radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ބޭ
ނ
(1)
ދުވަސްވެ
މުސްކުޅިވެފައިވާ
ފިރިހެނާ.
(2)
ބޭބެ
ކިޔާ
މީހުންނަށް
ކިޔައި
އުޅޭގޮތެއް.
މިސާލު:
ދޮންބޭ
ކުޑަބޭ
ކަތީބުބޭ
ތަންޑާއެރުން
މ
(1)
ހޫނުގަދަވުމުގެ
ސަބަބުން
ނުވަތަ
ލިބޭ
އަނިޔާޔަކުން
ބީތާވުން
(2)
ބުރާންތިވުން
(3)
އަނބުރައިގަތުން
(4)
މަޖާޒު:
ނިދައިފައިތިބުން
ތަންޑިޔާ
ނ
ބަރުތަކެތި
އެއްތަނުން
އަނެއްތަނަށް
ގެންދިއުމަށް
އެއްޗެއްގައި
ވާޖަހައި
އައްސައިގެން
މީހުންގެ
ކޮނޑުމަތީ
އުފުލުމަށް
ބޭނުންކުރާ
ފަލަދަނޑިއެއް
ތަންޑިޔާބަނުން
މ
ބޮޑެތި
އުޅަނދު
ފަހަރު
އެހެލައި
ބޭލުމުގައި
އުޅަނދު
ފަރާތަކަށް
ވެއްޓުނަ
ނުދިނުމަށް
ދެފަރާތުގައި
ހިފަހައްޓަން
ވަކަރު
އަޅައިގެން
ފުރޭމެއް
ހެދުން
ތަންޑުނެއްޓުން
މ
ތަންޑު
ބޭނުންކޮށްގެން
ބަންދުކޮށްފައިހުރިތަނެއް
ނުވަތަ
އެއްޗެއް
ހުޅުވޭގޮތްހެދުން
ތަންޑުއެޅުން
މ
ތަންޑު
ބޭނުންކޮށްގެން
ދޮރު
ނުހުޅުވޭގޮތް
ހެދުން
ތަންޑުދަނޑިގަނޑު
ނ
ބައެއްކަހަލަ
ދޮރުގައި
ތަންޑުއެޅުމަށް
ބޭނުންކުރާ
ދަނޑިގަނޑު
ތަރަފަތި
ނ
)ހ (
ބަނޑުދޮށް
ހުދުކޮށް
ހުންނަ
ކުޑަމަހެއް
މިއީއެމުގެ
ގޮތުގައި
ބޭނުންކުރާ
އެއްޗެކެވެ
ތަރާދު
ނ
(1)
ރަންރިހިފަދަ
އަގުހުރި
އެއްޗެއްސާއި
ބޭސްފަދަ
ތަކެތީގެ
މަދުމިންވަރެއް
ކިރަންގެންގުޅޭ
ވަރަށް
ކުޑަ
ތިލަފަތެއް
(2)
އަންހެނުންގެ
ލިބާސް
ކަނޑާފޮތި
ވިޔުމުގައި
ކުލަ
ބަދަލުވެލައިފައި
ހުންނަތަން
ތަރުކާރީ
ނ
(1)
ކެއުމުގެ
މައިގަނޑު
ބައިތަކުގެ
ތެރޭގައި
ހިމެނޭ
ބާވަތްތަކުގެ
ތެރެއިން
ބައެއްކަހަލަ
ގަސްގަހާގެހިން
ލިބޭ
ތަކެތި.
މިސާލު:
)ހ(
ވިލާތުބަށި.
)ށ(
ބޮނޑިކޮޕީ.
)ނ(
ބަނބުކެޔޮ.
)ރ(
ފަތްކެޔޮ.
