radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ޔ
ނ
ތާނައިގެ
އެކާވީސް
ވަނައަކުރު
ވައިގަނޑުރޫޅުން
މ
(1)
އެތެރެހަށީގައި
އުފެދޭވައި
ފަރުވާޔަކުން
ނުވަތަ
ޠަބީޢީ
ގޮތަކުން
ހަށިގަޑުގެ
ތެރެއަށް
ބެހިގެން
ދިއުން
(2)
ނަގާ
ގަދަ
ވިއްސާރައިގައި
އަންނަ
ބާރުވައި
އުޑުމައްޗަށް
ފެތުރިގެން
ދިއުން
ވައިގައިހިފުން
މ
(1)
ހަމަވައިގެތެރޭގައި
ވައިގެ
ބާރުން
އެއްޗެއް
ހިފިހުންނަގޮތްވުން
(2)
މަޖާޒު:
ނުވެފައި
އޮތްކަމެއް
ކުރިޔަށްދާނެގޮތްވުން
(3)
ނުރުހުން
ލިބިފައިވާ
މީހަކު
ވެރިޔަކާއި
އަރިސް
ކުރެއްވުން
ވައިގުރާބު
ނ
ރިޔާ
ނަގައިގެން
ބިންމަތީގައި
ދުއްވާން
ފުރޮޅުލައިފައި
ހަދާ
ކުދި
އޮޑި
ދޯނިފަދަ
ތަކެތި
)މިއީ
ކުޅޭ
އެއްޗެކެވެ
ވައިގުޅިޖެހުން
މ
"ވައިގުޅީ"
ގައި
ބަޔާންކޮށްފައިވާ
ގޮތަށް
ޢަމަލުކުރުން
މީގައި
ގުޅީގެ
ބަދަލުގައި
ކައިރިފަށް
ބޯކޮށް
ހުންނަ
ތަށިވެސް
ޖަހައި
އުޅެއެވެ
ފޮތިކޮޅަކަށް
ވެލިއަޅައިގެން
ބަނދެފައި
އޭގެކޮޅު
ކާށި
ތެލުން
ތެންމާ
ރޯކޮށް
ބަނޑުމަތީގައި
ބަހައްޓައިފައި
އޭގެމަތިން
ގުޅިއެއްޖެހުން
މިކަންކުރަނީ
ބަނޑުގައި
ވައިހެދިގެން
ރިއްސާތީއެވެ
ވައިގުގޫކަފަގަނޑު
ނ
މުރަނގަފަތު
ދިޔައިގައި
ވައިގުގޫ
ގާނައި
އޮލަވީމާ
އެއިން
ތެންމައިގެން
ހަދާ
ތަދުވިތާ
ކަފަގަނޑެއް
އަދި
މިއީ
މުލިހި
ފަދަ
ތަންތާގައިވެސް
އަޅާ
ބޭހެކެވެ
ވައިސަފަރާ
ނ
ހަށިގަނޑުގައި
ހެދޭވައެއްގެ
ސަބަބުން
ބޮލުގައި
ރިހޭ
ބައްޔެއް
ވައިސޫރި
ނ
(1)
ވައިގުރާބު
(2)
ބިންމަތީ
ބެހެއްޓީމައި
ވަޔާ
ފުރޮޅެމުން
ހަލުއިކޮށް
ދުވެފައި
ދާނޭހެން
ހަދާ
ފަންހޮޅި
(3)
ވައިގުރާބުފަދަ
ތަކެތި
ވައިސޫފި
ނ
)ބ (
ވައިތެރޭގައި
އެނބުރޭ
އެއްވެސް
އާރެއް
ބާރެއްނެތް
ފަނި
ފަކުސަފާޑުގެ
އެއްޗިއްސަށް
ކިޔާއުޅޭ
ނަމެއް
ވައު
ނ
(1)
މޭވާފަދަ
އެއްޗެހީގެ
ދިޔަ
ބޮއިގެން
އުޅޭ
ރޭގަނޑަށް
އުދުހޭ
ޖަނަވާރެއް.
