radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ހުނ
އ
ނުރުހުމުގެ
ގޮތުން
ނުވަތަ
ނުރުހިގެން
އިއްވާލާ
އަޑެއް.
މިސާލު:
ހުނ
އެހެންތަހީކުރީ
ކާފޫރުމެޓާ
ނ
އެތެރެއަށް
ކާފުރު
ތޮޅިއޮށެއްކަހަލަ
އޮށެއްލާފައި
ބޭރުގައި
އުންހުންނަ
ލާގުޅައެއްވަރުގެ
މެޓައެއް
މިގެނެސް
އުޅުނީ
ބަންގާޅުންނެވެ
ކާފޫރުތޮޅި
ނ
ކާފޫރުތޮޅި
ގަހުގެ
ވަކި.
މިއީ
ތިން
އަރިޔަށް
ފުއްޕުން
ހުރެފައި
މަޑު
ބޯތޮށްޓެއްގެތެރޭގައި
ތިންބަރިޔަށް
ކުދިކުދި
ކަޅުއޮށްތަކެއް
ހުންނަ
ކުޑަކުޑަ
ތޮޅިޔެކެވެ.
މިތޮޅިއަކީ
ވަހާއި
ރަހައިގައި
އާވިގޮތް
ހުންނަ
މީރުއެއްޗެކެވެ.
މިއީ
ބޭހަށާއި
ކާބާވަތްތަކުގެ
ރަހަމީރުކުރަން
ބޭނުންކުރާ
އެއްޗެކެވެ
ކާފޫރުގަސް
ނ
މެދުމިނަކަށް
ހެދޭ
ގަހެއް
މިގަހުގެ
ގޮފިތަކުގެ
ތޮށިގަނޑު
ހުންނަނީ
އޮމާން
ކޮށް
ފެހިކުލައެއްގައެވެ
ތޮށީގައި
ވިދާގޮތްހުރެއެވެ
މިގަސް
އެންމެ
ވައްތަރުވާނީ
ދެބުދާރުގަހާއެވެ
ފަތްތައް
ހުންނާނީ
މޫނިމާފަތާ
ގާތްގޮތަކަށެވެ
މިގަހުގެ
ހުރިހާ
އެއްޗެއްގައިވެސް
ދުވާނީ
ކާފޫރުވަހެވެ
ކާލިގަނޑު
ނ
(1)
ކޯއްޓޭގެ
ދެބުރިދޭތެރޭގައި
ހުންނަ
ބުރަފަތި.
(2)
އެކިގޮތްގޮތަށް
ބުރަފަތިކޮށް
އަޅާ
ރޮނގު.
(3)
ރާރުކާއި
ބިލެތްހަރުފަދަ
އެއްޗެހީގައި
ބަނދެފައި
ހުންނަ
ގަޅި
ގަނޑު
ކާލިގަނޑުމިޔަރު
ނ
މިޔަރުގެ
ބާވަތެއް
މި
މިޔަރު
ބޯ
ހުންނަނީ
ކާލިގަނޑެއްހެން
ދެފަރާތަށް
ބައެއް
ނުކުމެފައެވެ
މީގެ
ލޯހުންނަނީ
ދެފަރާތަށް
ނިކުމެފައި
ހުންނަ
ބައިގެ
ކޮޅުގައެވެ
މިބާވަތުގެ
ބޮޑެތި
މިޔަރަކީ
ނުރައްކާތެރި
އެއްޗެކެވެ
ކާލިޖެހުން
މ
)ޏ (
ކޭލިޖެހުން
ކާގެ
ނ
(1)
ކައިބޮއި
ހެދުމަށްޓަކައި
ގެއާވަކިން
ހަދައިފައި
ހުންނަ
ގެ
(2)
ކާކުގެ
ކާޑު
ނ
(1)
ކެއުމަށް
ބޭނުންކުރާ
މައިގަނޑު
ބާވަތްތައް
ކަމުގައިވާ
ހަނޑޫ
ހަކުރު
ފުށް.
(2)
އެކިއެކި
ބޭނުމުގައި
ރީތިމިނަކަށް
ހަދައިގެން
ގެންގުޅޭ
ބޯކަރުދާސްކޮޅު.
މިސާލު:
)ހ(
އެޑްރެސްކާޑު.
)ށ(
ޕޯސްޓުކާޑު.
)ނ(
ދަޢުވަތުކާޑު.
)ރ(
ހެޔޮއެދުންތަކުގެ
ކާޑު.
(3)
އިލެކްޓްރޯނިކް
ބައެއްތަކެތީގެ
ޚިދުމަތް
ލިބިގަތުމަށްޓަކައި
ބޭނުންކުރުމަށް
ޕުލާސްޓިކުން
ނުވަތަ
މަޢުދަނީ
އެއްޗަކުން
ތުނިކޮށް
ފަތިކޮށް
ހަދައިފައި
ހުންނަ
އެއްޗެއް.
މިސާލު:
)ހ(
ފޯނުކާޑު.
)ށ(
ކުރެޑިޓްކާޑް.
)ނ(
ތަޅުދަނޑިކާޑު.
)ރ(
އަވަސްފައިސާ
ކާޑު.
