radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ހާ
ނ
(1)
ކުކުޅުގެ
ފިރިހެން
އެތި.
(2)
އަތޮޅެއްގެ
އެތެރެވަރީގައި
ވަށައިގެން
ތިލަ
ކައިރިފަށެއް
އޮތުމާއެކު
އެތެރެ
ފުންކޮށް
ހުންނަ
ތަންތަން.
މިސާލު:
އެދޯނި
މިއަދު
އެން
އެޅީ
ވަރަށް
ދުރުގައި
އޮތް
ހަލަކުންނެވެ.
(3)
ބައެއް
އެއްޗެހީގެ
އެތިއެތިކޮޅު.
މިސާލު:
އުޑުމަތީގައި
ހާވިލާ
ވަރަށްގިނައެވެ.
)ށ(
ތިޔަ
ހާމަސްކޮޅު
ގެންނާށެވެ.
)ނ(
ހާރަން.
(4)
ލައްޕާފައި
ހުންނަ
ބައެއްތަކެތި
ހުޅުވައިލުން.
މިސާލު:
ފޮށީގެ
މަތި
ހާކޮށްފި
އެވެ.
(5)
ފޭ.
މިސާލު:
ދޮރުފަތުގެ
ހިންމި
މިހިރީ
ހާވެފައެވެ.
(6)
އެއްޗެއްގެ
ފޭރާން
ދެރަކަމުން
ނުވަތަ
އެއްޗެއްގައި
ހުންނަ
ބާކޮޅަކުން
ނުވަތަ
އެއްޗެއްގެ
ހިންމި
ދުރުވެގެން
އެއްފަރާތުން
އަނެއްފަރާތް
ފެންނަފެނުން
މިސާލު:
މިތަނުން
އަދިވެސް
އެބަ
ހާއަޅައެވެ
މިބަހުގެ
4 5
މިދެނަންބަރުގައިވާ
ހާ
އިން
ކޮންމެވެސް
އެއްޗަކާ
ގުޅުވައިގެން
މެނުވީ
މާނައެއް
ދޭހައެއް
ނުވެއެވެ
މިސާލު:
ހާވުން
ހާކުރުން
ދޮރުމޮހި
ނ
އިހުގައި
ޖަހައިއުޅުނު
ބެރެއް
މިއީ
ހުކުރުވިލޭރޭ
ފަތިސް
ނަމާދުގެ
ބަންގިޔަށްފަހު
ތާޅަފިއްޔާ
ގޮސްފައި
އައިސް
ގަނޑުވަރު
ތެރެއަށް
ވަނީމާ
ނާބުސްޚާނުން
ޖަހާބެރެކެވެ
ދޮގުވެރިޔާ
ނ
ދޮގު
ހަދާމީހާ
ދޯހަޅިކަން
ނއނ
(1)
ފޭރާންދެރަކަން
(2)
ފެންވަރު
ދެރަކަން
(3)
މަޖާޒު:
މީހާގެ
ހަރުދަނާކަން
ކުޑަކަން
ދޯނގި
ނ
(1)
ފައިގެ
މާކަޅުވާމަހާ
ކުޑަކަޅުވާމަހާ
ދެމެދުން
ކަކުލުހުޅުގެ
ދަށުފަރާތް
(2)
)ސ (
ދޯގި
ދޯނިކޮޅު
ނ
(1)
އިހުގައި
ސަރުކާރުގެ
އެކިއެކި
ކަންކަމުގައި
ތަންތަނަށް
ދާން
ބަނދެފައި
ހުންނަ
ފަލިޖަހާދޯނި
މިދޯނީގައި
ހުންނާނީ
ރިއްސެއުފަށް
ދަމައިފައެވެ
(2)
ދޯންޏަށް
އެންމެ
މާތްކޮށް
ކިޔާގޮތް
ދޯއްޔަށްދިއުން
މ
(1)
އޮޑިފަހަރާއި
ބައްތެލިފަހަރުގައި
ހުންނަ
ދޯއްޔަށް
ފައިބައި
ހާޖިތަށް
ދިއުން
މަޖާޒު:
(2)
ހާޖިތަށް
ދިއުން
(3)
ގިފިއްޔަށް
ދިއުން
(4)
އަތިރިއަށް
ދިއުން
ދޯލިބޯލިކުރުން
މ
ދޯއްޔަށްގޮސް
ހާޖަތްކޮށް
ތާހިރުވުން
ތަނޑި
ނ
(1)
އަތުގައި
އަޅަން
ބޭނުންކުރާ
ގަހަނާއެއް
މިއީ
ހިމަކޮށް
ވަށްކޮށް
ހުންނައެއްޗެކެވެ
(2)
ގަހަނާގެ
އެކަތި
އަނެކައްޗާ
ގުޅުވަން
ނުވަތަ
އޭތި
އެހެން
އެއްޗަކާ
ގުޅުވަން
އިތުރުކުރާ
ބޮޅެއްހެން
ހުންނަ
ތަންކޮޅު
(3)
ގަސްގަހާގެހީގެފަތް
ނުވަތަ
އޭގައި
އަޅާތަކެތި
ގަހުގައި
ހަރުލުމަށް
ހުންނަބައި
(4)
ނަގިއްޔާއި
ލޮތާރީގެ
މައިދަގަނޑު
(5)
ބައިސްކަލުގެ
ފިޔަވަޅު
ހަރުކުރާތަން
ތަނުއެޅިކުނަލެއްހެން
މަޖާޒު:
(1)
މީހަކު
ބަލިހާލު
ބޮޑުވެގެން
މާގިނަ
ދުވަހު
ތަންމަތީގައި
