radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
އާނ
އ
(1)
ހޫން
(2)
އާނއެކޭ
(3)
ބިރުވެރި
ކަމެއް
ނުވަތަ
ނުރައްކަލެއް
އޮވެގެން
އަންގައިލާން
ބުނާ
ބަހެއް
(4)
ބަޔަކުމީހުން
މަސައްކަތެއް
ކުރާއިރު
އެންމެން
އެއްފަހަރާ
ބާރުލުމަށްޓަކައި
އަންގައިލާން
ގޮވާގޮތެއް
މިގޮތުގައި
"އާނ"
ގޮވާނީ
ދަމާލައިފައެވެ
(5)
އެހެންތަ؟
މިގޮތުގައި
މިބަހުގެ
މާނަ
ދޭހަވާނީ
އެމާނަ
ގަސްދުކޮށްގެން
ބުނާ
ރާގުންނެވެ
ހޯއް
އކ
(1)
އަންގައިލުމަށް
ގޮއްވާލާ
އަޑެއް
ނުވަތަ
މަލާމާތުގެ
ގޮތުން
ދެރަކޮށްލުމަށް
ގޮއްވާލާ
އަޑެއް
(2)
އާންމުންގެ
ތެރޭގައި
ގެއެއްގެ
ގިފިލި
ފެންނަހިސާބު
އުސްތަނަކަށް
އަރަންވެއްޖިއްޔާ
އެކަން
އަންގައިލުމަން
ގޮއްވާ
އަޑު
ނައްޞު
ނ
ލިޔެވިފައިވާ
އަސްލުގޮތް.
މިސާލު:
ޤުރްއާނުގެ
އާޔަތް
ރަސޫލުﷲ
ގެފާނުގެ
ޙަދީޘް
ނަގޫފަތް
ނ
މަހުގެ
މައިކައްޓާ
ގުޅިގެން
ފަހަތަށް
އޮންނަބައި
އާންމުކޮށް
މިބައި
އޮންނަނީ
ދެކަތްޕަށެވެ
ނިއައުކުރުން
މ
(1)
ޤުރުއާން
ކިޔަވާ
ޚަތިމްކުރުން
(2)
ކަމެއްކޮށް
ނިންމައިލުން
ނިއައުވުން
މ
(1)
ޤުރުއާން
ކިޔަވާ
ޚަތިމްވުން
(2)
މަރުވުން
(3)
ނިމުން
ނިސިއާންތިކަން
ނއނ
)ސ (
ނުސިއާނުކަން
ނިޔާކުރުން
މ
(1)
ޝަރީޢަތްކުރުން
(2)
ނިއްމުން
(3)
ޤުރުއާން
ކިޔަވާ
ޚަތިމްކުރުން
ނިޔާވުން
މ
(1)
ޤުރުއާން
ކިޔަވައި
ޚަތިމްވުން
(2)
ނިމުން
(3)
)މބ (
"މަރުވުން"
މިބަހުގެ
މާތްގޮތް
ނުބެހޭކަމަކާއި ކާޅުކެއަސް ސޮއްނުގޮވާތި
)ހަރުބަހެއް(
ތިމާއާނުބެހޭ
ކަންކަމާ
ގާތްނުވުމަށް
ބުނެއުޅޭ
ބަހެއް
ނޫހިލަފާޖާރު
ނ
ހިލަ
ބިންބިމުގެ
އާނުފަށަލައިން
ނެގޭ
މަޑުނޫކުލައިގެ
މަޑު
މަޢުދަނެއް
ހިލައަށްވުރެ
މީގެކީލި
ހިމުންވާނެއެވެ
މިއީ
ވިހައިގެ
ބޭހަށް
ބޭނުންކުރާ
އެއްޗެކެވެ
ނެރުން
މ
(1)
އެތެރޭން
އެއްޗެއް
ބޭރުކުރުން.
(2)
ނޫސް
މަޖައްލާ
ފަދަ
ތަކެތި
ލިޔެ
ޗާޕްކޮށް
އާންމު
ކުރުން.
(3)
އެންގުމެއް
ނުވަތަ
އިޢުލާނެއް
އާއްމުކުރުން.
