radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ހާ
ނ
(1)
ކުކުޅުގެ
ފިރިހެން
އެތި.
(2)
އަތޮޅެއްގެ
އެތެރެވަރީގައި
ވަށައިގެން
ތިލަ
ކައިރިފަށެއް
އޮތުމާއެކު
އެތެރެ
ފުންކޮށް
ހުންނަ
ތަންތަން.
މިސާލު:
އެދޯނި
މިއަދު
އެން
އެޅީ
ވަރަށް
ދުރުގައި
އޮތް
ހަލަކުންނެވެ.
(3)
ބައެއް
އެއްޗެހީގެ
އެތިއެތިކޮޅު.
މިސާލު:
އުޑުމަތީގައި
ހާވިލާ
ވަރަށްގިނައެވެ.
)ށ(
ތިޔަ
ހާމަސްކޮޅު
ގެންނާށެވެ.
)ނ(
ހާރަން.
(4)
ލައްޕާފައި
ހުންނަ
ބައެއްތަކެތި
ހުޅުވައިލުން.
މިސާލު:
ފޮށީގެ
މަތި
ހާކޮށްފި
އެވެ.
(5)
ފޭ.
މިސާލު:
ދޮރުފަތުގެ
ހިންމި
މިހިރީ
ހާވެފައެވެ.
(6)
އެއްޗެއްގެ
ފޭރާން
ދެރަކަމުން
ނުވަތަ
އެއްޗެއްގައި
ހުންނަ
ބާކޮޅަކުން
ނުވަތަ
އެއްޗެއްގެ
ހިންމި
ދުރުވެގެން
އެއްފަރާތުން
އަނެއްފަރާތް
ފެންނަފެނުން
މިސާލު:
މިތަނުން
އަދިވެސް
އެބަ
ހާއަޅައެވެ
މިބަހުގެ
4 5
މިދެނަންބަރުގައިވާ
ހާ
އިން
ކޮންމެވެސް
އެއްޗަކާ
ގުޅުވައިގެން
މެނުވީ
މާނައެއް
ދޭހައެއް
ނުވެއެވެ
މިސާލު:
ހާވުން
ހާކުރުން
ތާނިޔާ
ނ
ދީނަށް
ނަސްރުދެއްވައި
ވެރިންނާއި
ރައްޔިތުން
އެންމެހާ
ނުރައްކާތެރި
ކަންތައްތަކުން
ސަލާމަތް
ކުރެއްވުން
އެދި
ކުރާދުޢާއެއް
ތާން
ނ
(1)
ސާގާއި
ގޮދަންފުށްފަދަ
ތަކެތީގައި
ދިޔާކޮށް
ކައްކާއެއްޗެއް
މިއީ
ފޭރާން
ހަރުކޮށް
ބެހެއްޓުމަށް
ޖަހާއެއްޗެކެވެ
(2)
އެއްކޮށް
އޮންނަ
ހަތަރު
މުންޑު
(3)
އެއްކޮށް
އޮންނަ
ދެލިބާސް
ތާންނުދޮންނަބާފޮތި
ނ
މަޖާޒު:
މީހަކާނީނދެހުރެ
މުސްކުޅިވެފައިވާ
މީހާ
ތާރީޚު
ނ
(1)
ސަނަތު.
(2)
ކަމެއްހިނގި
ނުވަތަ
އެއްޗެއް
އުފެދުނު
ދުވަސް.
(3)
ރަސްރަސްކަލުންނާއި
މަޝްހޫރު
މީހުންގެ
ނަސަބާއި
ވާހަކަތަކާއި
އެމީސްމީހުން
އުފަންވި
ދުވަހާއި
މަރުވިދުވަސްވަރާ
ބެހޭ
މަޢުލޫމާތު.
(4)
ތާރީޚް
ޢިލްމު
(5)
ކަމެއް
ހިނގަމުން
އައިގޮތް
ލިޔެފައިވާ
ލިޔުން
ނުވަތަ
ކިޔައިދީފައިވާ
ކިޔައިދިނުން
ތާރީޚުޖެހުން
މ
ކަމެއް
ހިނގި
ދުވަސް
ފާހަގަ
ކުރުމަށް
އަހަރާއި
މަހާއި
ދުވަސް
ލިއުން
ތާރު
ނ
(1)
ކަޅުމުށިކުލައިގެ
ނުވަތަ
ކަޅުކުލައިގައިހުންނަ
ބޮލާކީންޏަށްވުރެ
އޮލަ
އެއްޗެއް
މިއީ
ހޫނުވީމާ
ދިޔާވާ
ފިނިވީމާ
ހިކޭ
އެއްޗެކެވެ
މީގައިގަދަ
ޒަވިވަހެއްހުރެއެވެ
މިތައްޔާރުކުރަނީ
ބޯޓް
ދެއްޔާއި
އެކިކަހަލަ
ލަކުޑިއަންދައި
ގެންނެވެ
(2)
ސާފުނުކުރާ
ތެލުން
އެކިބާވަތުގެ
ތެލަށް
ބޭނުންވާ
ހުރިހާ
ބާވަތްތަކެއް
ނެގީމާ
ހުންނަބައި
ތާރުއް
ނ
ރުކުގެ
ބާވަތެއް.
