radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ކަން
ނ
(1)
ޢަމަލު.
(2)
މަސައްކަތް.
(3)
ދެފަރާތުގެ
ދެބިތް
ނުވަތަ
ދެކައިރި
ޖެހޭތަން.
(4)
ހުރަހާއި
ދިގާ
ޖެހޭތަން.
(5)
ދެގަނޑެތި
ސީދާ
ނޫން
ގޮތަށް
ޖެހޭތާ
ކޮޅު.
(6)
އޮށްވަޅު
ގޮނޑީގެ
ދެފަރާތުން
ފިހާރަދޮށު
ދެ
ވަޅު.
(7)
ބޮލުގައި
އަލާރުމާލުގެ
ކަނާ
ކައިރީގައި
ހަތަރެސް
ކަނަށް
ހުންނަގޮޅި
މިގޮޅި
ކަޅުކޮށްނާއި
ހުދުކޮށް
ހުރެއެވެ.
(8)
އަލަމާރިއާއި
ސޯކޭސްފަދަ
ތަކެތި
ވަރުގަދަ
ކުރުމަށް
ކަނަކަށް
ލެވޭގޮތަށް
އެތެރޭގައި
ހަރުކުރާން
ޕުލާސްޓިކު
ނުވަތަ
އެފަދަ
އެއްޗަކުން
ހަދައިފައި
ހުންނަ
އެތިކޮޅު.
(9)
ކަމެއް
ހިނގި
ހިނގާ
ހިނގާނެ
ނުވަތަ
ހިނގައިފާނެކަމެއް
ބަޔާން
ކޮށްދޭ
ކޮންމެ
ބަހެއް
)01(
ކެއުން
މިބަހުގެ
ވާކަން
ހީނަރުވުން
މ
(1)
އަނަރޫފަވުން
(2)
ގަސްގަހާގެހި
ހެދުން
ދެރަވެގެން
އަނަރޫފަވުން
(3)
މަޖާޒު:
ކަންކަން
ދާންވާގޮތަށް
ކުރިއަށް
ނުގޮސް
ހުއްޓުން
އެރުން
ހީނާފަތްއެޅުން
މ
(1)
ހިމުންކޮށްފައި
ހުންނަ
ހީނާފަތް
އަތްފައިގައި
އަޅައި
ބަނުން
މިކަންކޮށްއުޅެނީ
ބޭހަށް
ނުވަތަ
ޒީނަތަށްޓަކައެވެ
(2)
މިފަތްމުގުރައިގެން
ތުނބުޅި
މަތިމަހުގައި
އުނގުޅުން
ހީރިކަން
ނއނ
)ސ (
ބަލިކަށިކަން
ހީވަނީ ބަނޑުފުރިއަރައިދާނެހެން
(މިސާލުބަހެއް)
ދުވާވަހެއްގެ
މީރުކަން
ދޭހަކޮށް
ދިނުމަށް
ބުނެއުޅޭ
ބަހެއް
ހީވަނީކަފުލޯދުންމާރިއެއްގެ އަޑުހެން
(ގބ)
(މިސާލުބަހެއް)
އަޑުގެ
ހިމަކަމާއި
ރީތިކަމާއި
ތޫނުކަން
ދައްކައިދޭން
ބޭނުންކުރާ
ބަހެއް
ހީވާގި
ނއ
(1)
މުރާލި
(2)
ކަންނެތްކަމުގެ
އިދިކޮޅު
ހީވާގިކަން
ނއނ
މުރާލިކަން
ހީވި
ނ
(1)
"ހީރި"
ބަލާ!
