radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
މައް
ނއ
(1)
އެހެން
އެއްޗަކާ
އެކު
ނުވާ
)ހުރިގޮތަށްހުރި(
މިސާލު:
މައްދިވެހިބަހުން
)ސާފުދިވެހިބަހުން(
(2)
އާދައިގެ
މިސާލު:
މައްމީހެއް
ކޮޑި
ނ
(1)
ރޮންދާގެ
ތިލަޖަހާން
ހަދައިފައި
އޮންނަ
ލަކުޑިގަނޑު.
(2)
އޮޑިފަހަރުގެ
ތުންމަތީރިޔަލުގެ
މައްޗަށްނަގާ
ކަތިރިޔާ.
މީގެ
މޯރާކޮޅު
އޮންނާނީ
ތޫނުކޮންނެވެ.
(3)
ދިގުމިނާއި
ފުޅާމިނާއި
އުސްމިން
ބޭނުންކޮށްގެން
އަޅާމިނެއް.
(4)
ދިގުމިނާއި
ފުޅާމިނާއި
އުސްމިން
އެއްވަރު
ކޯނާ
ނ
ތޮށިން
ފަޅުމައްޗަށް
ހެދިފައި
އޮންނަ
ދެފައިކަށި
ދޭތެރެ
މިއީ
ގުދުރަތީ
ގޮތުން
ހެދިފައި
ހުންނަ
ތަންތަނެއް
ކޯރި
ނ
(1)
ލޮލަށް
އަވިނުދޭނޭހެން
ނިތާދިމާއިން
ނެރެފައި
އޮންނަ
މައްޗަށް
ހިމައެއްޗެއް
މިއީ
މަސްވެރިންނަށް
ޚާއްޞަ
އެއްޗެކެވެ
(2)
އެއްޗެހީގެ
ކޮޅުގައި
ނުވަތަ
މަތީގައި
އަޅުވާން
ބިތްފަނުން
މައްޗަށް
ހިމަކޮށް
ބަނދެގެން
ހަދާގޮށްޓެއް
(3)
ފުރާޅު
ފޫދުއްވާ
އަރައިފައި
ހުންނަ
މުޑިފަދަ
ތަކެތީން
އެތެރެއަށް
ވާރޭ
ނީރައިފާނެތީ
އޭގައި
ފުރާޅުގެ
މަތިން
ބަންނަ
ފަންގަނޑު
ކޯރިގަނޑު
ނ
(1)
އެއްޗެހީގެ
ކޮޅުގައި
ނުވަތަ
މަތީގައި
އަޅުވާން
ބިތްފަނުން
މައްޗަށް
ހިމަކޮށް
ބަނދެގެން
ހަދާ
ގޮށްޓެއް
(2)
ފުރާޅު
ފޫދުއްވާ
އަރައިފައި
ހުންނަ
މުޑިފަދަ
ތަކެތީން
އެތެރެއަށް
ވާރޭ
ނީރާފާނެތީ
އޭގައި
ފުރާޅުގެ
މަތިން
ބަންނަ
ފަންގަނޑު
ކޯބިޔަ
ނ
ފަރުމަހުގެ
ބާވަތެއް.
މިއީ
އައްޓަމަހާ
ސިފަ
ވަރަށް
އެއްގޮތް
މަހެކެވެ.
ބޯފަތިކޮށް
އަނގައާއި
ކަރުތާފަތް
ބޮޑުކޮށް
ހުންނަ
މަހެކެވެ
ނިގޫފަތުގެ
ކޮޅުހުންނަނީ
ހަނދުފަޅި
ބުރަށް
ކަފިކޮށްނެވެ
ބުރިކަށިމައްޗާއި
އަރިމަތީގެ
ކުލައަކީ
މުށިކުލައެވެ
ބަނޑުދޮށް
ހުންނަނީ
ފަނޑު
ހުދު
ކުލައެއްގައެވެ
އަށި
ނ
(1)
އިށީނދެ
އޮށޯވެހަދާން
ލަކުޑީން
ނުވަތަ
އެހެން
އެއްޗަކުން
ހަތަރު
ކަނަށް
ހަދައިފައި
ޖަހައިފައި
ފަޑިނާޅާ
ހުންނަ
އެއްޗެއް
(2)
މިބޭނުމުގައި
ރާނައިފައި
ހުންނަ
ތަންތަން
(3)
އެކިއެކިކަންތަކު
މައްޗަށް
އަރައި
ތިބޭށާއި
އަދިވެސް
ބައެއް
ބޭނުމުގައި
ހަދާތަންތަން
(4)
މާލޭ
ހުކުރު
މިސްކިތުގެ
ދެފަރާތު
ފެންޑާޔަށް
އޮންނަތަން
އަށިގަނޑުކުޅުން
މ
ދެމީހުންގެ
ހަތަރު
އަތުން
އަށިގަނޑެއްހެން
ހަދައިގެން
އެއިގެ
މައްޗަށް
އެހެން
މީހަކު
އެރީމާ
އެއްލައިލުން
މިއީ
މޫދުގައި
ކުޅޭ
ކުޅިވަރެކެވެ
އަނގަރަކާ
ނ
ބޮޑުމުސްކުޅި
ބޭކަލުންގެ
ޚާއްޞަ
ރަސްމީ
ލިބާހެއް
މިއީ
ކަކުލަށްވުރެ
ތަންކޮޅެއް
މައްޗަށް
ހުންނަ
ބަނޑުފެޅި
ލިބާހެކެވެ
މީގެއަތުކުރީގައި
އޮންނާނީ
ސަންޖާބު
އަޅައިފައެވެ
އަންބާރި
ނ
(1)
ދިރޭ
އެއްޗެތީގެ