(4)
ކުރެހުމެއް
ލިއުމެއް
ފޮޓޯއެއް
ފަދަ
އެއްޗެއް
އާއްމުކުރުން
(5)
އާއްމުކޮށް
އިޝްތިހާރު
ކުރުން
ނެގެޓިވު
ނ
ކެމެރާއިން
ނަގާ
ފޮޓޯ
ފުރަތަމަ
އަރާ
ބިއްލޫރިގަނޑު
ނުވަތަ
ފިލްމުގެ
އެންމެ
އާންމު
ބާވަތް.
މިބިއްލޫރި
ގަނޑަށް
ނުވަތަ
ފިލްމަށް
އަރާ
ފޮޓޯ
ސާފުކުރީމާ
ހުންނާނީ
އަލިކޮށް
ހުންނަ
ބައިތައް
އަނދިރިކޮށް
އަނދިރިކޮށް
ހުންނަ
ބައިތައް
އަލިކޮށެވެ
ރަސްހުވަނދު
ނ
ދިވެހިބޭހަށް
ބޭނުންކުރާ
ބާވަތެއް
އާންމުގޮތެއްގައި
މިބޭނުންކުރަނީ
ލޮލު
ބޭހަށެވެ
މިހުންނަނީ
ކަޅުރަތް
ކުލައެއްގައެވެ
މީގައި
މީރުވަހެއް
ހުރެއެވެ
ރާހިސޫރަތް
ނ
ފަންޑިތަވެރިން
އެކިއެކި
ރާއްސަށް
ޚާއްޞަކޮށްފައިހުރި
ޤުރުއާނުގެ
ސޫރަތް
ރިހަބަތްކޭން
ނ
މައުލޫދަށް
ކައްކާ
ކޭމުގެ
ބާވަތެއް.
އާންމުކޮށް
މިކޭމުގައި
ހުންނާނީ
ފެންބަތާއި
ބަރަބޮލު
ރިހައާއި
ކިރެވެ.
މިކިރަކީ
ހަނޑުލު
ފުށުގައި
ފޮނިކޮށް
ކައްކާފައި
ހުންނަ
އެއްޗެކެވެ.
މިއީ
ހިޔަރަކާތް
މާލޫދާއި
ގަނޑުމާލޫދާއި
ރަންމާލޫދު
ފަދަ
މާލޫދުތަކަށް
ކައްކާއުޅުނު
ކޭމެކެވެ
ރޯހާ
ނ
(1)
ޤުރުއާން
ކިޔެވުން
އާދަވެގެންވާ
ތަންތާގައި
ރޭގަނޑުގެ
އަނދިރީގައި
ފެންނަ
ރޫހާނީ
އައްޔެއް
(2)
)ސ (
ޒާތެއްގެ
ޖިންނިއެއް
ބަނޑުދުރަ
ނ
(1)
އާނުކަނޑައި
ކޮނެފައި
ހުންނަ
ވަޅުގެ
އާނުގެ
ދަށުން
ހެދޭ
ބާސަލަގަނޑު
(2)
ވަޅުގެ
އެތެރޭގައި
ގޮނިހެދިފައި
އޮންނަ
ތަން
ބަންޑާރައެދުރު
ނ
އިހުގައި
ބަންޑާރަ
އެދުރުގޭގައި
ޤުރުއާން
ކިޔަވައި
ދިނުމަށް
ސަރުކާރުން
ލައްވައިފައި
ހުންނަ
މީހާ
ބަންޑާރައެދުރުގެ
ނ
(1)
ސަރުކާރުގެ
ފަރާތުން
ޤުރުއާން
ކިޔަވައިދޭގެ
(2)
ބަންޑާރަ
އެދުރުކަން
ކުރާމީހާގެ
ގެ
ބަރުގޮނު
ނ
(1)
އިޝާރާތެއްގެ
ގޮތުން
އަންގައިލުމަށްޓަކައި
އަޑުއިއްވަން
ބޭނުންކުރާއެއްޗެއް
(2)
މީހުން
ސަމާލުކުރުވުމަށް
އަޑެއް
ގޮއްވާލުމަށް
ބޭނުންކުރާ
އެއްޗެއް
އެންމެ
އާންމުކޮށް
މިބޭނުންކުރަނީ
އެއްގަމުގައި
ދުއްވާ
އެއްޗެއްސާއި
ކަނޑުގައި
ދުއްވާ
ބައެއް
އުޅަނދު
ފަހަރުގައެވެ
«
1
2
3
4
5
6
»