radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ފަތް
ނ
(1)
ގަހާއިވެޔޮ
ހެދެމުންދާއިރު
އޭގެ
އަރިމަތިން
ނުކުންނަމުން
ދާ
ތަނޑެއް
ހުންނަ
އެއްޗެއް.
ގަސްގަހުގެ
ހިޔާ
އޮންނަނީ
މީގެ
ސަބަބުންނެވެ.
މިވަރަށް
ތަފާތު
ގޮތްގޮތަށް
ތަފާތު
ކުލަކުލައިގައި
ހުރެއެވެ.
ޢާއްމުކޮށް
ހުންނަނީ
ފެހިކުލައިގައެވެ.
(2)
ބައެއްގަސް
އުފެދިފައި
ހުންނައިރު
ގަސްގަނޑެއް
ނެތި
ބުޑުން
ފަޅައިފައި
ހުންނަ
ތަފާތު
ކުލަކުލައިގެ
އެކި
ސިފަޔަށް
ހުންނަ
އެއްޗެހި.
(3)
ދީނީ
ގޮތުން
ނުވަތަ
ޤާނޫނީ
ގޮތުން
ލިޔެވޭ
ބައެއް
ޒާތުގެ
ލިއުން.
މިސާލު:
ހިބަފަތް.
އަތޮޅުވެރިކަމުގެ
ފަތް.
(4)
ދޫންޏާއި
ކުކުޅުހާފަދަ
ތަކެތީގެ
ފިޔައިގައްޔާއި
މުޅިގައިގައި
ފަޅައިފައި
ހުންނަ
އެއްޗެހި
(5)
މަޖާޒު:
ބޮލުގައި
ހުންނަ
އިސްތަށި
ބޮންތިރަތްކެޔޮ
ނ
ފަތްކޭލުގެ
ބާވަތެއް
މިބާވަތުގެ
ކެޔޮއަންނަ
ގަހުގެ
ބޮންތީގަޔާއި
ދަޅީގައި
ކުޑަ
ރަތްކަމެއް
ހުންނާނެއެވެ
ބޮކަރުގަސް
ނ
ފަތްތައް
ބޮނޑިބޮނޑިއަށް
ހުންނަ
ގަސްގަނޑުދިގު
ލަކުޑީގައި
މީރުވަސް
ދުވާ
ގަހެއް
މިއީ
ވަރަށް
އުމުރުދިގު
ގަހެކެވެ
މީގެ
ލަކުޑީން
އަތަރުހަދައެވެ
ބޮއިފަތާނޑާ
ނ
)ގ (
ކުނަލުގައި
ޖަހައިފައި
ހުންނަ
ބޮއިފަތް
ބޮއިފަތްޖެހިކުނާ
ނ
ހަތަރު
ކަނުގައި
ބޮއިފަތް
ޖަހައިފައި
ވިޔާ
ތުނޑު
ކުނާ
މިއީ
ކުނަލުގެ
ވަރަށް
މޮޅު
ބާވަތެކެވެ
ބޮއިގަސް
ނ
ގާތްގަނޑަކަށް
03
މީޓަރު
އުސްމިނަށް
ބޯކޮށް
ފެތުރިހެދޭ
ގަހެއް
މިގަހުގެ
ފަތްހުންނާނީ
ހިތެއްގެ
ސިފައިގައި
ކުޑަތަންކޮޅެއް
ފުލަށް
ދިގު
ކޮށެވެ
ފަތުގެ
ނާރުތައް
ފާޅުކޮށް
އެނގެން
ހުންނާނެއެވެ
މިގަހުގައި
އަޅަނީ
ދަނބުކުލައަކަށް
ދާއޮށެކެވެ
މިއޮށް
ނުކުންނަނީ
ފަތްވަޅުތަކުންނެވެ
ބޮޑައި
ނ
ކުރިކީލަ
މަހުގެ
ބާވަތެއް
މިއީ
މޫދުގެ
ތިލަ
ހިސާބުގައި
)ހުދުފަޅުމަތީ(
