radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ރަތް
ނ
(1)
ވިއްސާރަ
ދުނީގެ
ކުލަތަކުގެ
ތެރެއިން
އެންމެ
ތިރިޔަށް
ހުންނަ
ކުލަ
(2)
ސާފުލޭގައި
ހުންނަ
ކުލަ
(3)
ބެރެބެދިމަލުގައި
ހުންނަ
ކުލަ
މިބަސް
ނަން
އިތުރަކަށްވެސް
ބޭނުންކުރެއެވެ
ކާބޮލިއަރޮޅި
ނ
ކަޅުރަތް
ކުލައިގައި
ހުންނަ
ބޭރު
އޮމާން
ބޮޑެތި
އަރޮޅި
ކިނބިހިނި
ނ
ހިނީގެ
ބާވަތެއް
މިއީ
ވަރަށް
ވަސްގަދަ
ކަޅުރަތްކުލައިގެ
ހިންޏެކެވެ
މިހިނި
ވަރަށް
ކުދިވާނެއެވެ
ކިރުޅިޔަބިބީ
ނ
ބިބީމަހުގެ
ބާވަތެއް
މި
މަސް
ފަރު
ފަޅުތަކުގެ
ބޭރުގެ
ފުންހިސާބުތަކުގައި
ދިރިއުޅެއެވެ
މަހުގެ
މައިގަނޑު
ކުލައަކީ
ރަތްރީނދޫ
ކުލައެވެ
ކިރުމަސްރިހަ
ނ
ރޯމަސް
ނުވަތަ
ތެތްވަޅޯމަހުގައި
ފެންކިރު
އަޅައިގެން
ކައްކާ
ރިހަޔެއް
މިއަށް
އަޅަނީ
ރޯމިރުހާ
ބިލިމަގެވެ
ދެން
މައްޗަށް
ރަތްކުރި
ފިޔާކޮޅަކާއި
ބޯކިރުފޮދެކެވެ
ކިފުޅިބޯ
ނ
އިސްތަށިދެރަކޮށް
ރަތްކޮށް
ހުންނަބޯ
ކިލާފަނި
ނ
ތެތްބިމުގެ
ތެރޭގައި
އުޅޭ
ހިމަ
ދިގު
ކިލާ
ރަތް
ފަންޏެއް
ކުނބުރު
ނ
(1)
ކަޅުރަތް
ކުލައިގެ
ފަތިކޮށް
ވައްކޮށް
ހުންނައޮށެއް.
މީގެ
މަދު
ބޭހަށް
ބޭނުންކުރެއެވެ.
މިއީ
ވެލެއްގައި
އަޅާ
އެއްޗެކެވެ.
މިވެލުގެ
ފަތް
ހުންނަނީ
ވަށްކޮށް
ގޮނިކޮށެވެ.
މިފަތް
ބޯވާނެއެވެ.
(2)
ސިފައިންނާ
މަގު
ހިނގާމީހުން
ފެން
އަޅައިގެން
ގެންގުޅޭ
ވަށްކޮށް
ފަތިކޮށް
ހުންނަ
ކަންވާރެއް
(3)
އިހުގައި
ބަޑިބޭސް
އަޅައިގެން
ކަރައިން
ގެންނަ
ކަންވާރެއް
(4)
ފެންއަޅަން
ގެންގުޅޭ
ކަޅުމުށީގެ
މުޑުކާ
ކުރަފި
ނ
ފައިދިގުކޮށް
ފަތިކޮށް
ހުންނަ
ކަޅުރަތްކުލައިގެ
އުދުހޭ
ދިރޭ
އެއްޗެއް.