މި
ގަސްގަހުގައި
ތިބޭނީ
ފިޔަގަނޑުގައި
ހުންނަ
ބުޅި
ގަނޑެއް
އަޅުވައިގެން
ބޯތިރިއަށް
އެލުވައިލައިގެންނެވެ.
(2)
ރޯނު
ވަކަ
ސުތުލި
ފަދަ
އެއްޗިހީގެ
ދެއުޅިއަށްވުރެ
ގިނަ
އުޅީގައި
މާރަށްވުރެ
ފަލަކޮށް
ދިގުކޮށް
އަޅައިފައި
ހުންނަ
އެއްޗެއް.
(3)
އުނދޯލި
އެލުވައިފައި
ހުންނަ
ފަށް.
(4)
އޮލަ
ނުވަތަ
ތަތް
އެއްޗަކުން
ނުކެނޑިދެމޭ
ފަށް.
(5)
ބައެއް
ބާވަތުގެ
ފަންޏާއި
ގިނަ
ބާވަތް
ބާވަތުގެ
މަކުނު
ދޫކުރާފަށް.
(6)
އެގޮތް
މިގޮތަށް
ބޯކޮށް
ގަސްހެދިފައި
އޮންނަތަން.
(7)
ބައްޔެއްގެނަން.
މިބަލީގައި
ވާގޮތަކީ
ބަލި
ޖެހުނު
ގުނަވަނެއްގެ
ބާރު
މުޅިން
ނެތެނީއެވެ.
)ނއ.(
(8)
ތެދަށް
ނުހުންނަ.
(9)
ލެނބުން
ހުންނަ.
މިސާލު:
ވައު
އިލޮށި
ވައުބަލި
ނ
ހަށިގަނޑުގެ
ގުނަން
ގުނަނަށް
ޖެހޭ
ބައްޔެއް
މިބަލީގައި
ވާގޮތަކީ
އެގުނަވަނުގެ
ބާރުމުޅީން
ނެތެނީއެވެ
އަދި
އެގުނަވަނުގެ
ބާރުނެތުނީމާ
ދުވަސްކޮޅަކުން
ހިމަވެސްވެދެއެވެ
ވައުކަނދޮ
ނ
)ސ ޏ (
(1)
ވެޔޮދޮށް
(2)
ވެޔޮގިފިލި
ވައުއެޅުން
މ
(1)
ވަލެއްގެ
އުޅިތައް
އެއްކޮށް
އެނބުރުން
(2)
އޮޑިދޯނިފަހަރު
އަޅާއިރު
ވަލުން
ހައްޔަރުކުރުން
(3)
މަޖާޒު:
ތިމާ
ކުރިކަމެއް
ބަދަލު
ވެގެން
ދިޔަނުދިނުމަށްޓަކައި
އެކިގޮތްގޮތުން
ގަދަހޯދުން
ވައުވަނުން
މ
މަޖާޒު:
(1)
މަގުއޮޅުން.
(2)
ދެވޭ
ނުދެވޭތަނެއް
ނޭގުން.
(3)
ޙަޤީޤަތް
ނުފިލައިހުރެ
ޙަޤީޤަތް
ފިލައްޖެކަމަށް
ހީވެގެން
އުޅުން.
