޮތިކޮޅުތަކެއް
އެއްކޮށްގެން
ހަދައިފައި
ހުންނަތާކިހަލެއް.
މީގެ
ދެބާވަތެއް
ހުރެއެވެ.
އެއްވައްތަރަކީ
ރަތާ
ހުދާ
ކަޅާ
ރީނދުލާ
މިހަތަރުކުލައިގެ
ފޮތިފޮތިކޮޅުން
ގޮޅިހަމަކޮށް
ހަދައިފައި
ހުންނަވައްތަރެކެވެ
ބޭރުގެ
ތަންތާނގެ
ބޮޑުން
ފަގުޑިއޮޅައިފައި
ހުންނަނީ
މިބާވަތުގެ
ތާކިހަލުގައެވެ
ރާއްޖޭގެ
ރަސްމީ
ބަޔެއްހެދުމުގައި
މިކަހަލަތާކިހާ
ބޭނުންކޮށް
އުޅުނެވެ
އަނެއް
ވައްތަރަކީ
ކުލަކުލައިގެ
ފަށުއިން
ތަންކޮޅެއް
ދިގުކޮށް
ވިޔެފައި
ހުންނަވައްތަރެކެވެ
އިހުގެ
ސޯޅިޔާއިން
އަޅާއުޅުނީ
މިކަހަލަތާކިހަލެވެ
ހިރުގަނޑު
ނ
ދަތުގެހިރު
ހިކަނދިމަސްގަނޑު
ނ
(1)
މުލައްދަނޑީގައި
އޮންނަ
ވަކީން
އުފުލޭ
މަސްގަނޑު
(2)
މީދާމަސްގަނޑު
ހިކިދަގަނޑު
ނ
އެއްޗެއް
ހިކިގެން
އެންމެބޮޑަށް
ވާހަރު
ހިކިދަގަނޑުވުން
މ
މަސްފަދަތަކެތި
ބޮޑަށް
ހިކިހަރުވުން
މ ދަގަނޑުތަޅާ މީހާ ދޮންކޮށްފައިވާ ބޮޑެތި ދަގަނޑުގަނޑުގައި އަނެކަކު ބޮޑުމުށިން ޖެހުން ހިއަރިންޖެހުން
ނ އިހުގައި މާލޭގައިހުރި ބޮޑު ގަނޑުވަރަށް ވަންނަން ހުންނަ އުތުރުފަރާތު ދޮރާށި )ރަސްމީދޮރާށި( ހިއްތަން ދޮރާށި
ހިޔާގަނޑު
ނ
(1)
ހިޔާއެޅިފައިވާތަން
(2)
އޮޑިދޯނި
ފަހަރުގައި
ހިޔާކުރަން
ހަދައިފައި
ހުންނަގެ
ހީލިކަށިގަނޑު
ނ
އުޅަނބޮށި
ހުޅުގައްޔާއި
ކަކުލުގައިވާ
ކަށިގަނޑެއްގެކޮޅު
އެކަށިގަނޑު
ތަނެއްގައި
ޖެހޭގޮތަކުން
ބައެއްފަހަރު
ވަރަށް
ހީލިކަރުވާނެއެވެ
ހުންބަލާ ކަށިގަނޑު
ނ
ހޫނުމިން
ބެލުމަށްޓަކައި
ބިއްލޫރިން
ހިމަދިގުކޮށް
ހަދާ
އެތެރެއަށް
ދިރޭރަހަ
އަޅާ
ބޭރުގައި
ދަރަޖަތަކެއް
ޖަހައިފައި
ހުންނަ
އާލާތެއް
މީގެ
އެއްކޮޅުގައި
ދިރޭރަހަ
ހަރުލާ
ވަރަށް
ފަލަކޮށް
ހުންނަ
ތަންކޮޅެއް
ހުންނާނެއެވެ
އެތެރޭގައި
ވަރަށް
ހިމަ
ލޯވަޅެއް
ހުރެ
ހޫނުވުމުން
އެލޯވަޅުން
ދިރޭރަހަ
ދަތުރުކުރާނެއެވެ
ފިނިވާއިރަށް
ފަލަތަނަށް
ދިރޭރަހަތައް
ފައިބާނެއެވެ
ހުންގާނުކުރެދިގަނޑު
ނ
(1)
ހުންގާނުގެ
ފޫހަރުކުރަން
އޭގައި
ހަރުކުރާއިލި
(2)
ހުންގާނު
އިލިގަނޑު
ހުންގާނުއިލިގަނޑު
ނ
އުޅަކުގައި
އަޅުވާން
ހުންގާނުގައި
ޖަހައިފައި
ހުންނަ
އިލި
ހުންގާނުއުޅައްގަނޑު
ނ
ހުންގާނުގެ
ފޫހިފިހެއްޓުމަށް
ހުންގާނުގެ
އިލިގަނޑު
އެޅުވޭގޮތަށް
މައްޔަލުގައި
ހަރުކުރާ
އުޅައް
ހުންގާނުވަކިގަނޑު
ނ
މަސްދޯނި
ފަހަރުގެ
ހުންގާނުގައި
އަޅާކުރެހުންގަނޑު
އިހުގައި
ޢާއްމުކޮށް
މި
ކުރެހުންގަނޑު
އަޅަނީ
ސަރުކާރުގެ
އުޅަނދުފަހަރުގައެވެ
ހުރާގަނޑު
ނ
ހުރައެވެ
ކިޔާ
ވަރަށްވުރެ
ކުދި
އެބާވަތުގެ
ތަންތަން
ހުޅިގަނޑު
ނ
(1)
ބޮލުހުޅި
(2)
ސިންގާ
އާއި
އަސްފަދަ
ތަކެތީގެ
ކަނދުރާ
މަތީގައި
އޮންނަ
ދިގު
ކެހެރިގަނޑު
ހުޅުގަނޑު
ނ
ރޯވެގެން
އަރާ
އަލިފާން
މިސާލު:
)ހ(
ބައްތީގެ
ހުޅުގަނޑު
)ށ(
އުދުނުގެ
ހުޅުގަނޑު
ހުއިގަނޑުމަސް
ނ
)ޅ (
ޅަލަނޑާ
ހުވަނދުމިރިގަނޑު
ނ
ލޮލުގައިރިހޭތީ
ނިއްކުރީގައި
އަޅާން
ހުވަނދުބޭހާ
މިރިޔާ
އެއްކޮށްގެން
ހަދާ
ބޭސްގަނޑެއް
ހޭވަތުވައްގަނޑު
ނ
(1)
ހޭވަތުގެ
ބުޑުވައްގަނޑު
(2)
ހޭވަތާ
ދިއްޕަތާދެމެދުގެ
ވައްގަނޑު
«
1
2
3
4
5
6
»