radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
އެ
ނ
ދުރަށް
އިޝާރަތްކުރާ
ނަމެއް.
މިސާލު:
އެތަން
އެގެ
އެމީހާ
ކަންހިފާކުޅުން
މ
އޮށްވަޅު
ގޮނޑީގައި
ކުޅޭކުޅިވަރެއް.
މިކުޅިވަރު
ކުޅެނީ
ވަޅަކަށް
ހަތަރު
ފުއްލައިގެން
ފިހާރަޔަށް
ނުލައެވެ.
މިކުޅިވަރުގައި
ފިހާރައަކީ
ހަތަރުކަނުގައި
ހުންނަ
ހަތަރުވަޅެވެ
ކަންހިފުން
މ
އޮށްވަޅު
ގޮނޑީގައި
ކަންހިފާ
ކުޅޭއިރު
ކަނުގައި
ހުންނަ
ވަޅުގައި
ތިންފުއް
އޮއްވާ
ކުޅޭމީހާގެ
އަތް
އެވަޅަށް
ހުސްވުން
ކަންހުދުކުރުން
މ
ކަންހުދުރުމާލުގެ
ހަތަރު
ކަނުގައި
ހުންނަ
ހަތަރެސް
ކަން
ހަތަރު
ގޮޅިން.
)ރުމާއޮޅީމާ(
ފެންނަން
ހުންނަ
ތަންތަން
އުނގުޅައި
ސާފުކޮށް
ހުދުކުރުން.
މިކަންކުރާގޮތަކީ
މިކަމަށް
ތައްޔާރުކޮށްފައި
އޮންނަ
ފިލާ
ފޮއްޗެއްގައި
ގިނަ
ފަށް
ހުންނާނެހެން
ހުދު
ފޮތިކޮޅެއް
ފަތްޖަހައި
އޮޅައިލައިފައި
ކަންގަނޑުގެ
ދަށަށް
ލައްވައިގެން
ބޮނބިން
ހަދައިފައި
އޮންނަ
"ދަނޑި"
ކޮޅަކުން
ފެންލައިގެން
އުނގުޅައި
ސާފުކޮށްފައި
އަސުރުމާ
އޮށުގެ
އެތެރޭގައި
އޮންނަ
ފުށްކޮޅުނަގައިގެން
ފެންޖަހައި
ފިއްތައި
ގަށައިފައި
ކަން
ތަކުގައި
ހާކައި
އެއްވަރުކުރަނީ
އެވެ.
މިފުށް
ހާކާނީ
ހަރުލަކުޑީގެ
އޮމާން
ދަނޑި
ކޮޅަކުންނެވެ.
ފަހަކަށް
އައިސް
މިގޮތަށްކަން
ހުދު
ކުރުމުގެ
ބަދަލުގައި
ހުދުކުރަނީ
ކަރުދާސް
ތަތްކޮށް
ގެންނެވެ
ކަންހުދު
ރުމާ
ލަކީ
ފަސްރޮނގު
ރުމާލެވެ
ކަންނެތްދެލޮނުމަސް
ނ
ބަނބުކޭލުގައި
ކައްކާ
ހިކިކޮށްހުންނަ
ލައިގެންކާ
އެއްޗެއް
ކަންނެލި
ނ
ކަނޑުމަހުގެ
ބާވަތެއް.
މިއީ
ލައްޓިއާއި
ވައްތަރު
ލައްޓީގައި
ހުންނަގޮތަށް
ތިކިނުހުންނަ
އެއަށްވުރެ
ބޮޑެތިވާ
މަހެކެވެ.
މީގެ
ދެތިންވައްތަރެއް
ހުރެއެވެ.
މީގެ
ތެރޭގައި
ލޯބޮޑުކަންނެއްޔާއި
ނިގޫ
ދިގުކަންނެއްޔާއި
ރީނދޫ
އުރަހަކަން
ނެލިހިމެނެއެވެ
ކަންނެޔޮ
ނ
ބޯއަޅަން
ނުވަތަ
ތަންމަތީގައި
ބަހައްޓަން
ގެންގުޅޭ
ފޯލިކޮށް
ހުންނަ
އެއްޗެއް.
