radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ރާ
ނ
(1)
ރާކުރުމުން
ރުކުގެ
އެތުން
ލިބޭ
މީރު
ބުއިމެއް
މިއިން
ދިވެހި
ހަކުރުހަދައެވެ
(2)
ބަނގުރާ
ހިއްޕާއައިނު
މ
ނޭފަތުގައި
ތަތްކުރާ
ދުނިނެތް
އައިނު
ހިއްޕާދަތި
ނ
ވަޑާމުގެތެރޭ
ދޭތިގަނޑު
ގާތްކޮށް
ތަތްކުރަން
ބޭނުންކުރާ
އަތްދަތި.
މިއީ
ދެއެއްޗެއް
ގާތްކޮށް
ހިމުން
ކުރުމަށާއި
އެއްޗެއް
ނުގުޑާގޮތަށް
ހިފެހެއްޓުން
ފަދަ
ކަންކަމަށް
ބޭނުންކުރާ
އެއްޗެކެވެ
ހިއްޕި
ނ
(1)
އަންހެނުންގެ
އުރަމަތި
ހިފެހެއްޓުމަށްޓަކާ
ބޭނުން
ކުރާއެއްޗެއް.
(2)
ކިރުހިއްޕި.
(3)
ހިއްޕުން
މިބަހުގެ
ނިމިނިމުނުކަން
ހިއްޗަށްވަޑައިގަތުން
މ
(1)
ރަމަޟާންމަހު
22،
24،
26،
28
މިދުވަސް
ދުވަހު
ހަވީރު
ނުވަތަ
މިދުވަސް
ދުވަހާއި
ވިދިގެން
އަންނަ
ރޭރޭ
ކުރާރަސްމީ
ކަންތައް
އަދާ
ކުރެއްވުމަށް
ރަދުން
ނުވަތަ
ހަތްކޮޅު
ނަގާ
ބޭފުޅުން
އެދުވަހަށް
ޚާއްޞަ
ވެގެންވާ
ޒިޔާރަތެއްގެ
ދޮށަށް
ރަސްމީގޮތުގައި
ވަޑައިގަތުން (2)
"ހިތި"
ބަލާ!
ހިމަބިހި
ނ
ހުންއައިސްފައި
ގައިގެ
ހަމުން
ނުލާހިކު
ގިނައިން
ކުދިކުދި
ބިހިތަކެއް
ނަގާ
ބައްޔެއް
މިއީ
ވަރަށް
ފަސޭހައިން
އެކަކުގައިން
އަނެކަކު
ގަޔަށް
އަރާ
ބައްޔެކެވެ
މިބަލި
ގިނައިން
ޖެހެނީ
ކުޑަކުދީންނަށެވެ
ހިމަބޯދު
ނ
ބޯދީގެ
އާއިލާގެ
ބާވަތެއް
މިއީ
އެހެނިހެން
ބޯދީގެ
ބާވަތްތަކަށްވުރެ
ހިމަ
އެއްޗެކެވެ
މީގެ
ބަނޑުދޮށް
ފަރާތުން
ކަރުތާފަތާ
ދިމާ
ތިރީގައި
ހުންނަ
ކޮތަރިބައި
ބޮލުގެ
ދިގުމިނުގެ
ދެބައިކުޅަ
އެއްބައިހާ
ދިގެވެ
މަހުގެ
ކުލައަކީ
މަޑު
ފިޔާތޮށި
ކުލައެވެ
މަހުގެ
ތުނބުން
ފެށިގެން
