radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ބޭ
ނ
(1)
ދުވަސްވެ
މުސްކުޅިވެފައިވާ
ފިރިހެނާ.
(2)
ބޭބެ
ކިޔާ
މީހުންނަށް
ކިޔައި
އުޅޭގޮތެއް.
މިސާލު:
ދޮންބޭ
ކުޑަބޭ
ކަތީބުބޭ
ފުށުންޖެހުން
މ
(1)
އެއްޗެއް
މައްޗަށް
އޮތް
ފަރާތް
ދަށަށް
ވާނެހެން
ހެދުން.
(2)
އެއްޗެއްގެ
އެތެރެއަށް
އޮތްފުށް
ބޭރަށް
ބަދަލުކޮށްލުން.
(3)
މަޖާޒު:
ކަމެއް
ރާވައިފައި
އޮތްގޮތުގެ
އިދިކޮޅަށް
ބަދަލުކުރުން.
(4)
ބަހެއް
ނުވަތަ
ވާހަކައެއް
ދިމާ
އިދިކޮޅަށް
ބުނުން
ފުށޮޅު
ނ
އަތޮޅުތަކުގެ
ބޭރު
ދުނީގެ
ރަށްރަށުގެ
ފުއްޓަރު
ފަރާތުގެ
ކަނޑު
ފުށްބުރު
ނ
ހުންގާނާއި
މައްޔަލުގެ
ބޭރުބުރު
ފުށްބޭރު
ނ
މައްޔަލުގެ
ބޭރު
ބައްޓަން
ފުށްގަހުގުރާ
ނ
(1)
ޑިންޑިން
ކޮވެލި
ފާޑަށް
އިންނަ
އެއަށްވުރެ
ކުޑަ
އެއްގަމު
ދޫންޏެއް
(2)
މަޖާޒު:
މާގިނައިން
ފުށްޖަހައިފައި
ތިބޭ
މީހުންނަށް
މަލާމާތުގެ
ގޮތުން
ބުނެއުޅޭ
ބަހެއް
މިސާލު:
ހީވަނީ
ފުށްގަހު
ގުރައެއް
ހެންނެވެ
(3)
ސަމައްތަރު
ހެޔޮ
ޗާލު
އަންހެން
ކުއްޖެއްގެ
ރީތިކަން
ބަޔާން
ކުރުމަށް
ބޭނުންކުރާ
ބަހެއް
ފުށްޖެހިމަސް
ނ
ތެލުލިމަހުގެ
ބާވަތެއް
މިމަސް
ތެލުލާނީ
ބޭރުގައި
ގޮދަން
ފުށް
ނުވަތަ
ފާރޮށި
ކުނޑިލައިފައެވެ
ފުނޑުން
މ
އެއްޗެއް
ދައިމައްޗަށް
އަޅައި
ފެން
ނުވަތަ
އެނޫންވެސް
ބޭނުންވާ
ދިޔާ
އެއްޗެއް
ޖަހައި
ފޮއި
ހިންގައިގެން
ހިމުން
ކުރުން
ފުނޑުވުން
މ
(1)
ވަޅޯމަސްގަނޑެއް
ފަދަ
އެއްޗެއް
އަތުން
ވަކިވަކި
އެތިކޮޅުތަކަކަށް
ހަދައިލުން
(2)
"ފުނޑުން"
މިބަސް
މީހަކުލައްވައި
ކުރުވުމުގެ
މާނައިގައި
ބޭނުންކުރުން
(3)
ހަރުއެއްޗެއް
އަތުން
ކުދިކުދިކޮށް
ވަކިވަކި
ކުރުން
ފުނަ
ނ
(1)
މީރުވަހެއްދުވާ
ހުދުމަލެއް
އަޅާ
ބިޔަކޮށް
ހެދޭ
ލަކުޑި
މޮޅުގަހެއް.
(2)
ފުނަގަހުގައި
އަޅާ
އޮށް.
(3)
ރާގުގެ
ހަމައިގެ
އިތުރަށް
ލެވޭ
ދަނޑިވަޅެއް.
(4)
ބަސް
ބުނާއިރު
މާނަ
ބަދަލުވާގޮތަށް
ވައްދާ
އިތުރު
ބަސް
ނުވަތަ
އަކުރު.
