radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ހުނ
އ
ނުރުހުމުގެ
ގޮތުން
ނުވަތަ
ނުރުހިގެން
އިއްވާލާ
އަޑެއް.
މިސާލު:
ހުނ
އެހެންތަހީކުރީ
އަރި
ނ
(1)
ކެޔޮގަނޑުގެ
ވައްތައް
ހިމެނިފައި
ހުންނަ
ބައިބައި.
(2)
ފިރިހެނުންލާ
މުސްކުޅި
ލިބާހާއި
އަންހެނުންލާ
ބޯވަޅުއަޅާ
ލިބާހުގެ
ދެބަދަންނޫން
ދެފަރާތުގައި
މަތިހަނިކޮށް
ތިރިފުޅައުކޮށް
އޮންނަ
ފޮތިގަނޑު
(3)
ބައެއްތަކެތީގެ
އެއްފަޅި
(4)
އެއްބައި
ނުކައްކައި
އޮންނަ
ކަނޑުމަސްގަނޑެއް
(5)
ފޮތުގެ
ޞަފުޙާ
(6)
ކުރިމައްޗާއި
ފުރަގަސްހުރި
އެއްޗެއް
އެނޫން
ފަރާތަކަށް
ޖެހިފައިވާ
ޖެހުން
(7)
ބިލެތާއި
އަދިވެސް
ބައެއް
ފަތުގެ
ދެފަޅިކޮށް
އެއްފަޅި
(8)
ނއ ތެދުނޫން
(9)
ސީދާނޫން
އަރިނެގުން
މ
(1)
ހިނަވާއިރު
މައްޔިތާ
އަރިޔަށް
ޖެހުން
(2)
އުދުހޭ
އެއްޗެހީގެ
ފިޔައިގެ
ފަތުގެ
ކުރީން
ތަންކޮޅެއް
ބަހައްޓައިފައި
ދެން
ހުރިބައި
ނޮޅައިލުން
(3)
އެއްފަޅިނެގުން
އަރިބަޑަހަގެ
ނ
މުސްކުޅިގޮތަށް
އަޅާފައި
ހުންނަ
ގޭގޭގެ
އަސްކެއްޏާއި
ގުޅާލައިގެން
ހަދާފައި
ހުންނަ
އެއްޗެތި
ރައްކާ
ކުރާ
ކޮޓަފާޅި
އަރިކަށީކަށި
ނ
މައިކަށީން
ފެށިގެން
މޭކަށިގަނޑަށް
ކޮޅުތައް
ހައްޔަރުވެފައި
ހުންނަ
ކަށިތައް
އަރިކަނޮޅި
ނ
ނިތްގަނޑު
މިއަރާ
ދާދި
އެއްވައްތަރަކަށް
ހުންނަ
މިޔަރެއް
އަރިކަރު
ނ
މޭގެ
ވާތްފަޅީން
ގޮށް
އަޅާން
ހުންނަ
ލިބާހުގެ
ކަރު
މިއީ
ފިރިހެނުން
ލާ
ލިބާހެކެވެ
އަރިކަރުލިބާސް
ނ
މޭގެ
ވާތްފަޅީން
ގޮށްއަޅާން
ހުންނަ
ގައްބާ
އެޅި
ލިބާސް
މިއީ
އިހުގައި
ފިރިހެނުންލައި
އުޅުނު
ލިބާހެކެވެ
އަރިއަސް
ނ
(1)
އަރިސް
(2)
ކައިރި
(3)
މާތްމީހުންގެ
ގާތް
އަރިއެޅުން
މ
ތެދަށްހުރި
އެއްޗެއް
އެއްފަރާތަކަށް
ޖެހުން
އަރިވުން
މ
(1)
ތެދަށް
ހުންނަންވާ
އެއްޗެއް
އޮލަނބަށް
ނެތުން
)މިސާލު:
އެމުޑި
އެހުރީ
އަރިއަށެވެ (
(2)
ތެދަށް
އޮންނަންވާ
އެއްޗެއް
ރަހައަށް
ނެތުން
)މިސާލު:
އެފާރުއެއޮތީ
އަރިއަށެވެ
އަރިމަސް
ނ
)ހއ ސ (
ގަނޑަށްކަނޑައިފައިހުންނަ
މަސްގަނޑު
އަރިސް
ނ
)މބ (
މާތްމީހުންގެ
ކައިރި
އަރިޔަށްޖެހުން
މ
(1)
ފަތިއެއްޗެއްގެ
ހަނިކައިރި
ދަށަށް
ވާނޭހެން
ބެހެއްޓުން
(2)
ފުލާއި
އަނގަޔާ
ހުންނަ
ތަކެތި
ބިތަށް
ބޭއްވުން
އަރު
ނ
(1)
މީހުންގެ
ކަރުތެރެ
(2)
ޖަނަވާރުގެ
ކަރުތެރެ
އަރުނު
ނ
(1)
ނިތްކުރީގައި
އެންމެ
ދަޅެއް
ހުންނަ
ޖަނަވާރެއް
މީގެ
ސިފަ
އަހާއި
އެއްވައްތަރުކަމަށް
ބުނެއެވެ
(2)
ބދ
އުނަގަނޑު
އަރުވައިލުން
މ
ކުރާބައެއް
ބާވަތުގެ
ކުށަށް
ޝަރީޢަތުގެ
ފަރާތުން
ނުވަތަ
ސިޔާސަތުގެ
ފަރާތުން
އެކުށް
ކުރި
މީހާގެ
ވަޒަން
ނޫން
ރަށަކަށް
ފޮނުވައިލުން
އަރުވައިލުން
ހުންނަނީ
ކިތަންމެ
ދަރަޖައަކަށެވެ
އަރުވާޖެހުން
މ
އަނދެގެން
ހުންނަ
އެއްޗެއް
ކޮށިކުރުން
މިކަން
ގިނައިން
ކޮށް
އުޅެނީ
ކޮންމެވެސް
މަސައްކަތެއް
ކުރާންވެގެން
އަނދެގެން
ހުންނަ
އެއްޗަކުން
ދަތިވަންޏާއެވެ
އަރުގަފަތްކޮޅު
ނ
މިސްކިތްފަދަ
ތަންތަނަށް
ދެއްވާ
ބޯގަފަތްކޮޅު
މީގައި
ހުންނާނީ
އެތަނެއް
ބެލެހެއްޓުމަށް
ދެއްވާފައިވާ
ތަންތަނާއި
އެއްޗެއްސެވެ
އަރުގޯލަ
ނ
އެއްކޮޅުގައި
ބޮޅެއްލައިފައި
އަނެއްކޮޅު
ލަކުނޑި
ގަނޑަކަށް
ހަރުކުރެވޭނެ
ހެން
މައުދަނަކުން
ހަދައިފައި
ހުންނައެއްޗެއް.
މިސާލު:
އުނދޯލި
އަރުގޯލަ
އެކިއެކިބުޅި
ނުވަތަ
ދަގަނޑު
އަޅުވާން
ހަދައިފައި
ހުންނަ
އަރުގޯލަ
ދޮރުފަތުގައި
ހުންނަ
އަރުގޯލަ
އަބުއެޅުން
މ
(1)
އަބުޖެހުން
މަޖާޒު:
(2)
ހުރަސްއެޅުން
(3)
ދަތިކުރުން
«
142
143
144
145
146
147
148
149
150
»