މިވައްތަރުގެ
ރުއްހުންނާނީ
ދިވެހިރުއްހާ
ފަލަކޮށް
ސީދާތެދަށް
ހެދިފައެވެ
ފަންވައްތަރުވާނީ
ފެންފޯއްރުކުފަނާއެވެ
ތާވަލު
ނ
(1)
މަތިންދާބޯޓުފަދަ
އުޅަނދުފަހަރު
ފުރާގަޑިއާއި
އަންނަގަޑި
އެނގޭގޮތަށް
ތައްޔާރުކޮށްފައިވާ
އެއްޗެއް
(2)
ކިޔަވާ
ކުދިން
ހަފުތާގެ
ތެރޭގައި
ކިޔަވަންޖެހޭ
ގަޑިތަކާއި
އެގަޑިތަކުގައި
ކިޔަވަންޖެހޭ
މާއްދާތައް
އެނގޭގޮތަށް
ތައްޔާރުކޮށްފައިވާ
އެއްޗެއް
(3)
ކަމެއް
ކުރުމަށް
ދުވަސްތަކުގެ
މައްޗަށް
ބަހާލައި
އެދުވަސް
ދުވަހު
ކުރާނެ
ކަންތައްތައް
ކަނޑައަޅައި
އެނގޭ
ގޮތަށް
ތައްޔާރުކޮށްފައިވާ
އެއްޗެއް
(4)
ހޫލަ
ތާފަތް
ނ
(1)
މަސްމަހާމެހީގެ
ބޮލުގެ
ދެފަރާތުގައި
ހުންނަފަތްގަނޑު
މިއީފެނުގެތެރެއިން
ބޭނުންވާ
އޮކްސިޖަން
ލިބިގަތުމަށް
ޙަރަކާތްކުރާއެއްޗެވެ
(2)
ރުއްރުކުގައި
ގަންނައެއްޗެހީގެ
ތަނޑު
އެއެއްޗަކާގުޅިފައިވާބައި
ތާސީރު
ނ
އެއްޗެއްގައި
ހުންނަގޮތް
އާއްމުކޮށް
މިބަސް
ބޭނުންކުރަނީ
ކާބޯތަކެއްޗާއި
ބޭސްބޭހާއި
ފަތްޕިލާވެލިފަދަ
ތަކެއްޗާ
ބެހޭގޮތުންނެވެ
ތާޖު
ރަސްރަސްކަލުންގެ
ނުވަތަ
ރަނިރަނިކަބަލުން
ތަޚުތަށް
އިސްކުރުމާއި
ގުޅިގެން
އަޅުވާ
ޚާއްޞަ
ތާކިހާކޮޅު
ތިނަރު
ނ
ފާލީހާއި
ދަވާދު
ފަދަތަކެތި
ދިޔާކުރަން
އަޅާ
ދިޔާއެއްޗެއް
ތިނޯސްވަޅު
ނ
ފަހާއިރު
ތިނޯސް
ހެރިފައިހުންނަތަން
ތިނޯސްދޫނި
ނ
ތިނޯހާވައްތަރުގޮތަކަށް
ދޫނީގެ
ހަށިގަނޑުހުންނަ
ވަރަށްކުޑަ
ހިމަދޫންޏެއް
ތިންބަލު
ނ
އަތުން
ފަހާއިރު
އިނގިލީގެ
ކޮޅަށް
ލައްވާދޯރި
މިއީ
ތިނޯސްކޮއްޕަން
ފަސޭހަ
ކުރުމަށް
ލައްވާ
އެއްޗެކެވެ
ތިންމަހުރޯދަ
ނ
ރަޖަބުމަހާއި
ޝަޢުބާންމަހު
ހިފުން
ސުންނަތްވެގެންވާ
ރޯދަ.
މިރޯދައަށް
ތިންމަހު
ރޯދަކިޔަނީ
ރަމަޟާންމަހާއި
ގުޅިގެން
ކުރިޔަށް
މިދެމަސް
ވިދިގެން
އަންނާތީއެވެ
ތިންމަހުރޯދަހިފުން
މ
ރަޖަބުމަހާއި
ޝަޢުބާންމަހު
ގިނައިން
ރޯދަހިފުން
ތިންމީހުންކުޅި
ނ
ކުޅިޖަހާއިރު
ތިންމީހުން
ވެގެން
ޖަހާކުޅިއެއް
ތިންމުގޯލި
ނ
ވަކިދުރުމިނެއްގައި
ތިންމުގޯލި
އަޅައިގެން
ފިލާގަނޑަކާއި
ޓެނިސް
ބޯޅައަކުން
ކުޅޭ
ކުޅިވަރެއް.
މިކުޅިވަރު
ކުޅޭއިރު
ބައެއްގައިތިބޭ
މީހުންގެ
ވަކިޢަދަދެއް
ކަނޑައެޅިފައެއްނޯވެއެވެ.
ކުޅޭގޮތަކީ
ބޯޅައެއްލީމާ
ފިލާގަނޑުންޖަހައި
ބޯޅަދުއްވައިލުމާއެކު
އަރާ
މުގޯއްޔަށް
ނުވަތަ
ކޮޅުމުގޯއްޔަށް
ދުވެއަންނަނީއެވެ.
މިގޮތަށް
ދުވަނިކޮށް
މުގޯއްޔަށް
ނޭރެނީސް
ކުޅުންތެރިޔާގައިގައި
ނުވަތަ
އަރަންދާ
މުގޯލިތެރޭގައި
ބޯޅައިން
ޖަހައިފިނަމަ
ކުޅުންތެރިޔާ
ނުބައިވީއެވެ.
ކުޅުންތެރިޔާ
ޖަހާބޯޅަ
ހިފައިފިނަމަ
މުޅިބައި
ނުބައިވީއެވެ
ތިންފުޅީބެރު
ނ
(1)
އިހުގައި
ހުކުރު
ދުވަހު
ނުވައެއްޖެހީމާ
ނާބުސްޚާނުންޖަހާ
ބެރެއް
މިބެރުޖަހާނީ
ދުންމާރިއާއި
ތާޅަފިލި
ފުމެމުންނެވެ
(2)
ހަތްފިޔަވަޅުބެރު
«
115
116
117
118
119
120
121
122
123
»