މިސާލު:
ލަވަ
ފައްލަވަ
ކާރު
ބޭކާރު
ފުނަނުޖަހާބެރަކަށްނެށުން
މ
)މިސާލުބަހެއް(
(1)
ފޯރިއެއްނެތް
ކަމެއްގައިއުޅުން
(2)
އެއްޗެއް
ނުލިބޭ
ކަމެއްގައި
ބައިވެރިވުން
ފުނަވާރު
ނ
ވާރުނެގި
ޒަމާނުގައި
ވިލިވިލީން
ދޭވަރު.
މިވާރަށްނަގާ
ތަކެތީގެ
ތެރޭގައި
ރަށް
މާލޫދަށާއި
ކަފުއޮޑީގެ
ސާމާނަށް
ބޭނުންވާ
ތަކެތި
ހިމެނެއެވެ
ފުނާ
ނ
ބޮލުގެ
އިސްތަށިގަނޑު
އޮމާންކުރުމަށް
ބޭނުންކުރޭ
ދަތްބަރިއެއްލައިފައި
ހުންނަ
އެއްޗެއް.
މިހަދައިފައި
ހުންނަނީ
ކަހަނބުފަތް
ޕްލާސްޓިކް
ފަދަ
އެއްޗެހިންނެވެ
ފުރަމެންދަން
ނ
(1)
އެންމެން
ނިފައި
ފައިހިލަވަޅު
އޮބޭ
ވަގުތު
(2)
މެންދަމުން
އަލިވެ
ދޭކާ
ތިނަކާ
ދެމެދު
(3)
މެންދަންކަން
ގަދަކުރަން
ބުނާ
ބަހެއް
(4)
އަށްފުޅި
ނުވަފުޅި
ދަން
ފުރަމޭ
ނ
ލޭމަދުވެ
ފޮއްސިވާ
ބައްޔަކަށް
ދިވެހި
ބޭސްވެރިން
ކިޔާނަމެއް.
މިބަލި
ޖެހުމުން
ލޯ
ރީނދޫވެ
ބަނޑުފުފި
ފޮއްސިވާނެއެވެ
ފުރަދާނަ
ނ
އިހުގައި
ވަޒީރުންގެ
ދަރަޖައިގައި
ތިއްބަވާ
ބޭކަލުން
ފުރަގަސްފަރާތްފޭބުން
މ
(1)
ވަޔަކުން
ނުވަތަ
ބަނޑުހިކިގެން
ލިބޭ
ހާނީއްކައަކުން
ފުރަގަސް
ފަރާތުން
ނަޖިސް
ނިކުންނަ
ހޮޅީގެ
ކޮޅުބޭރަށް
ނުކުތުން
(2)
ބުރި
ފޭބުން
ފުރާޅުދުނބުރި
މ
ފުރާޅުގަތަން
ބޭނުންކުރާ
ދުނބުރި
ދަނޑި
ފުރާގިމަތަ
ދަތުރުވެރިން
ދަތުރަށް
އެރުމުގެ
ކަންތައް
ހަމަޖެއްސުމަށް
ބޭނުންކުރާ
ގިމަތަ
ފުރުވާލުން
މ (1)
ދަތުރު
އެރެހެއްޓުން (2)
ތަނަކަށް
ދިއުމަށް
ދަތުރު
ކުރަން
ބޭނުންވާމީހާ
އެތަނަކަށް
ދެވޭނެމަގު
ތަނަސްކޮށްދީ
ދަތުރަށް
ފަށްޓުވައި
ދިނުން (3)
ތަނަކަށް
ދަތުރު
ކުރަން
އުޅޭ
އުޅަނދުގެ
ދަތުރަށް
ބޭނުންވާ
ހުރިހާކަމެއް
ހަމަޖައްސުވައިދީ
ދަތުރު
ފައްޓުވައި
ދިނުން (4)
ބޮނބި
އޮޑިއާއި
ކަނދުދޯންޏާއި
ބޮނބިގަނޑެއް
ފަދައެއްޗެއް
ދަތުރު
ކޮށް
ފައިދާން
ދޫކޮށްލުން (5)
ބައްސާލުން
މިބަހުގެ
1
ވަނަ
މާނަ
ބަލާ!
ފުރުވުން
މ
"ފުރުން"
މިބަސް
ކުރުވުމުގެ
މާނައިގައި
ބޭނުންކުރާގޮތް
«
107
108
109
110
111
112
113
114
115
»