މީ
ގޭތެރޭގައްޔާއި
ގުދަންގުދަން
ފަދަ
ތަންތާނގައި
އުޅޭ
އެއްޗެކެވެ
މީގެ
ކިތަންމެ
ބާވަތެއް
ހުރެއެވެ
ކުޅިގަނދު
ނ
ބޭރު
ރަތްކުލައެއްގައި
ހިމަކޮށް
ހުންނަ
މުލެއް
މިއީ
ބޭހަށް
ބޭނުންކުރާ
އެއްޗެކެވެ
ކުކުން
ނ
ކުޑަވަރެއްގެ
ގަހެއްގައި
އަޅާ
މީރުވަސް
ދުވާ
މަލެއްގެ
ކަރުގަނޑު.
މިހިއްކީމާ
ހުންނާނީ
ރަތް
ރީނދޫ
ކުލައެއްގައެވެ.
މިއީ
ކާއެއްޗިއްސަށް
ލާށާއި
ބޭހަށް
ބޭނުންކުރާ
އެއްޗެކެވެ
ކުދިރަތްމާ
ނ
ހަތަރު
ފިޔަޔަށް
ހުންނަ
މަޑުރަތް
ކުލައިގެ
ކުދިމަލެއް
މިއަޅާގަހުގެ
ތަނޑުގަނޑު
ހުންނާނީ
ހަތަރު
އަރިއެވެ
ކުދިލުނބޯ
ނ
ކަށިގިނަގަހެއްގައި
އަޅާވަކެއް
މިއީ
ގަހުގެ
ފަތްވަޅުން
ނުކުންނަ
ވަށްކޮށް
ހުންނަ
ކުޑަކުޑަ
ވަކެކެވެ.
ދޮންނުވާއިރު
ބޭރުތޮށިގަނޑު
ހުންނަނީ
ގަދަ
ފެހިކުލައިގައެވެ.
މިކަހަލަ
ގިތި
ކުދިލުނބޯ
ގެ
ދިޔަ
ތެރަހަށް
ބޭނުންކުރެއެވެ.
ކުދިލުނބޯ
ދޮންވުމުން
ހުންނަނީ
ގަދަ
ރަތްކުލައިގައެވެ.
މީގެ
ދިޔަފޮނިވާނެއެވެ.
ދޮން
ކުދިލުނބޯ
ކައިވެސް
އުޅެއެވެ.
މިގަހުގެ
ލަކުޑިޔަކީ
ކީލި
ހިމުން
އާރުލާ
ރީތި
އޮފެއް
ހުންނަ
ލަކުޑިއެކެވެ
ކުޑަހިތި
ނ
(1)
އިހުގައި
ރަސްކަމުގެ
ފަރާތުން
ރަސްމީގޮތުން
ފާހަގަކުރި
ދެދުވަހާއި
އެދެދުވަހުގެ
ރެއަށް
ކިޔާއުޅުނު
ނަމެއް.
ރަމަޟާންމަހުގެ
26
ވަނަ
ދުވަހަކީ
ހޭންވޭރު
ކުޑަހިތި
ދުވަހެވެ.
އެދުވަހުގެރެއަކީ
ހެންވޭރު
ކުޑަހިތިވިލޭރެއެވެ.
ހެންވޭރު
ކުޑަހިތިވިލޭރޭ
ރަދުން
ރަސްމީ
ޢިއްޒަތުގައި
ހިއްޗަށް
ވަޑައިގަންނަވާނީ
މެދުޒިޔާރަތްދޮށަށް
ޒިޔާރަތްކުރައްވައި
ފާތިޙާ
ވިދާޅުވާށެވެ.
ދެން
އަންނަނީ
މާފަންނު
ކުޑަހިތިދުވަހެވެ.
އެއީ
ރަމަޟާންމަހުގެ
28
ވަނަ
ދުވަހާއި
އެދުވަހުގެރޭ
29
ވިލޭރެއެވެ.
މިރޭ
ރަދުން
ރަސްމީ
ޢިއްޒަތުގައި
ހިއްޗަށް
ވަޑައިގަންނަވާނީ
ފަޤީހުސުލައިމާނުގެ
ޒިޔާރަތްދޮށަށް
ޒިޔާރަތްކުރައްވައި
ފާތިޙާ
ވިދާޅުވާށެވެ.