(4)
މުދައު
ކޮންޓްރޯލްކޮށްގެން
އުޅޭ
ތަންތާނގައި
އެގެއަކަށްތަކެތި
ގެންނަންވީ
ޢަދަދު
ލިޔެފައިވާ
ކަރުދާސްކޮޅު.
(5)
މުދައު
ކޮންޓްރޯލް
ކޮށްގެން
އުޅޭ
ތަންތާނގައި
މީހަކަށް
ނުވަތަ
ބަޔަކަށް
ކޮންޓްރޯލް
ޤަވާޢިދުން
ދޫކޮށްފައިވާ
ކާބޯތަކެތީގެ
ކޮއްތު.
(6)
ކޮމްޕިއުޓަރުފަދަ
އެއްޗެހީގައި
އެކިއެކި
ވާޖިބުތައް
އަދާކުރުމަށްނަގައި
ބަދަލު
ކުރެވޭގޮތަށް
ޖަހައިފައި
ހުންނަ
ބޯޑު
(7)
)ބދ (
ފިރިހެން
ހަށި
ކާޑުބަދަލުކުރުން
މ
އެއް
ގެއެއްގެ
ކާޑުގައި
އޮތް
މީހަކު
އަނެއް
ގެއެއްގެ
ކާޑުގައި
ޖެހުން
ކާޑުމަސްބައި
ނ
ކާޑުގެޒަމާނުގައި
)ދެވަނަބޮޑު
ހަނގުރާމައިގެ
ދުވަސްވަރު(
ރަށްރަށުގެމީހުން
ކާޑުގެއަށް
އަޅައި
އުޅުނު
މަސްބައި
މިއީ
އިހުގައި
ކޮންމެ
ދޯންޏަކުންވެސް
ފަޅުވެރިޔަކާ
އެއްވަރަށް
ނަގައިއުޅުނު
މަސްބައެކެވެ.
މި
މަސްބައިނަގައި
އުޅުނީ
ރައްޔިތުގެއިން
ކުރަންޖެހޭ
ޚަރަދުތައް
ކުރުމަށެވެ.
މިސާލަކަށް:
ރަށުގެރައްޔިތުން
ދަރަންޏަށްގެންނަ
ކާޑުގެބާވަތްތަކުގެ
އަގުހަމަޖެއްސުމާއި
މަދަރުސާ
މަކްތަބު
ފަދަ
ތަންތަނަށް
ޚަރަދުކުރުމާއި
ބަންޑާރަދަތުރުގެ
ކޮއްތުދިނުންފަދަ
ކަންތައް
ކުރުމަށެވެ
ކާޑުދަތުރު
ނ
ރަށްފުށުމީހުން
ކާޑުބަލާ
މާލެޔަށް
ކުރާ
ދަތުރު
ކާޖާ
ނ
ގޮދަންފުށުގައި
ހަދާ
ހެދިކާ
އެއްޗެއް.
މިހުންނަނީ
ގޮދަންފުށްގަނޑު
މޮޑެ
ރޮށްޓެއްހެން
ދަމައި
ތުތިމަސްގޮތަށް
ކަފައި
ތެލުލައިފައެވެ.
މިފޮނިކޮންނާއި
ލޮނުކޮށް
ހަދައެވެ
ކިހައް
ނ
(1)
މިރިޔާއި
ކިހަކާއި
އަދި
ކުރުނބާގެ
ކުރީ
ކޮޅުގައި
އޮންނަ
ކެވޭ
ޅަތަން
(2)
ކިހާއް
(3)
ކިހަވައް
(4)
ނއ
ކޭމާ
އަނގަ
ކުރަކިވެފައި
ކަރުތެރެ
ބައްދާގޮތް
ހުންނަ
ކިހައްރަހަ
ނ
ކޭމާ
އަނގަ
ކުރަކިވެފައި
ކަރުބައްދާގޮތް
ހުންނަ
ރަހަ
ކިހިޅިބިސީ
ނ
)ޏ (
މަޖާޒު:
(1)
ކުޑަކުދީން
(2)
މުޖުތަމަޢުގައި
އަގެއްނެތް
މީހުން
ކިހުނުބަލި
ނ
ކިހުނު
ކިނދާލަނޑާ
ނ
ލަނޑާގެބާވަތެއް
މިއީ
ހުޅުނބުގަނޑު
ބޯކޮށް
ހުންނަ
މުށިކުލައިގެ
ބޮޑު
ލަނޑައެކެވެ
ކިނދު
ނ
ކުއްޖާ
އުފަންވާއިރު
ގައިގައި
އުނގުޅިފައި
ހުންނަ
ހުދުކުލައެއްގެ
ތަތް
އެއްޗެއް
ކިނދުބޯ
ނ
ވިހާއިރު
ކުއްޖާގެ
ބޮލުގައި
ހުންނަ
އިސްތަށި
ކިނދުކާށި
ނ
ކުއްޖާއަށް
ހަތްދުވަސްވެގެން
ބޮލުންބާލާ
އިސްތައްޓާއި
ކަނޑާ
ނިޔަފައްޗާއި
ވެއްޓޭ
ފޫޅު
ދެނާށީގެ
ތެރެއަށްލައި
އެކާށި
ހެހުނު
ބޮނބިގަނޑު
އޭގެ
ބޭރުންލައި
ބަނދެފައި
އޮންނަކާށި
«
118
119
120
121
122
123
124
125
126
»