radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
އީ
ނ
(1)
މާކުދިކުދި
ކަންތަކާ
ރަކިވެގެން
ޖެއްސޭ
ވައްތަރެއް.
މިގޮތް
ގިނައިން
ވަނީ
އަންހެނުންނަށާއި
ކުޑަކުދީންނަށެވެ.
(2)
އ.
ކުރީގައިވާ
އެއްޗެއް
ނުވަތަ
ކަމެއް
ގަދަކުރުމަށް
ބުނާ
އަކުރެއް.
މިސާލު:
މިއީ
އެއީ
ތިޔައީ
އައީ
ރަންމަންފުއްލާ
ނ
ފުއްލާގެ
ބާވަތެއް
މިއީ
ހުދުތިއްކާއި
ރަތްކުލައިގެ
ތިކި
ޖަހައިފައި
ހުންނަ
ފުއްލާއެކެވެ
މިއަށް
ރަންވަން
ފުއްލާ
ވެސް
ކިޔައެވެ
ރަންގުވެޔޮ
ނ
ރަންގުއޮށް
އަޅާ
ވެޔޮ
މިވެޔޮހެދެނީ
ގަސްގަހުގައި
ހަކި
ހިއްޕައިގެންނެވެ
އޭގައި
އަޅާ
އޮށް
ފިތައިލީމާ
ނިކުންނާނީ
ރަންގުކުލައެވެ
މިވެލުގެ
ފަތް
ވަރަށް
ކުދިވާނެއެވެ
މިއީ
ވަލުގައި
ވަރަށް
ގަދަޔަށް
ހެދޭ
ވެލެކެވެ
މިވެޔޮ
ރުކަކަށް
އަރައިފިއްޔާ
ރުއް
މަރުވެސް
ވެދާނެއެވެ
ރައީސާ
ނ
އަންހެން
ރައީސް
ރައީސުލްޖުމްހޫރިއްޔާ
ނ
ޖުމްހޫރީ
ސަރުކާރުގެ
ރައީސް
ރަމަންނެގުން
މ
(1)
ބިރުގަނެގެން
ނުވަތަ
ދެހާ
ތަޅައިގެން
ބަލިވާ
ހައު
ކެޔޮފޮތީގެ
ފަހަތުގައި
ހުންނަ
ފަތްކޮޅު
އުފުލުން
އެހެންވެސް
ޖަނަވާރު
އެއަށްވުރެ
ގަދައެއްޗެއް
ފެނުނީމާ
ބިރުން
ދިއުމަށްވެސް
ކިޔަނީ
މިހެންނެވެ
(2)
މަޖާޒު:
މީހަކު
މާމޮޅު
މީހަކަށް
ހެދިގެން
އުޅެނިކޮށް
މޮޅުމީހަކު
އައީމާ
ހެދިގެން
އުޅޭ
މީހާ
ދެރަވުން
ރަމަންރަމަންފޯލި
ނ
ކުޑަކުދިން
މުގޯލި
އަޅައިގެން
ކުޅޭ
ކުޅިވަރެއް
މިކުޅިވަރުގައި
މުގޯލިތައް
ހުންނަނީ
މެދުގައި
އެއް
މުގޯލި
އަޅައި
އޭގެ
ވަށައިގެން
އެހެން
މުގޯލިތައް
ހުންނަ
ގޮތަށެވެ
މިމުގޯލިތައް
އަޅާނީ
ކުދިން
ތިބި
ޢަދަދަކަށެވެ
މެދު
މުގޯލީގައި
ހުންނަ
ކުއްޖާ
ހުންނާނީ
ތުނި
ފޮތިކޮޅަކުން
ކަނުބަނދެފައެވެ
އެކުއްޖާ
ރަމަންރަމަންފޯލި
ކޮބައިހޭ
ކިޔާފައި
އެއް
މުގޯލިން
އަނެއް
މުގޯއްޔަށް
ހިނގާއިރު
އޭނާގެ
އަތުނުޖެހޭން
ވެގެން
ކުދީން
އެއް
މުގޯލިން
އަނެއް
މުގޯއްޔަށް
ދުވާނެއެވެ
ކަނުބަނދެފައިވާ
ކުއްޖާ
މުގޯލިން
ބޭރުގައި
ހުރި
ކުއްޖެއްގެ
ގައިގައި
އަތްލެވިއްޖެނަމަ
އެ
އަތްލެވުނު
ކުއްޖާ
ނުބައިވާނެއެވެ
އެއީ
ރަމަންރަމަން
ފޯއްޔެވެ
ރަތްހިނި
ނ
ހިނީގެބާވަތެއް
މިއީ
އެންމެ
ކުދި
ހިންޏަށްވުރެ
ތަންކޮޅެއް
ބޮޑު
ހިންޏެކެވެ
މިހިނި
ވަރަށް
ބާރަށް
ދާނާނެއެވެ
މިއީ
ރަތްމުށި
ކުލައިގައި
ހުންނަ
ހިންޏެކެވެ
ރަތްހޮނޑަލި
ނ
ހޮނޑަލީގެ
ބާވަތެއް.