ލޯހުރަސްކޮށް
މަހުގެ
ކަރުތާފަތްގަނޑުގެ
ކޮޅަށް
ގަދަމުށި
ކުލައިގެ
ރޮނގެއް
ދެމިފައި
ހުރެއެވެ
ހިމާރިޔަން
ނ
(1)
ސަމުގާގެ
މިޞްރާބެއް
(2)
ގަލްބުގެ
ދެކުނު
މިޞްރާބު
ހިމާރު
ނ
ތަކެތި
އުފުލުމަށާއި
ސަވާރުވުމަށް
ބޭނުންކުރާ
މަޝްހޫރު
ޖަނަވާރެއް
މިއީ
އެންމެ
ގަބު
އެންމެ
އަޑުހުތުރު
ޖަނަވާރެވެ
ހިމުން
ނއ
(1)
ފުށްކުދި
(2)
ފުއްބޮޑުކަމުގެ
އިދިކޮޅު
(3)
ރާޅުކަމުގެ
އިދިކޮޅު
(4)
ދެގަނޑެއްޗެއް
ޖެހިފައި
ހުންނަލެއްގާތް
(5)
)މ (
އެދޭގޮތަށްވުން
މިސާލު:
އޭނާކުރާ
ކަންތައް
އަހަންނަށް
ވަރަށް
ހިމެއެވެ
ހިމުންކުރުން
މ
(1)
ފުއްކުދިކުރުން
(2)
ރާޅުކަން
ކުޑަކުރުން
(3)
ދެގަނޑެއްޗެއް
ގާތްކޮށް
ޖެއްސުން
ހިމުންވުން
މ
(1)
ފުއްކުދިވުން
(2)
ރާޅުކަންކުޑަވުން
(3)
ދެއެއްޗެއްގެ
ފައްތަރު
ގާތްކޮށް
ޖެހުން
(4)
ހިންމިގާތްވުން
ހިތާނުވަޅު
ނ
އިހުގައި
ދިވެހިގޮތަށް
އަޅައިފައި
ހުންނަ
ގޭގޭގައި
މައިދޮރާ
އެންމެ
ކައިރިޔަށް
ބޮޑުއަށީގައި
އިށީނދެވެން
ހުންނަ
ތަން
ހިތި
ނ
(1)
ހަބަރުގައި
ހުންނަރަހަ.
(2)
ބާވަތެއްގެ
ފަތްކުދި
ބޮޑުގަހެއް.
(3)
ހިތިގަހުގެ
އޮށް.
(4)
ބަތާލައިގެން
ކާން
ފުނޑި
ހަވާދުނުލާ
ކައްކާ
ދޮންރީނދޫ
ކުލައިގެ
ދިޔައެއް.
މީގެ
ތެރެއަށް
ހިތި
ދަމުއިލުމީ
ކޮންމެހެން
ބޭނުން
ކަމެކެވެ.
(5)
ހިޔާނުކޮށް
ހުންނަ
ފެންގަނޑުގައި
އުފެދޭ
ދޮން
ފެހި
ކުލައިގެ
ކުދިކުދި
ދިރޭއެއްޗެއް.
މީގެ
ބޮޑުމިންވާނީ
ގެރެވިފުކެއް
ވަރެވެ.
އެކަމަކު
އޭގެ
ސަބަބުން
މުޅި
ފެންގަނޑު
އޮންނާނީ
އޮލަވެފައެވެ.
(6)
ބަބުކޭލުގެ
ތެރޭގައި
ހެދިފައި
ހުއްޓާ
ފެންނަ
ފެހިކުލައިގެ
ބައްޔެއް.
