radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ބޭ
ނ
(1)
ދުވަސްވެ
މުސްކުޅިވެފައިވާ
ފިރިހެނާ.
(2)
ބޭބެ
ކިޔާ
މީހުންނަށް
ކިޔައި
އުޅޭގޮތެއް.
މިސާލު:
ދޮންބޭ
ކުޑަބޭ
ކަތީބުބޭ
ފިރިފުރާވަރުވުން
މ
(1)
ބާލިޣުވުން
(2)
މީހަކާ
އިންނަވަރުވުން
މިބަސް
ބޭނުން
ކުރަނީ
އަންހެނުންނާ
ބެހޭ
ގޮތުންނެވެ
ފިރުކައިލުން
މ
(1)
ވާންވާގޮތަށް
ތަނަކަށް
އޮޅައިފައި
ނުވަތަ
ލައްވައިފައި
ހުރި
ބަރަންޏެއް
ނަނެއް
ނުވަތަ
ވަލެއް
ފަދަ
އެއްޗަކަށް
ދުލެއް
ލިބޭނޭގޮތް
ހެދުން.
(2)
އޮޑިދޯނިފަހަރުގެ
ފަށަންދަށުގައި
ނުވަތަ
މިފަދަ
ގޮތަކަށް
މިނޫންވެސް
ތަނެއްގައި
ބާރުވެފައިވާ
ލަކުޑިގަނޑެއް
ނުވަތަ
ކަނދުގަނޑެއް
ފަދަ
އެއްޗަކަށް
ދުލެއް
ލިބޭނޭގޮތް
ހެދުމަށްޓަކައި
އެލަކުޑިގަނޑު
ނުވަތަ
ކަނދުގަނޑު
ހަލުވާލުން.
(3)
އޮޑިފޯނިފަހަރު
ފަދަ
ތަކެތި
އެހެލައި
ބާލައި
ހަދާއިރު
ދޯނީގެ
ކޮޅުފަސްކޮޅު
ނުވަތަ
ދިރުނބާކޮޅު
ފަރާތަކަށް
ޖައްސައިލުން
ފިރުއްކުން
މ
(1)
ކޮރަކަލި
ހަނދަލަ
ފަދަ
ތަކެތި
ބޭނުމަށްޓަކައި
ގޮނޑުދޮށުގައި
ހިނގަމުން
ދޮށި
އުކުން
ފިބާ
ނ
ލިއުމަށް
ބޭނުންކުރާ
ފިހިގަލަމެއް
ފިއްމުދުއޮއި
ނ
)ސ (
ރެދަން
ލައިފައި
ބޭރަށް
ދެމޭ
އޮއި
ފިއްސާލުން
މ
(1)
ހޫނުކަމެއް
ބޭނުންކޮށްގެން
މީހެއްގެ
ހަށިގަނޑު
ނުވަތަ
ހަށިގަނޑުން
ބައެއް
ރޯ
ފިލުވައިލުން
(2)
"ފިހުން"
މިބަސް
ކުރުވުމުގެ
މާނައިގައި
ބުނާގޮތް
ފިތާފުޅި
ނ
ބޭހާއި
އަދި
އެނޫންވެސް
ފިތައިލީމާ
ނުކުންނަ
ކަހަލަ
އޮލަ
ތަކެތި
އަޅައިފައިވާ
ފުޅި
ފިތުރުމަލާފަތް
ނ
އިހުގައި
ގަނޑުވަރު
ތެރޭގެ
ބޭފުޅުންނާއި
ބޮޑުބޭކަލުން
ކަނބަލުންގެ
ފިތުރު
ރަދުން
ދެއްވާއިރު
އެބޭފުޅުން
އަތްޕުޅު
ލެއްވުމަށް
ފޮނުއްވާ
ހަނޑޫ
އަޅައިފައި
ހުންނަ
މަލާފަތް
ފިތުރޯނު
ނ
(1)
ބިޔަކޮށް
ހެދޭ
ގަހެއް.