މިގިނައިން
ހުންނަނީ
ފޮތިންފަހައި
އެތެރެޔަށް
ކަފަ
ނުވަތަ
އެހެން
ކޮންމެވެސް
އެއްެޗެއް
ލައިފައެވެ
ކަންނެޔޮބަލިކަން
ނ
ލޭނުބައިވުމުގެ
ސަބަބުން
ހަށިގަނޑުގެ
ބައެއްތަންތަނުގައި
ނަގާ
މުލިހި
ފާޑުގެ
ގަނޑެއް
ގިނައިން
މިގަނޑު
ނަގަނީ
އަތްފަޔާއި
އުކުޅުވަޅު
ފަދަ
ތަންތާނގައެވެ
ކަންބަޅި
ނ
(1)
ބަކަރީގެ
ބާވަތެއް
މިއީ
އޭގެ
ކެހެރިޔާ
މަހުގެ
ބޭނުމުގައި
ގެންގުޅޭ
އެއްޗެކެވެ
މީގެ
ކެހެރި
ހުންނާނީ
ވަރަށް
ބޯކޮށެވެ
(2)
ފުރާދުއްވާ
އެއްޗެހީގައި
ލޯޖަހާއިރު
ބަތާނައަކަށްލާ
ތަރުފާލު
ކަންބަޅިޖެހުން
މ
ފުރާދުއްވާ
އެއްޗެހީގައި
ލޮއިޖަހާން
ބަތާނަ
ހަރުކުރުން
ކަންބާ
ނ
އެއްފަތީ
މުންޑު
ކަންބޮޑުކުރުން
މ
މީހަކަށް
ބޮނޑިއެއް
ނުވަތަ
ދެރައެއް
ދިނުމުގެ
ބޭނުމުގައި
ކަމެއްގެ
ވާހަކަ
ޙަޤީޤަތަށްވުރެ
ބޮޑުކޮށްގެން
ދެއްކުން
ކަންބޮޑުވުން
މ
(1)
ކަމަކާ
މެދު
ފިކުރު
ބޮޑުވުން
(2)
ކަމަކާމެދު
ހަދާނެ
ނުހަދާނެ
ގޮތެއް
ނޭނގުން
(3)
ތަނުގައި
ފިތުނައެއް
އުފެދުން
ކަންކަރު
ނ
ފަތް
ސިލުނބު
ހިއްޕައިފައި
ދުންފަތް
އަޅާއިރު
ސިލުނބުގެ
ފުލަށްލާން
ހަދައިފައި
އޮންނަ
އެއްޗެއް
މިއޮންނާނީ
ކާލިގަނޑެއްހެންނެވެ
ގިނައިން
މިހަދަނީ
ލޮއިންނެވެ
ކަންކުތި
ނއ
(1)
ކަނުންކަނަށް
ވަޑިފަތިނުވާކަތި
(2)
އެއްކަނަށް
ދީލިފައި
ކަންކުތިކަން
ނއނ
(1)
ކަނުންކަނަށް
ވަޑިފަތި
ނުވާކަތިކަން
(2)
އެއްކަނަށް
ދީލިފައިވާކަން
ކަންކުތިވުން
މ
(1)
ސީދާނުވުން
(2)
"ކަންކުތި"
ބަލާ!
(3)
އެއްކަނަށް
ދީލިފައިވުން
ކަންކޮޅު
ނ
(1)
އެންމެ
ދުރުތަންތަން
(2)
އެންމެ
ދުރުފަރާތްފަރާތް
ކަންއިތުރު
ނ
ކަމަކަށް
އިތުރު
ސިފައެއް
ގެނެސްދޭ
ބަހެއް
މިސާލު!
"ހަރުކޮށް"
ހިނގާ
ކަންވަނުން
މ
ނިޔަފަތީގެ
ކަން
އެއިނގިލީގެ
މަސްގަނޑު
ތެރެއަށް
ހެރުން
ކަންވާރު
ނ
(1)
އެއްޗެހި
އަޅާށާއި
ކައްކަން
ގެންގުޅޭ
ތަކެތި
މިސާލު:
)ހ(
ތެލި
)ށ(
ދޮލަނގު
ރުނބާ
ފަދަތަކެތި
(2)
ފަޅުތެރޭން
މަސްބާނާ
ދޮއްޓާއި
އުފުލީގައި
ބުޅިއައްސައިފައި
އޮންނަ
ރޮދި
(3)
މާކެޔޮޅުކަމުގެ
އާލަތް
(4)
ދޫނިބާނާން
ނުވަތަ
ދޫނީގައި
އޮޅުވާން
ގެންގުޅޭ
ރޮދި
(5)
ކަރާކަންވާރު
«
161
162
163
164
165
166
167
168
169
»