(2)
ކ
އަތޮޅުގެ
ފަޅުރަށެއް
ކޫރުފާނަ
ނ
ފާނައިގެ
ބާވަތެއް.
މިއީ
ފަރުފަޅުތަކުގެ
ބޭރުގައްޔާއި
ހާހަލާއި
ތިލަތިލައިގައި
އުޅޭމަހެކެވެ
މަހުގެ
ކުލައަކީ
މަޑު
މުށިކުލައެވެ
މަހުގެ
ބޭރުގައި
ގަދަރަތްކުލައަކަށްދާ
ތިކިތަކެއް
ހުރެއެވެ
މިތިކިތައް
މަހުގެ
ފަހަތުކޮޅުގައި
ހުންނަނީ
ކޫރެއް
ހެން
ގުޅިފައެވެ
ކެރެޓު
ނ
ބިމަށް
ފައިބާ
ތަރުކާރީގެ
ގޮނޑިއެއް
މީގެ
ކުލައަކީ
ރަތް
ރީނދޫކުލައެކެވެ
ކެލާ
ނ
(1)
ވަސްމީރު
ކީލިހިމުން
ލަކުޑިއެއް
މީގެ
ތިންބާވަތެއް
ހުރެއެވެ.
އެއީ
ހުވަނދުކެލާ
އަގަލިކެލާ
ރަތްބަބުރުކެލާ
މިއެވެ
(2)
ހއ
އަތޮޅުގެ
ރަށެއް
ކެޔޮފޮތި
ނ
ހާލުގެ
ބޮލުގައި
ތުނޑުތުނޑުލައިފައި
ރަތްކުލައިގައި
މަޑުކޮށް
ހުންނަ
ތަންކޮޅު
ކޮރޮފިރޮނޑޮ
ނ
)ޏ (
ރޮނޑުގެ
ބާވަތެއް
މިވައްތަރުގެ
ރޮނޑުގެ
ކަރުތާފަތްގަނޑުގެ
ތެރޭގައި
ކުރަތްޕެއް
ކަހަލަ
ކުދިކުދި
ދިރޭ
އެއްޗެހިތަކެއް
ހުރެއެވެ
ބާނާއިރު
ބައެއް
އެއްޗެހީގެ
ކަރުތާފަތްގަނޑުން
ބޭރުގައި
މަރުވެގެން
ތަތްވެފައިވެސް
ހުރެއެވެ
ކުލައަކީ
ކަޅުކުލައެވެ
ވައްތަރުވާނީ
ކަޅު
ރޮނޑާއެވެ
ކޮވެލި
ނ
ކާޅާ
ވައްތަރު
ދޫންޏެއް
މީގެ
ތުން
ކުރުވެފައި
ލޯރަތްވާނެއެވެ
މީތި
ބިސްއަޅާނީ
ކާޅު
ހާއްޔަށެވެ
މީގެ
ފިރިހެން
އެއްޗެހި
ތިބޭނީ
ކަޅުކޮންނެވެ
އަންހެން
އެއްޗެހި
ތިބޭނީ
ހުދު
ތިއްތިއްޖަހާފައެވެ
ކޮވެލިފާނަ
ނ
(1)
ފާނައިގެ
ބާވަތެއް
މިއީ
ފަރުފަރުގެ
މުރަކަތަކުގެ
ނިވަލުގައި
އުޅޭ
މަހެކެވެ
މަހުގައި
ހުންނަނީ
ދިއްލިފައި
ހުންނަ
ރަތްނާރިނގު
ކުލައެވެ
ބޮލުން
ފެށިގެން
މުޅި
މަހުގައި
ނޫކުލައިގެ
ކުދިކުދި
ތިކިތަކެއް
ހުރެއެވެ
ކަންފަތުގެ
ފަހަތުކޮޅު
ހުންނަނީ
ރީނދޫ
ކުލައެއްގައެވެ
(2)
ބުޅަލަފާނަ
«
8
9
10
11
12
13
14
15
16
»