radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ގަނޑު
ނ
(1)
އެއްޗެއް
ދެރަކޮށްލުމުގެ
ގޮތުން
ބުނާބަހެއް.
މިސާލު:
މުންޑުގަނޑު.
(2)
މުޅި
އެތިކަން
އެންގުމަށް
ބުނާ
ބަހެއް.
މިސާލު:
ކެޔޮގަނޑު.
(3)
އަންހެނުންނާއި
ޅަދަރިންނަށް
ލޯބިން
ވަކިނަމަކާ
ގުޅުވައިގެން
ކިޔާ
ނަމެއް.
މިސާލު:
)ހ(
ލޯބިގަނޑު.
)ށ(
ކުއްޖާގަނޑު.
(4)
ހަށިގަނޑުގެ
ލޭ
ނުބައިވުމުގެ
ސަބަބުން
ދުޅަވާ
މުލިހި
ފާޑުގެ
ތަނެއް.
މިސާލު:
އޭނާގެ
އުކުޅުވަޅުގައި
ގަނޑެއް
ނަގައިފިއެވެ.
(5)
ލަކުޑިން
ހަދައިފައިވާ
އެއްޗެއް
މަރާމާތު
ކުރުމަށާއި
އަދި
މިނޫންވެސް
ގޮތަކުން
ލަކުޑިގަނޑަކަށް
ގުޅާލާ
ލަކުޑީގެ
ބައި.
(6)
ވަކި
ސަރަހައްދެއް
ކަނޑަ
އެޅުމުގެ
ގޮތުން
ބުނާ
ބަހެއް.
މިސާލު:
ތަންގަނޑު
މީހުން.
(7)
އެއްޗެއްގެ
ބައެއްކަން
ދޭހަކޮށްދިނުމަށް
ބުނާ
ބަހެއް.
މިސާލު:
މަސްގަނޑު.
(8)
ތަގަރި.
(9)
ފިނިވެގެން
ގޮސް
ވާހަރު.
)01(
ގަނޑުފިއްލާ
ކުޅޭއިރު
ފިލުވައި
ނިވާކޮށްފައި
އޮންނަމީހާ
(11)
ބައެއް
ކުޅިވަރު
ކުޅުމަށް
ބުނެއުޅޭ
ބަހެއް
މިސާލު:
)ހ(
ރާޒުވާ
ގަނޑެއް
ޖަހައިލުން
)ށ(
ތާސްގަނޑެއް
ޖަހައިލުން
(21)
ކަރުދާސްއަރި
މިސާލު:
ކަރުދާސްގަނޑު
ގަނޑުރަން
ނ
(1)
އެތިކޮޅުކޮޅަށް
ނުވަތަ
އެތިގަނޑު
ގަނޑަށް
ހުންނަ
ރަން
(2)
ރަންގަނޑު
ގަނޑުރަބަރު
ނ
އެއްކޮށް
ހުންނަ
ބޮޑެތި
ރަބަރު
ގަނޑުގަނޑު
ގަނޑުރިހި
ނ
އެތިއެތި
ކޮޅަށް
ނުވަތަ
އެތިގަނޑު
ގަނޑަށް
ހުންނަ
ރިހި
ގަނޑުކަނޑާފޮތް
ނ
ސިޓީ
ލިޔުން
ފަދަ
ކަންކަމުގައި
ބޭނުން
ކުރުމަށް
އެކި
ގަނޑުގަނޑު
ވަކި
ވަކިން
ކެނޑޭ
ގޮތަށް
ހަދައިފައި
ހުންނަފޮތް
ގަނޑުކާގަނޑު
ނ
(1)
އެއްވައްތަރެއްގެ
ތަކެތީގެ
ތެރެއިން
ހޮވައިވަކި
ކުރުމެއްނެތި
(2)
ހުރިހާ
ބާވަތެއްގެ
ތަކެތި
އެއްކޮށް
މިސާލު:
ހުރިހާ
ފިޔާތައް
ގަނޑުކާގަނޑު
އެއްކޮށްނެގީ
ދޮންމަނިކެވެ
ގަނޑުކުރުން
މ
(1)
ދިޔާ
އެއްޗެއް
ގަނޑުވާނެގޮތް
ހެދުން
(2)
އެކައުންޓެއް
ނުހިގާނެގޮތް
ހެދުން
ގަނޑުވަރުމީހުން
ނ
(1)
އިހުގައި
ބޮޑު
ބަޑޭރީގޭގެ
މަސައްކަތު
މީހުން
(2)
ވެޔޮދޮށުގަނޑުވަރު
މަސައްކަތު
މީހުން
ގަނޑުވަރުތެރެ
ނ
(1)
ބޮޑު
ގަނޑުވަރުގެ
ހަތަރުފަރާތުގެ