(2)
ގަސްގަހާގެހީގެ
ކެއުމަށް
ބޭނުންކުރާ
ބައި
މިސާލު:
)ހ(
ލީކްސް
)ށ(
ކަންކުން
)ނ(
މައްސާގު
)ރ(
މުރަނގަ
)ބ(
ކުއްޅަފިލާ
ތަރުކާރީތެޔޮ
ނ
ގަސްގަހުގެ
ބައިތަކުން
ނުވަތަ
ގަހުން
ލިބޭ
ބާވަތްތަކުން
އުފައްދާ
ތެޔޮ
ތަރުވާޒު
ނ
ބުނަން
ބޭނުންވާ
ވާހަކައެއް
ބުނުމުގެ
ކުރިން
އެކަމާގުޅޭގޮތުން
ދައްކާ
އިތުރުވާހަކަ
ތަރުމޯޒު
ނ
ހޫނުފެން
ނުވަތަ
ފިނިކޮށްފައި
ހުންނަފެން
އަޅަން
ހަދައިފައި
ހުންނަފުޅިއެއް
މިފުޅީގެ
އެތެރޭގައި
ހުންނާނީ
ރަހަލާފައެވެ
މިފުޅިރައްކާތެރި
ކުރުމަށްޓަކައި
ބޭރުގައި
ޕުލާސްޓިކު
ނުވަތަ
މައުދަނީ
ދޮށިގަނޑެއްހުރެއެވެ
ތަރުޖަމާނުން
މ
(1)
އެއްބަހަކުން
ލިޔެފައި
ހުންނަ
އެއްޗެއް
އަނެއް
ބަހަކަށް
ބަދަލުކުރާ
މީހުންނާއި
އެއްބަހަކުން
ދައްކާ
ވާހަކަ
އަނެއް
ބަހަކަށް
ބަދަލު
ކުރާމީހުން
(2)
ރަސްމީދާއިރާ
އަކުން
ނުވަތަ
ނުރަސްމީ
ފަރާތަކުން
ކަމެއް
ކުރިގޮތުގެ
ތަފްޞީލުދޭން
ތިބޭމީހުން
ތަބައް
ނ
ފަތާކޮށް
ތުންފަތެއް
ލައިފައިހުންނަ
އެއްޗެއް.
މިއީއެއްޗެހި
އެޅުމަށާއި
އެއްޗެހި
ބެހެއްޓުމަށް
ބޭނުންކުރާ
އެއްޗެކެވެ
މިތަފާތު
ވަރުވަރަށް
ތަފާތު
ސިފަސިފައިގައި
ހަދައިފައިހުރެއެވެ
ތަޅައިބުރުއްސުން
މ
(1)
ކުކުޅުހާފަދަ
ތަކެތިގޭދޮށަށް
ނާންނަގޮތަށް
ފައްސައި
ދުރަށްލުން
(2)
މަޖާޒު:
ވަކިހަމައެއްނެތި
ބޭކާރުގޮތުއި
ފައިސާ
ނުވަތަ
މުދާ
ހޭދަކުރަމުން
ގެންދިއުން
(3)
އެއްވެފައިވާ
މީހުންތަކެއް
ވިއްސިވިހާލިކުރުން
ތަޅުމަޅުގަނޑުއެޅުން
މަޖާޒު;
(1)
ކުރިންހުރިގޮތަށް
ހަމެޖެހުން
(2)
ވަންހަނާކުރަން
ބޭނުންކަމެއް
ރަނގަޅަށް
ވަންހަނާވާގޮތްވުން
ތަޅުފަތްގަނޑު
ނ
އެލުވާތަޅު
ބޭނުންކުރާ
ތަންތަނުގައި
އަރުގޯލައަށްމަތިން
އައިސް
އެމުނޭގޮތަށް
ހަދައިފައިހުންނަބައި
ތަޅުދަނޑި
ނ
(1)
ތަޅު
ހުޅުވުމަށާއި
ތަޅުލުމަށް
ބޭނުންކުރާ
އާލަތެއް
މި
ތަފާތު
ސިފަސިފައަށް
ތަފާތު
ގޮތްގޮތަށް
ހަދައިފައި
ހުރެއެވެ
(2)
ޗާޓްފަދަ
ތަކެތީގައިވާ
ކުރެހުންތައް
ތަފްޞީލުކޮށްދޭ
ބަޔާން
(3)
ތަޅުދަނޑީގެ
ސިފައިގައި
ހަދައިފައިވާ
އެއްޗެއް
ތަކަހޮޅި
ނ
ގަނޑުވަރުތެރޭ
އަންހެން
ބޭފުޅުންގެ
ފައިންޕުޅުގައި
ތުރުކުރައްވާ
ރަނުގެ
ގަހަނާއެއް.
މި
ހަދައިފައި
ހުންނަނީ
ކުރެހުން
އެޅި
މޫނުމައްޗެއް
ލައިފައި
މަލެއްގެ
ސިފައަށް
ހަދައިފައި
ހުންނައެއްޗިހިން
ގަތައިފައެވެ
ތަކަރަލާ
ނ
ބޭހަށް
ބޭނުންކުރާ
އެއްޗެއް
މިހުންނަނީ
ކުދިކުދި
ދަނޑިކޮޅުތަކެއްހެންނެވެ
«
125
126
127
128
129
130
131
132
133
»