މައްޗަށް
ފުނިޖެހޭހެން
އަރުވާމުދައު
(2)
އެތްމަތީ
މީހުންތިބޭން
ބަހައްޓާފޮށިގަނޑު
އަންބާރިއެރުވުން
މ
(1)
ދިރޭ
އެއްޗެތީގެ
މައްޗަށް
ފުނި
ޖެހޭންދެން
މުދައު
އެރުވުން
(2)
އެތްމަތީ
މީހުން
ތިބޭން
އަންބާރި
ބެހެއްޓުން
އަންބޮނޑި
ނ
(1)
ދެކޮޅު
ނުތޯޑުވާ
އެއްޗެތި
އަންނަ
ޒަމާނުގައި
އަނޮދެގެން
ހުންނަ
އެތީގެ
މަތީ
ދެކަން
ގަނޑުން
ކުރިމައްޗަށް
ވާނޭހެން
ހަދާ
ބޮނޑިއެއް
)ހ (
(2)
ތަންބޮނޑި
އަރަފާތު
ނ
މައްކާއިން
ބާރަ
މޭލު
ދުރުގައިވާ
މުޤައްދަސް
މައިދާނެއް
މިއީ
ތިރި
ފަރުބަދައެކެވެ
މިތާނގައި
އިރުކޮޅަކު
ތިބުމީ
ޙައްޖުގެ
ރުކުނެކެވެ
އަރަފާތުކޮތަރު
ނ
ޅިނދުމަތީގައި
ކަޅުކުލައިގެ
ބަންދެއް
ހުންނަ
ކަރުދޮށަށް
ރީނދޫ
ދިހުން
ކުލައަރާ
އަޅިކުލައިގެ
ކޮތަރެއް
މިކޮތަރު
ގިނައިން
އުޅެނީ
މައްކާ
ޙަރަމްފުޅު
ތެރޭގައެވެ
އަރި
ނ
(1)
ކެޔޮގަނޑުގެ
ވައްތައް
ހިމެނިފައި
ހުންނަ
ބައިބައި.
(2)
ފިރިހެނުންލާ
މުސްކުޅި
ލިބާހާއި
އަންހެނުންލާ
ބޯވަޅުއަޅާ
ލިބާހުގެ
ދެބަދަންނޫން
ދެފަރާތުގައި
މަތިހަނިކޮށް
ތިރިފުޅައުކޮށް
އޮންނަ
ފޮތިގަނޑު
(3)
ބައެއްތަކެތީގެ
އެއްފަޅި
(4)
އެއްބައި
ނުކައްކައި
އޮންނަ
ކަނޑުމަސްގަނޑެއް
(5)
ފޮތުގެ
ޞަފުޙާ
(6)
ކުރިމައްޗާއި
ފުރަގަސްހުރި
އެއްޗެއް
އެނޫން
ފަރާތަކަށް
ޖެހިފައިވާ
ޖެހުން
(7)
ބިލެތާއި
އަދިވެސް
ބައެއް
ފަތުގެ
ދެފަޅިކޮށް
އެއްފަޅި
(8)
ނއ ތެދުނޫން
(9)
ސީދާނޫން
އަރިނެގުން
މ
(1)
ހިނަވާއިރު
މައްޔިތާ
އަރިޔަށް
ޖެހުން
(2)
އުދުހޭ
އެއްޗެހީގެ
ފިޔައިގެ
ފަތުގެ
ކުރީން
ތަންކޮޅެއް
ބަހައްޓައިފައި
ދެން
ހުރިބައި
ނޮޅައިލުން
(3)
އެއްފަޅިނެގުން
އަރިއަށްނެގުން
މ
ހިނަވާއިރު
މައްޔިތާ
އަރިކުރުން
އަބާރަނަމަތީބޮޑުލަވަ
ނ
"އަބާރަނަ"
ޖަހާފައި
އޭގެ
ލަވަމައްޗަށް
ޖަހާލަވައެއް
ކުޅިހުއްޓާރެއަށް
މިލަވަޖަހާ
އުޅުނީ
އައްޑޫކޮށިން
ތިންދަނޑިއާ
އެއްލާންނުކުތީމައެވެ
އަބާބީލުދޫނި
ނ
ކަޅުކުލައިގައި
ބަނޑުދޮށް
ހުދުކޮށްތިބޭ
ކުދިދޫންޏެއް
މިގިނައިންއުޅެނީ
މައްކާ
ޙަރަމްފުޅުގެ
ތެރޭގައެވެ
އައިނަކަށްމަހެއް
ނ
)ހ.(
މޫދުގައި
ކުޅޭކުޅިވަރެއް.
މިކުޅިވަރު
ކުޅޭގޮތަކީ
ދެކުދިންގެ
ހަތަރު
އަތުން
އަށިގަނޑެއްހެން
ހަދައި
އޭގެމައްޗަށް
އެހެން
ކުއްޖަކު
އެރީމާ
އެއްލައިލަނީއެވެ
އައިންހިފައިގެންވައިމައްޗަށްއެރުން
މ
(1)
މަސްއައިނެއްގައި
އެތައް
ދޯންޏެއް
އޮއްވާ
އެތަނުން
ވަކިދޯންޏެއް
އެންކަވައިގެން
އެހެން
މީހުންނަށް
ކެހިދިނުމަށް
އައިން
ގޮވައިގެން
ވައިމައްޗަށް
ދިއުން
(2)
މަޖާޒު:
އަނެކަކަށް
ލިބޭން
އަންނަމޮޅެއް
ނުވަތަ
ރީއްޗެއް
އެފަރާތަކަށް
ލިބުނަނުދީ
ތިމާ
އަތުލުން
«
10
11
12
13
14
15
16
17
18
»