(7)
ރަމަޟާންމަހުގެ
22،
24،
26،
28
މިދުވަސް
ދުވަހާއި
މިދުވަސްދުވަހާއި
ވިދިގެން
އަންނަރޭރޭ
ކޮށްއުޅުނު
ރަސްމީ
ކަންތައްތަކެއް (8)
ނއ
ރަހައާއި
ގުޅޭ
ގޮތުން
ބޭނުންކުރާ
ނަންއިތުރެއް
މިސާލު:
ހިތިބޭހެއް (9)
މަޖާޒު:
ކަމަކުންނުކުންނަ
ދެރަނަތީޖާ:
މިސާލު
ހިތިނަތީޖާ (10)
ހިތަށްކުރާ
ވޭނީ
އަސަރު
މިސާލު:
ހިތިހިތާމަ
(11)
"ހިތުން"
މިބަހުގެ
ނިމިނިމުނުކަން
ހިތިބަދަން
ނ
ބޭހަށް
ބޭނުންކުރާ
އެއްޗެއް
މީގެ
ތޮށިގަނޑު
ހަރުވެފައި
ތޮށިގަނޑުގެ
ކުލަ
ހުންނާނީ
ފެހިކުލައެއްގައެވެ
މިއީ
ކާފޫރުތޮޅިއަށްވުރެ
ކުޑަކޮށް
އެކަހަލަ
ސިފައަކަށް
ހުންނަ
އެއްޗެކެވެ
ބޭހަށް
ބޭނުންކުރަނީ
އެތެރޭގެ
މަދެވެ
ހިތިބޯ
ނ
އެމުގެބާވަތެއް:
މިއީ
ހުޅުނބުތައް
ވަރުގަދަކޮށް
ހުންނަ
ކަށި
ގިނަ
އެމެކެވެ
މީގެ
މަތީފަރާތުގައި
ހުންނަނީ
ފެހިއަޅި
ކުލައެކެވެ
ހުޅުނބުތަކުގެ
ކައިރިފަށް
ހުންނަނީ
ކަޅުކުލައެއްގައެވެ
މީގެ
ދެއަރިމަތީގައި
ރިހިކުލައިގެ
ފުޅާ
ރޮނގެއް
ހުރެއެވެ
ހިތިދަނޑި
ނ
ބޭހަށް
ގެންގުޅޭ
ހިތިރަހަލާ
ހިމަދަނޑިއެއް
މިއީ
ރާއްޖެއިން
ބޭރުން
ގެންނައެއްޗެކެވެ
މީގެ
ގަސްހެދެނީ
އޮނު
ހުންނަ
ގޮތަށް
ބަދަބަދަލައިފައި
ބަދަތައް
ވަރަށް
އޮމާން
ކޮށެވެ
ބަދަތައް
ހުންނަނީ
ހިމަކޮށެވެ
ގާތްގަޑަކަށް
ކުޑަވާއިނގިއްޔެއްހާ
ފަލަމިނެއްގައެވެ
ފަތްތައްވެސް
ހުންނަނީ
އޮނުފަތާ
ވައްތަރުކޮށް
އެއަށްވުރެ
ކުދިކޮށެވެ
މިގަސް
ހެދެނީ
ގާތްގަނޑަކަށް
5
ފޫޓެއްހާވަރަށެވެ
އިނގިރޭސިބަހުން
މިގަހަށް
ކިޔަނީ
ސިންކޯނާއެވެ
ހިތިދަމުއި
ނ
ދަމުއިގެ
ބާވަތެއް
މިދަމުއި
ހުންނާނީ
ދިރިއާ
ވައްތަރުކޮށް
ދިރިފުކެއްގެ
ދެބައިކުޅަ
އެއްބައިވަރަށެވެ
މިއަށް
ހިތިދަމުޔޭކިޔަނީ
ހިތި
ކައްކާއިރު
އެއަށް
އަޅަން
ބޭނުންކުރާ
އެއްޗަކަށްވާތީއެވެ
ހިތިތޮރާ
ނ
ތޮރައިގެ
ހިތިބާވަތް
މިއީ
އިހުޒަމާނުގައި
މާލޭގައި
ހެދުނު
ބާވަތެކެވެ
މިތޮރާ
ހުންނާނީ
އާދައިގެ
ތޮރައަށްވުރެ
ކުދިކޮށެވެ
ކާންކެރޭ
ވަރަށްވުރެ
އެތޮރައިގެ
ރަހަ
ހިތިވާނެއެވެ
ހިތީކޭން
ނ
ހިތީކިޔަވާން
ދުރުވާ
ހަނގުބޭކަލުންނާއި
އަވަށު
މީހުން
ރޯދަވީއްލުމަށް
ކައްކައިގެން
ގެންދާކޭން
މިކޭން
ކައްކަނީ
މަޖިލީހަށް
އަރާ
ބޭކަލުންގެ
ގޭގެއިންނެވެ
މި
ކޭމާއި
ފާރުދޮށުކޭމާ
ހުންނަ
ތަފާތަކީ
މިކޭމުގައި
ހިތި
ހުންނަކަމެވެ
ހިތުނިޔަތް
ނ
(1)
ހިތުގެ
ގަސްތު
(2)
އަޅުކަންކުޅައުމަށް
ހިތުންކުރާ
ގަސްތު
«
12
13
14
15
16
17
18
19
20
»