އުޅޭ
މަހެކެވެ
އާންމުކޮށް
މިމަސް
ތިބެނީ
ގާދަށުގައެވެ
މިމަސް
ދުވެ
ހަދަނީ
ފަސްގަނޑާއި
ވަރަށް
ކައިރިން
ނަގޫފަތްޖެހޭ
ހިސާބުންނެވެ
މަހުގެ
ކުލައަކީ
ކަޅު
އަޅި
ކުލައެވެ
ކުރިކީލަ
މަހަށްވުރެ
މިމަހުގެ
ބޯ
ބޮޑުވާނެއެވެ
ބޮޑުހޯގުޅާ
ނ
ކަނޑުމަތީ
ދޫންޏެއް
މިދޫނީގެ
ބޮޑުމިނަކީ
ގާތްގަނޑަކަށް
51
ވަރަކަށް
އިންޗިއެވެ
މުޅިދޫނީގެ
ކުލައަކީ
ކަޅުކުލައާއި
ގާތްކުރާ
ގަދަމުށިކުލައެވެ
ތުން
ހުންނަނީ
ކަޅު
އަޅިކުލައެއްގައެވެ
ފައިގެ
ކުލައާއި
ހަށިގަނޑުގެ
ކުލަ
އެއްގޮތްވާނެއެވެ
ދޫނީގެނިސްބަތުން
ތުންދިގުކޮށް
ގަދަފަދަކޮށް
ދައްކައެވެ
ފިނދުފަތް
ހުންނާނީ
ކުރިއަށް
ފޭހިފައި
ހުންނަގޮތަށެވެ
ބިސްއަޅާއުމުރުގެ
ދޫނީގެ
ފިޔައިގެ
ދަށްފަރާތާއި
އެކުބަނޑުދޮށް
ފަރާތް
ހުންނާނީ
ހުދުކުލައިގައެވެ
ބޮޑުބަޑި
ނ
ހަރުގައި
ނުވަތަ
އެހެންވެސް
ތަނެއްގައި
ބާއްވައިގެން
ގޮއްވާ
ކަންފަތްލީ
ބަޑި
ބޮޑުކަފަ
ނ
ކަފަގަހުގެ
ބާވަތެއް
މިގަހުގެ
ފަތް
ހުންނާނީ
ވަރުކަނދު
ގަހުގެ
ފަތްހެންނެވެ
މިއީ
ވަރަށް
ބިޔަކޮށް
ހެދޭ
ގަހެކެވެ
ބޮޑުކެޔޮ
ނ
ފަތްކޭލުގެ
ބާވަތެއް
މިއީ
ދިގުކޮށް
ސީދާކޮށް
ވައްތައް
ހުންނަ
ފޮނިރަހަ
މަޑުކޭލެކެވެ
ވަކުގެ
ތޮށިގަނޑު
ހުންނާނީ
އަރިއަރިއަށެވެ
ބޮޑުކޮތަރު
ނ
ފައިން
ފަތްފަޅައިފައި
ހުންނަ
ބޮޑެތި
ކޮތަރު
ބޮޑުކޮލި
ނ
ދަނޑުމަތީގައި
ހެދޭ
ވެލެއް
މިއީ
އަލަ
ނިރުގެ
ފަތްހެން
ފަތް
ހުންނަ
ވެލެކެވެ
ބޮޑުއާވިގަސް
ނ
ފަރުބަދަމަތީގައި
ހެދޭ
އަބަދަށްފެހި
ގަހެއް
މިގަހުގެ
އެކި
ބައިތައް
ބޭހަށް
ބޭނުން
ކުރެއެވެ
ގަހުގެ
ފަތް
ހުންނަނީ
ހިމަކޮށް
ތޫރިކޮށެވެ
ބޮޑުއިންނަފަތް
ނ
ދޯނި
ފަހަރުގައި
މަތީ
އިންނަފަތާ
އިއްސާ
ދޭތެރޭ
އޮންނަ
އިންނަފަތް
ބޮޑުމައްސާގު
ނ
މައްސާގުގެ
ބާވަތެއް
މިއީ
އެއްތަނޑަށް
ހެދޭ
ފަތްބޮޑެތި
ގަހެކެވެ
މީގެ
ފަތަކީ