އޮވެ
ހިކި
އަނަރޫފަވުމުން
ބުނެއުޅޭ
ބަހެއް
(2)
ގެއަކަށްވަދެ
ގަދަކޮށްގެން
އަބަދުހެން
އެގެއެއްގައި
އުޅެން
ފެށުމުން
ބުނެއުޅޭ
ބަހެއް (3)
ޖިންސީ
ގުޅުން
ހިންގާއިރު
އަންހެނަކު
ހިސާބަށްވުރެ
ލޮނު
މަޑުވުން
ބުނެއުޅޭ
ބަހެއް
ތަންބީރިއެރުން
މ
)ޏ (
ދެބަންދިހާރު
ވެފައިހުރުން
ތަންބީރު
ނއ
)ޏ (
ދެބަންދިހާރު
ތަންމަތިބަނުން
މ
(1)
ދަތުރަށްދާމީހާގެ
ތަންމަތި
އޮޅައިލައި
އައްސައިލުން
(2)
މަޖާޒު:
އުޅޭ
ތަންނޫން
އެހެން
ތަނަކަށް
ދާން
ތައްޔާރުވުން
ތަންމަތިބޮނޑި
ނ
ނިދަން
ބޭނުންކުރާ
ބާލީހާއި
ކުނާފަދަ
ތަކެތި
އެއްކޮށް
އޮޅައި
ބަނދެފައިވާ
ބޮނޑި
ތަންމަތިއެޅުން
މ
(1)
އެނދުގެ
ކުނަލާއި
ކަންނޭލާއި
ބާލީސްތައް
ރީތިކޮށް
ހަމަޖެއްސުން
ނުވަތަ
ގޮދަޑިއާއި
ބާލީސްތައް
ރީތިކޮށް
ފަލަނގު
ފޭލިއެޅުން
(2)
ތަންމައްޗަށް
ހިމެނޭ
ހުރިހާއެއްޗެއް
ތަރުތީބުކުރުން
(3)
ތަންމަތިފެތުރުން
ތަންމުޑުކާ
ނ
މަޖާޒު:
)ޏ (
ގައިންތާހިރުނުވެ
ހުންނަމީހާ
ތަންފާރު
ނ
ބަލިމީހަކު
އެއްތަނެއްގައި
އަބަދު
އެއްފަރާތަކަށް
ނުވަތަ
އެއްގޮތަކަށް
އޮތުމުގެ
ސަބަބުން
އެމީހާ
ގައިގައި
އުފެދޭފާރު
ތަންދޮރުކުޑަވުން
މ
(1)
ހާސްވެފިކުރު
ބޮޑުވެގެން
އުޅުން
(2)
ހަމަހޭނެތޭވަރުވުން
(3)
ހޭބުއްދިކުޑަވުން
ތަރަފާލު
ނ
(1)
ހާމަތަންތަނުގައި
ހުންނަ
އެއްޗެހިނިވާ
ކުރުމަށް
ފެންނުފޭދޭ
ގޮތަށް
ބޯފޮއްޗަކުން
ހަދައިފައި
ހުންނައެއްޗެއް
(2)
ތަޅުމުގައި
އެޅުމަށްޓަކައި
އެކިޑިޒައިނުގެ
ކުރެހުން
އަޅައިގެން
ހަދައިފައި
ހުންނައެއްޗެއް
މިއީލިނޮކްސިން
ކިޔާ
އެއްޗަކުން
ހަދައިފައި
ހުންނަފެންނުފޭދޭ
ކަހަލައެއްޗެކެވެ
މިހުންނަނީ
ފަތުރާލެވޭގޮތަށް
ރޯލުރޯލަށެވެ
(3)
ރަބަރުފޮތި
ތަރި
ނ
(1)
ޖައްވުގައިވާ
އެތިކޮޅުތައް
އެއްވެގެން
އުފެދިފައިވާ
ބޮޑުއެއްޗެއް
މީގައި
އަމިއްލަޔަށް
ދިއްލޭފަދަ
ގޭސްތަކެއް
އެކުލެވިފައިވެއެވެ
މީގެބައެއް
އެއްޗެހި
ދުނިޔެއަށްވުރެ
ބޮޑެއްޗެވެ
އަނެއްބައި
އެއްޗެހި
ދުނިޔެ
ދަތުރުކުރާ
ބުރަށްވުރެވެސް
ބޮޑެއްޗެވެ
މީގެސިފައަކީ
ޢާއްމުކޮށް
ވަށް
ބޯޅައެއްގެ
ސިފައެވެ
މިއީ
ރޭގަނޑު
އުޑުން
ފިޔަޖަހައި
އަލިކަން
ފޯރުވާ
އެއްޗެކެވެ
(2)
ފަސްފިޔަ
ނުވަތަ
ހަފިޔަހުންނަގޮތަށް
ހަދައިފައިވާ
ނުވަތަ
ކުރަހައިފައި
ހުންނަ
އެއްޗެއް
(3)
އިއްޒަތުގެ
ނިޝާނެއްގެ
ގޮތުން
ކޮނޑަށް
ނުވަތަ
މޭ
މައްޗަށް
އަރާ
ނިޝާނެއް
މަޖާޒު:
(4)
ކަމަކުން
މަޝްހޫރުވެފައިވާ
މީހާ
(5)
ތަމްސީލުގައި
ނުވަތަ
ފިލްމުގައި
މައިގަނޑު
ބައިތައް
ކުޅޭމީހުން
ތަރިކަ
ނ
(1)
މަރުވެފައިވާ
މީހާގެ
މުދާ
(2)
ކާބަފައިން
ދޫކޮށްފައިވާ
ތަކެތި
«
112
113
114
115
116
117
118
119
120
»