އެތެރެ
(2)
ކޮއިލުތެރެ
ގަނޑުވަކަރެ
ނ
)ގ (
އޮޑިދޯނިފަހަރު
ބާވެގެން
ބަނޑުފިލައިން
ހަލާކުވާ
ވަކަރު
ގަނޑަކަށް
ލައްވާ
ވަކަރުގަނޑު
ގަނޑުވިރުވުން
މ
(1)
ބައެއް
އެއްޗެހި
ކައްކާއިރުގައްޔާއި
ގިރާއިރު
އެ
އެއްޗެހީގެ
އަޑިޔަށް
ފައިބައިފައި
ހުންނަ
ގަނޑު
އެތިއެތި
ކޮޅާއި
ފުއްފުކަށް
ހުންނަ
އެތިއެތި
ކޮޅު
ހިމުން
ކުރުން
(2)
ހަށިގަނޑުގައި
ނަގާ
ގަނޑު
ފަދަ
ތަންތަން
ބޭސްއަޅައިގެން
ނައްތައިލުން
ގަނޑުފިނި
ނ
ފިނީގެ
ސަބަބުން
ނުވަތަ
ފިނިވުމުގެ
ސަބަބުން
ލެވިފައި
ހުންނަ
ގަނޑުފެނުގެ
ފަށަލަ
ގަނޑުފިއްލާ
ނ
ދިވެހިން
ކުޅޭ
ކުޅިވަރެއްގެ
ނަން
މި
ކުޅިވަރު
ކުޅުމަކީ
ގަނޑުފިއްލާ
ކުޅުމެވެ
ގަނޑުފިއްލާކުޅުން
މ
"ގަނޑުފިއްލާ"
އޭ
ކިޔާ
ކުޅިވަރު
ކުޅުން.
މި
ކުޅިވަރު
ކުޅޭ
ގޮތަކީ
ކުޅޭ
މީހުން
ދެބަޔަކަށް
ބަހައި
ކުރިން
ގަނޑުއަޅަން
ދާމީހުންގެ
ތެރެއިން
އެކަކު
ގަނޑަކަށް
ހަދަން
ކަންނެޔޮތަކާ
ބާލީސްތައް
އޭނާގެ
ގައިމަތީ
ބަހައްޓައި
އެއްޗަކުން
ނިވާކޮށް
އެބައިގެ
އެހެން
އެންމެން
ފިލާ
ތިބެފައި
އަތްތިލަބަޑި
ޖެހީމާ
އަނެއްބައިގެ
މީހުން
އައިސް
ގަނޑަށް
ގޮވައި
މިވެނި
މީހަކު
ތެދުވާށޭ
ބުނުމުން
ދިމާވެއްޖެނަމަ
ތެދުވަނީއެވެ
ދިމާ
ނުވެއްޖެނަމަ
ލަނޑެއް
ދެވުނީއެވެ
ގަނޑުދޮށުލުން
މ
ގަނޑުފިއްލާ
ކުޅޭއިރު
ގަނޑަށް
ހަދާ
މީހާގެ
ގައިމަތީގައި
ބާލީސް
ފަދަ
ތަކެތި
ބަހައްޓައި
ފޮތިގަނޑެއް
ފަދައެއްޗަކުން
ނިވާ
ކުރުން
ގަނޑުލުން
މ
(1)
ލަކުޑިން
ހަދައިފައި
ހުންނަ
އެއްޗެހީގެ
ހަލާކު
ވެފައި
ހުންނަ
ބައި
ނަގައި
އާބައެއް
ލުން
(2)
ހަށިގަނޑުގެ
ތަންތާގައި
ގަނޑު
އުފެދުން
ގަނޑުލެއި
ނ
(1)
ގިނަ
އިރުވުމުގެ
ސަބަބުން
އެތިއެތި
ކޮޅަށް
ބަދަލުވެފައިވާ
ލޭ
(2)
ލޭގެ
އެތިގަނޑުގަނޑު
(3)
ގަނޑުވެފައިވާ
ލޭ
ގަނޑުލޮނު
ނ
ގަނޑުގަނޑަށް
ހުންނަލޮނު
ގަނޑުގަތުން
މ
(1)
ދިޔާ
އެއްޗެއް
ގަނޑުވުން
މަޖާޒު:
(2)
ކަމަކަށް
ނުވާ
ކަހަލަ
ކަންތައް
ކުރުން
(3)
އަގެއް
ނުހުންނަ
ގޮތަށް
މަސައްކަތެއް
ކުރުން
(4)
ވިޔާ
ނުދާ
ކަންތައް
ކުރުން
ގަނޑެކަނޑަނެފޮތެ
ނ
)ގ (
ގަނޑުކަނޑާފޮތް
ގަނޑެފެން
ނ
)ގ (
ގަނޑުފެން
«
106
107
108
109
110
111
112
113
114
»