މިއީ
އާދައިގެ
ހޮނޑައްޔަށްވުރެ
ފަލަ
ކުޑަކޮށް
ރީނދޫކޮށް
ހުންނަ
އެމެކެވެ
ރަތްރުމާ
ނ
ކުރީގައި
ގެންގުޅުނު
ރަތްކުލައިގައި
ހުންނަ
ފަލިޔާކާޓްރުމާ
މިއީ
އިހުގައި
އަންހެނުން
ބޮލުގައި
އަޅައި
އުޅުނު
ޚާއްޞަ
ރުމާލެކެވެ
މިރުމާ
ބޮކްސާ
ބަނުމަށާއި
ތާރަޖަހާއިރު
ކަރުގައި
އައްސަން
ބޭނުންކޮށް
އުޅުނެވެ
ރަތްބަނޑުލަނޑާ
ނ
ލަނޑާގެބާވަތެއް:
މިއީ
ތޮށިކައިރީގައި
އުޅޭ
ބަނޑުދަށް
ރަތް
ކުލައިގައި
ހުންނަ
ލަނޑައެކެވެ
ބުރަކަށިމަތީގައި
ހުންނަނީ
މަޑުރަތްކުލައެކެވެ
ރަތްބުރެކި
ނ
ބުރަކީގެ
ބާވަތެއް
މިއީ
ނަގޫފަތް
ދިގުކޮށް
ބޯކުޑަކޮށް
ހުންނަ
ކަޅު
ރަތްކުލައިގެ
އެމެކެވެ
ރަތްކަނދޮޅު
ނ
ކަނދޮޅުގެ
ބާވަތެއް.
މީގެ
ފަތްތައް
ވަރިބޯވެފައި
ހިމަދިގުވާނެއެވެ.
މިއީ
ފަތްތަކުގެ
މަތީފުށް
ގަދަފެހިކުލައިގައި
ދަށްފުށް
ރަތްދަނބުކުލައިގައި
ހުންނަ
ގަހެކެވެ.
ހެދެމުންދަނީ
ފީނިވަމުން
ވަރުގަދަކޮށެވެ.
މާ
ނިކުންނާނީ
ކޮންމެ
ފަތެއްގެ
ބުޑުންނެވެ.
މާ
ހުންނާނީ
ރިނދައްޔާ
ވައްތަރު
ތޫރިއެއް
ތެރޭގައެވެ.
މީގެތެރޭގައި
ހުންނަނީ
ހުދުކުލައިގެ
ތިންފިޔަލީ
ވަރަށް
ކުޑަކުޑަ
ދެތިންމަލެވެ
ރަތްކަންދާލި ލިބާސް
ނ
ކަސަބުބޯވަޅު
ލިބާހުގެ
ވައްތަރެއް
މިއީ
އުއިލިބާހެކެވެ
ރަތްކުރަ
ނ
ލޮލުގެ
ބައްޔެއް
މިއީ
ރޯނާވުން
އެންމެ
މައްޗަށް
ދިޔުމުން
ލޮލުގާ
ލާކުރައެކެވެ
ރަތްއޮނުގަނޑުތޮޅި
ނ
ތޮޅީގެބާވަތެއް
މިއީ
ނިގޫފަތުގެ
މެދުގައި
ދިގުނަރުވައެއް
ހުންނަ
އަނޮގަކުޑަ
މަހެކެވެ
މިމަހުގެ
މަތީބައިގެ
ކުލައަކީ
ރަތްމުށިކުލައެވެ
ބަނޑުދަށް
ފަރާތް
ހުންނަނީ
ރިހިކުލައިގައެވެ
ރަތްމަސް
ނ
ފަރުމަހުގެ
ބާވަތެއް
މިއީ
ހުޅުނބުގިނަ
ރަތްކުލައިގެ
މަހެކެވެ
މިމަހުގެ
ދެއަރިމަތީގަިއ
ރިހިކުލައިގެ
ދެލައްހުރެއެވެ
މިފާހަގަ
ބޮޑަށް
ފާޅުކޮށް
ފެންނަނީ
ކަނޑުގައި
އުޅޭއިރުއެވެ
ރަތްމުރަކަ
ނ
މަޑުރަތްކުލައެއްގައި
ހުންނަ
މުރަކައެއް
މިއީ
ވަރަށް
ބޮޑެތިކޮށް
ހެދޭމުރަކަ
އެކެވެ
މިމުރަކަ
ނަގަނީ
ކަނޑުންނެވެ
މިމުރަކައިން
ގަހަނާ
ހަދައެވެ
މިއީ
ދުނިޔޭގައި
ވަރަށް
އަގުބޮޑު
އެއްޗެކެވެ
ރަތްފަނޑިހި
ނ
ދިވެހި
ރުކުގެ
ބާވަތެއް
މިއީ
ފަނޑިހީގެ
ރަތްބާވަތެވެ
ރަތްދަތިލަނޑާ
ނ
)މ (
ލަނޑާގެބާވަތެއް:
މިލަނޑާގެ
ހުޅުނބުތައް
ހުންނަނީ
ބޯކޮށް
ފިތްފިތަށެވެ
މިއީ
ރަތްކުލައިގެ
ލަނޑައެކެވެ
ރަތްދޭވާނި
ނ
ފަނިފަކުސައިގެ
ބާވަތެއް
މިއީ
ގޮވާމުގެ
ޅަގަސްގަހުގައި
އަޅާބައްޔެކެވެ
މި
ޙާއްޞަކޮށް
ގިނައިން
އަޅަނީ
ގޮވާމުގެ
ވައްތަރު
ތަކުގެތެރޭން
ބިންބި
ކުދިބަތް
މިދެބާވަތު
ގެ
ގަސްގަހުގައެވެ
މިއީ
ހުވަނީގެ
ސިފައިގައި
ރަތްކުލައިގައި
ހުންނަ
އެއްޗެކެވެ
މިފަނިދުވަނީ
ފަތުގެ
މެދުތެރޭގައިވާ
ފެހިބައިކަމުންނެވެ
«
9
10
11
12
13
14
15
16
17
»