(4)
ހެޔޮ
ކަމަކަށް
ނުބައިކަމެކޭ
ހީވުން
ނުވަތަ
ނުބައިކަމަކަށް
ހެޔޮކަމެކޭހީވުން
ވައުވެއްދުން
މ
މަޖާޒު:
(1)
މަގުއޮޅުވައިލުން
(2)
ވައު
ވަންނާނޭގޮތްހެދުން
(3)
ހެޔޮނުބައި
އޮޅުވައިލުން
ވައުދެމުން
މ
(1)
އޮލަ
ނުވަތަ
ތަތް
އެއްޗެހިން
ވަކިކޮށްލާބައި
މެދުނުކެނޑި
ފަށެއްހެން
ހިމަވަމުން
ދިއުން
(2)
ވަލެއްގެ
ދެކޮޅުގައި
ދެމީހަކު
ނުވަތަ
ބަޔަކު
ހިފައިގެން
ތިމާހުރި
ކޮޅަށް
ގެންނާން
ބާރުލުން
މިއީ
ވާދަޔަށް
ކުޅޭ
ކުޅިވަރެކެވެ
(3)
މަޖާޒު:
ކުރާން
އުޅޭ
ކަމެއްނުވެ
ލަސްވަމުން
ދިއުން
ވައް
ނ
(1)
ގަސްގަހުގައި
ގަންނަ
މޭވާ
ފަދަ
ތަކެތި.
މީގެ
ތެރޭގައި
ކާތަކެއްޗާއި
ކައިނޫޅޭ
ތަކެތި
ހިމެނިގެންވެއެވެ.
(2)
އިހާގޮނޑީން
ފަޅައިފައި
ހުންނަ
ތަންތަން.
ގޮބޮޅިއާއި
އެތުމައު
ގެންފައި
ހުންނާނީ
މީގައެވެ.
(3)
އޮޑިދޯނި
ފަހަރުގެ
ފަށަނުން
މައްޗަށް
ދެފަރާތަށް
ވާނޭހެން
ދެކަތްޕަށް
ހުންނަ
ވައް.
)ބުޑުވައް(
(4)
އޮޑިދޯނި
ފަހަރުގެ
ވަތްވަތުގައި
މަޑޫތައް
ހިފެހެއްޓުމަށް
އެތެރެ
ފަރާތުން
ބަނޑު
ފިލާގައި
އަޅާވައް.
)ފައިވައް(
(5)
ބައެއް
ވެޔޮވެލާއި
ބައެއް
ގަސްގަހުގައި
ދެފައިކައްޓަށް
ހެދިފައި
ހުންނަ
ގޮފި
މޫފަދަ
އެއްޗެހި
ވައްބަހުންޖެހުން
މ
މީހަކު
ކުރާ
ކަމަކާއިމެދު
އެހެން
މީހުންނަށް
އެކަމެއް
އޮޅުން
ނުފިލާނޭ
ގޮތަކަށް
އެމީހާއާއި
ދިމާއަށް
އެއްޗެއް
ބުނުން
މިހެން
ގިނައިން
ބުނަނީ
އެމީހާ
އާއި
ދިމާޔަށް
ބުނިއެއްޗެއް
ނޫންކަމަށް
ހަދައިފައެވެ
ވައްކަކުޅު
ނ
)ގ.(
(1)
ވައްފުފުޅި
މިބަސް
"ވައްކަކޮޅެ"
މިހެންވެސް
ކިޔައެވެ
(2)
ދޮންދޫނީގެ
ތެރޭގައި
ފިޔައިގައި
ކަޅުތިކެއްޖަހައިފައި
ހުންނަ
ވައްތަރުގެ
ދޮންދޫނި
ވައްކަތިރި
ނ
)ގ (
ވައްތިޔަރަ
ވައްވައްޖެހުން
މ
(1)
ކުއްތާ
ރުޅިއައިސްގެން
ގޮވުން.
(2)
ރުޅި
އައިސްގެން
މީހަކާ
ދިމާޔަށް
އެއްޗެހި
ގޮވަން
ފެށީމާ
އެމީހާ
އެއެއްޗެތި
ގޮވާމީހާ
ނިކަމެތި
ކުރުމުގެ
ގޮތުން
ބުނާގޮތެއް
މިސާލު:
އޭނާ
މަށާ
ދިމާއަށް
"ވައްވައްޖަހަނީ"
އެވެ
«
171
172
173
174
175
176
177
178
179
»