(2)
ހީވުން
މިމަސްދަރުގެ
ނިމިނިމުންކަން
ހީފިލުން
މ
(1)
ހަށިގަނޑަށް
ލިބުނު
ފިނިކަން
ފިލައިހަމަ
ޖެހުން
(2)
ފިނިކަމުން
ހަށިގަނޑަށް
ލިބުނު
އުނދަގޫކަން
ކެނޑުން
ހީލި
ނ
(1)
ގިލިގިލި
ކޮއްޓީމާ
ހަށިގަނޑަށް
އެވާގޮތް
(2)
އުޅަނބޮށީގެ
ހީލިކަށިގަނޑުތަނަކު
ޖެހުނީމާވާގޮތް
(3)
ނުރައްކައު
އުސްތަންތާގައި
މީހުން
ހިނގާތަން
ފެނުނީމާ
ބައެއް
މީހުންގެ
ދަށްފަޔަށް
އެވާގޮތް
(4)
ހަރުދެއެތިގަނޑު
ކޭރުވީމާ
އިވޭ
ބާވަތެއްގެ
އަޑަކުން
ބައެއް
މީހުންގެ
ދަތަށް
އެވާގޮތް
(5)
ޖިންސީ
އެދުންވެރިކަން
އައުމުން
އަންހެނުންގެ
ކުރިމަތި
ފަރާތަށް
އެވާ
އިޙްސާސް
ހުނަރު
ނ
(1)
ޙިކުމަތް
(2)
ފަންނު
(3)
ތަކެތި
ހެދުމުގެ
ވިސްނުން
(4)
ކަންތައްކުރުމުގެ
ފާޑު
ހުނަރުވެރިކަން
ނއނ
(1)
ޙިކުމަތްތެރިކަން
(2)
ފަންނުވެރިކަން
(3)
ތަކެތި
ހެދުމުގެ
ގޮތުން
ވިސްނުންތެރިކަން
(4)
ކަންތައްކުރުމުގެ
ފާޑުވެރިކަން
ހުނަރުވެރިވުން
މ
(1)
ޙިކުމަތްތެރިވުން
(2)
ފަންނުވެރިވުން
(3)
ތަކެތި
ހެދުމުގެ
ގޮތުން
ވިސްނުންތެރިވުން
(4)
ކަންތައްކުރުމުގައި
ފާޑުވެރިވުން
ހުނަރުވެރިޔާ
ނ
(1)
ޙިކުމަތްތެރިޔާ
(2)
ފަންނުވެރިޔާ
(3)
ތަކެތި
ހެދުމުގެ
ގޮތުން
ވިސްނުންތެރިޔާ
(4)
ކަންތައްކުރުމުގެ
ފާޑުވެރިޔާ
ހުންވިހެލުން
މ
ހަށިގަނޑުން
ހުމުގެ
ހޫނުކަން
ފިލުން
ހުރާގޭދަރިކޮޅު
ނ
ރާއްޖެ
އިސްލާންވީފަހުން
ހަތްވަނަޔަށް
ރާއްޖޭގައި
ރަސްކަންކުރި
ޢާއިލާ
މި
ޢާއިލާގެ
ފުރަތަމަ
ރަސްކަލަކީ
ހުރާ
ދޮންމަރުދުރު
ފަޑިއްތަކުރުފާނުގެ
ޙުސައިން
ދަހަރާ
ތަކުރުފާނުގެ
މުޙައްމަދު
ފާމުލަދޭރި
މަނިކުފާނުގެ
ދަރިކަލުން
އަލްޣާޒީ
ޙަސަން
އިއްޒުއްދީނު
ދޮންބަންޑާރައިންނެވެ
މިޢާއިލާއިން
ތޭރަ
ރަސްކަލުން
ރަސްކަން
ކުރެއްވިއެވެ
ހުރިނެތްގޮތް
ނ
(1)
ކަމެއްގެ
ވާނުވާގޮތް
(2)
ތަނެއްގައި
ކަންހިނގާނުހިނގާގޮތް
ހުޅު
ނ
(1)
ގުޅިފައި
ހުރިތަނުންވަކިނުވެ
ލެނބި
އެނބުރިވާނޭ
ގޮތުގައި
ދެއެއްޗެއް
ގުޅުވާއެތި
މިސާލު:
)ހ(
ދޮރުފަތުގެ
ހުޅު
)ށ(
ފޮށީގެ
ހުޅު
)ނ(
އުޅަނބޮށި
ހުޅު
(2)
ރޯވެގެން
އަރާފައި
ހުންނަ
އަލިފާން
(3)
ދެ
ލަކުޑިގަނޑުގެ
ކަންމަހާގޮތަށް
އެއްކުރާން
ކަނޑާ
ކެނޑުމެއް
ހުޅުއެޅުން
މ
އެއްރަށަކުން
އަނެއްރަށަކަށް
އަންގާން
އަލިފާންދެއްކުން
މިކަން
ކޮށްއުޅެނީ
ކޮންމެވެސް
ބޮޑު
ޚަބަރެއް
އެންގުމަށެވެ
ހުކުރު ހިނގުން
ނ
އިހުގައި
ނަމާދުނުކުރާ
މީހުންނާއި
ހުކުރަށް
ނުދާމީހުން
ބެލުމަށް
ހުކުރުދުވަހު
ހަވީރު
ފަނޑިޔާރުގޭގެ
ނާއިބުބޭކަލަކާއި
ދޭވާންޏަކާއި
މަޖިލީހަށް
އަރާ
ބޭކަލަކާއި
ދުއްރަހިފައިގެން
ކޮލިހިނގާމަގު
ވަށައިގެން
ހިނގައިއުޅުނު
ހިނގުމެއް.
މިގޮތަށް
ހިނގާއިރު
މަގުމަތިން
ފެންނަ
ފިރިހެނުންކުރެން
ހުކުރައްދިޔަތޯއާއި
ނަމާދުކުޅަތޯ
އަހައި
ނޫންކަމަށްވާނަމަ
އެމީހުން
ތަޢުޒީރުކޮށްހަދައެވެ
ރާއްޖެތެރޭގެ
ރަށްރަށުގައި
ވެސް
ނައިބުންގެ
ފަރާތުން
މިކަން
ކޮށް
އުޅުނެވެ
«
10
11
12
13
14
15
16
17
18
»