މީގެ
ފަތްތައް
ހުންނާނީ
ވަރަށް
ހިމަކޮށް
ބުރިތަކަކުން
ގުޅިފައި
ހުންނަ
ތަނޑުތަކެއް
ހެންނެވެ
މީގެ
ދެބާވަތެއް
ހުރެއެވެ
އެއިން
އެއްބާވަތެއް
ބޭހަށްވެސް
ބޭނުންކުރެއެވެ
(2)
މިގަހުގެ
ލަކުޑި
ފިތްދާލި
ނ
ދިވެހި
ބޭހުގެ
ބާވަތެއް
މިއީ
ގައިން
ފިތްނެގުމުން
ގާނައިގެން
ވަށާން
ނުވަތަ
ބޯން
ބޭނުން
ކުރާ
ފިތްފިތަށް
ހުންނަ
ލަކުޑިއެކެވެ
ފިތްޖެހިއުޅާ
ނ
އުޅަލުގެ
ބޭރުފިތްފިތަށް
ހުންނަ
އުޅާ
ފިލާގަނޑު
ނ
(1)
މަސްދޯނި
ފަހަރުގެ
ކޮޅުފަސްކޮޅުގައި
ކަތްޕާއި
ކޮޅުފަހާ
ދެމެދުގައި
ދޯނިން
ބޭރަށް
ނުކުންނަ
ވަރަށް
އަޅައި
ނެގޭ
ގޮތަށް
ފިލައިން
ހަދައިފައި
އޮންނަ
ބައި
މަސްބާނަން
އަރައި
ތިބެނީ
މިތާގައެވެ
(2)
ގައިގައި
ބަނުމަށް
ފުޑައިފައި
ހުންނަ
ބޭސްގަނޑު
(3)
ފިލަޔަކުން
ވަކިކޮށްލެވޭ
ބައެއް
ފިލާގަނޑުބަނުން
މ
ގައިގެ
ތަނެއް
ބިނދި
ނުވަތަ
ހާނީއްކައެއް
ލިބިގެން
ނުވަތަ
އެނޫންވެސް
ފަރުވާއަކަށް
ތައްޔާރުކުރާ
ބޭސްގަނޑެއް
ފަތުގައި
ފަތުރައިގެން
ގައިގައި
އަޅައި
އެއްސުން
ފިލާގަނޑުއެޅުން
މ
(1)
ފިލާގަނޑު
ބަނުން
(2)
މަސްދޯނި
ފަހަރުގެ
ފިލާގަނޑު
އޮންނަ
ޖާގައިގައި
ފިލާގަނޑު
ބޭއްވުން
ފިލިކުރި
ނ
(1)
ފިލިގަހުގެ
ކުރި
މިއީ
ބޭހަށް
ބޭނުންކުރާ
އެއްޗެކެވެ
(2)
ފިލިކުރުން
މިބަހުގެ
ނިމިނިމުނުކަން
ފިލިއަކުރު
ނ
(1)
އަކުރުފިލި
ތާނައިގައި
ފިލީގެގޮތުގައި
ބޭނުންކުރާ
އަކުރު
ތައް
(2)
އިނގިރޭސި
ބަހުގައި
ފިލީގެ
ގޮތުގައި
ބޭނުންކުރާ
އަކުރުތައް
ފިލިތޮށި
ނ
ފިލިގަހުގެ
ތޮށި
މިއީ
ބޭހަށް
ބޭނުންކުރާ
އެއްޗެކެވެ
ފިލިގަސް
ނ
ނިކަފަތާ
ފަތް
ވައްތަރު
ގަހެއް
މިގަހުގެ
ކުރިތައް
ހުންނާނީ
ރަތްކުލައިގެ
ތޫރިއެއް
ހެންނެވެ
މިގަހުގެ
ކުރިޔާއި
ތޮއްޓަކީ
ބޭހަށް
ބޭނުންކުރާ
ތަކެއްޗެވެ
ފިލުވައިލުން
މ
(1)
ފިލުވުން
މަޖާޒު:
(2)
އެއްޗެއް
ނަހަމަގޮތުގައި
ބޭނުން
ކުރުން
(3)
މީހެއްގެ
އިއްފަތްތެރިކަން
ނަގައިލުން
ފިލުވުން
މ
(1)
ނެތިކޮށްލުން
(2)
ސާފުކޮށްލުން
(3)
މަސް
ބުޅިން
ކަނޑުވައިލުން
(4)
"ފިލުން"
މިބަސް
ކުރުވުމުގެ
މާނައިގައި
ބޭނުންކުރާގޮތް
(5)
ބޯށިން
ފަތްގަނޑެއް
ނެއްޓުން
(6)
ތޮށިނޮޅުން
«
105
106
107
108
109
110
111
112
113
»