ކެއުމަށް
ބޭނުން
ކުރާ
އެއްޗެކެވެ
ބޮޑުމަލާފަތް
ނ
ފާރުދޮށުކޭން
އަޅާމަލާފަތަށްވުރެ
ބޮޑެތި
މަލާފަތް
ބޮޑުފޮތިކެނޑުން
މ
(1)
ހިލާތަކެތި
ވަރުވެގެންއައިސް
ދޭފަތް
އުފުލާލީމާ
ފޮތިފޮއްޗަށް
ވެއްޓޭ
ވަރުވުން
(2)
އޮލަވުން
(3)
ހިލާތަކެތި
ކުނިނުވާ
ވަރުވުން
ބޮޑުދުންފަތް
ނ
(1)
ބޮޑެތިކޮށް
ހުންނަ
ދުންފަތް
(2)
ބޫޑުފަތް
ބޮޑުދުންދޭ ޒިޔާރަތް
ނ
ބޮޑުދުމާދާއިރު
ދުޢާވެރިކަން
ކިއަވަން
މަޑުކުރާ
ފަންސަވީސް
ޒިޔާރަތް،
އެއީ
(1)
އަބުލް
ބަރަކާތުލް
ބަރުބަރީ
ޒިޔާރަތް (2)
ސައްޔިދު
ރަސްގެފާނުގެ
ޒިޔާރަތް (3)
އައްސައްޔިދު
ސާމީ
އަލްމުރުތަޟާ
ޒިޔާރަތް (4)
އައްސުލްޠާނުލްޣާޒީ
މުޙައްމަދު
ޝަމްސުއްދީނު
ޒިޔާރަތް (5)
އިސްކަންދަރު
މަހާރަދުންގެ
ޒިޔާރަތް (6)
ޙަސަން
ޢިއްޒުއްދީނު
ރަދުންގެ
ޒިޔާރަތް (7)
މުޙުޔިއްދީނު
ރަދުންގެ
ޒިޔާރަތް (8)
މުޙައްމަދު
ޢިމާދުއްދީނު
ދިޔަމިގިލީ
ރަދުންގެ
ޒިޔާރަތް (9)
އިބުރާހިމު
ރަސްގެފާނުގެ
ޒިޔާރަތް (10)
ދަންނަ
މުޙައްމަދު
ރަސްގެފާނުގެ
ޒިޔާރަތް (11)
ދަރުމަވަންތަ
ރަސްގެފާނުގެ
މިސްކިތް (12)
ޙަބުޝީގެފާނުގެ
މަޤާމް (13)
ފަޤީހުމޫސާގެ
ޒިޔާރަތް (14)
ފަތާލީސީދީގެ
ޒިޔާރަތް (15)
ބޮޑުރަސްގެފާނު
ޒިޔާރަތް (16)
ޙާޖީ
އެދުރުކަލޭފާނުގެ
ޒިޔާރަތް (17)
އިބުރާހީމު
ރަސްގެފާނު
(އަލްހިލާލީ)
ގެ
ޒިޔާރަތް (18)
ފަޤީހުސުލައިމާނުގެ
ޒިޔާރަތް (19)
މާފަންނު
އާމިސްކިތްތެރޭ
ޒިޔާރަތް (20)
ޤާޟީ
ޢީސަލްޔަމަނީގެ
ޒިޔާރަތް (21)
ޢަލީ
ރަސްގެފާނުގެ
ޒިޔާރަތް (22)
ޢުމަރުމާފަތް
ކަލޭފާނުގެ
ޒިޔާރަތް (23)
ދޮނަކުޅީޝައިޚުކަލޭފާނުގެ
ޒިޔާރަތް (24)
ދޮންބުޅާފާށަނޢގެ
ޒިޔާރަތް (25)
ދެބޭރަނިންގެ
ޒިޔާރަތް
ބޮޑުތާހީދު
ނ
އެދުރު
ޢުމަރު
މާފަތް
ކަލޭގެފާނު
ހެއްދެވި
ތާހީދު
ރައިވަރުފޮތް
«
8
9
10
11
12
13
14
15
16
»