radheef.info
ރަދީފު


މ (1) އެއްޗެއްގެ ތެރެއަށް އެއްޗެއް އޮއްސުން މިސާލު: ކުރަޔަށްފެން އެޅުން (2) އެއްޗެއްގައި އެއްޗެއް ބެހެއްޓުން މިސާލު: ތައްޓަށްބަތްއެޅުން (3) ކާށިކުރުނބާފަދަ ތަކެތި ރުކުން ބިނުން (4) އެކަތި އަނެކައްޗަށް ފުށުއަރައި ނިވައުވުން (5) ފުރާދުއްވާ އެއްޗެތި ބަނދަރެއްގައި ނުވަތަ ފަޅެއްގައި ދުރަށް ނުދާނޭގޮތަށް ހަރުކުރުން (6) ގަސްގަހާގެހީން މަލާއި މޭވާނުކުތުން (7) އެއްޗެއްގެ ބައެއް އަނެކައްޗެއްގައި ޖެހި ހަރުލާނޭގޮތްވުން (8) ބޭސްފަދަތަކެތި ގައިގާ ބޯކޮށް ތަތްކުރުން (9) އަދުންފަދަ ތަކެތި ލޮލުގެ ރަވައިގާ ކާއްތައިލުން )01( ތަވީދުފަދަ ތަކެތިގައިގާ ބަނުން (11) ހަށިގަނޑުގެ ގުނަންތަކުގައި ގަހަނާ ފަދަ ތަކެތި ހަރުލާގޮތް ހެދުން (21) ހެދުން ގަޔަށްލުން )31( ތާކިހާ ރުމާފަދަ ތަކެތި ބޮލުގައި ބެހެއްޓުން )41( ފާފަވެރިވާ ގޮތުން އެކަކު އަނެކަކާ ޝަހުވާނީ އެދުމުގައި ކަމެއް ކުރުން މިބަސް ގިނައިން ބޭނުންކުރާނީ އެއްޖިންސްގެ ދެމީހުން މިބާވަތުގެ ކަމެއް ކުރީ މައެވެ
މ (1) މީހެއްގެ ނުވަތަ ޖަނަވާރެއްފަދަ އެއްޗެއްގެ ގައިގައި ބޮނޑި ޔެއް އެޅުން. (2) ދެމީހެއްގެ ދެމެދުގައި އަރާރުން ނުވަތަ ދެކޮޅު ވެރިކަން އުފެދޭގޮތްވުން (3) ބައެއްކަހަލަ ތަކެތި ހެދުން މިސާލު: )ހ( ބުޅިޖެހުން )ށ( ހުޅިޖެހުން )ނ( ގޮނޑިމޭޒުފަދަ ތަކެތި ޖެހުން (4) މިޔުޒިކުގެ ބައެއްކަހަލަ ތަކެތި ކުޅުން މިސާލު: )ހ( ބެރުޖެހުން )ށ( ތަބުލާޖެހުން (5) ދެމީހަކު ނުވަތަ ދެއެއްޗެއް އައިސް ލައިގަތުން (6) ބައެއްކަހަލަ އެއްޗެހި ވެއްދުން މިސާލު: )ހ( ބަސްތާ އަށް ބަންބުޑި ޖެހުން )ށ( މޮހޮރުޖެހުން (7) ކިޔުމުގައި ނުވަތަ ޓައިޕުން ލިޔުމުގައި ކުށެއްވުން މިސާލު: )ހ( އޭނާ އަލްޙަމްދު ކިޔެވިއިރު ވަރަށް ގިނަ ކުށްޖެހުނެވެ )ށ( މިލިޔުން ކުށް ނުޖަހައި ޓައިޕް ކުރެވޭތޯ ބަލާށެވެ (8) ބައެއް ކަހަލަ ކަންތައްކުރުން މިސާލު: )ހ( ކުޅުޖެހުން )ށ( ދަނޑިޖެހުން )ނ( ބަޑިޖެހުން )ރ( ފަލިޖެހުން (9) ބައެއް ހާލަތުތައް މެދުވެރިވުން މިސާލު: )ހ( ބަނޑަށް ޖެހުން )ށ( ބިތްޖެހުން )ނ( ލޯބިޖެހުން )01( ދަތީގައި ނުވަތަ މަޅިފަތީގައި ތިބުން މިސާލު: )ހ( ދަތީގައި ޖެހުން )ށ( މަޅިފަތީގައި ޖެހުން (11) ތަތްކުރުން މިސާލު: )ހ( ސިމެންތިޖެހުން )ށ( މުށިޖެހުން