radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ގައި
އ
ހާލު
ނުވަތަ
ތަން
ނުވަތަ
ވަގުތު
ބަޔާންކުރުމަށް
ބޭނުން
ކުރާ
އަކުރެއް
މިސާލު:
)ހ(
ހަތްގަޑި
ފަނަރައިގައި
)ށ(
މޭޒުދޮށުގައި
)ނ(
ބޭރަށް
ހިންގުމުގައި
ބޮޑުބޭކަނބަލުން
ނ
އިހުގައި
ބޮޑު
ހަނޑޫ
ދެއްވައިފައި
ތިބޭ
އަންހެނުން.
މީގެ
ތެރޭގައި
ކަމުވޮށި
ކުރައްވައިފައިވާ
ބޭފުޅުންނާއި
ކަމުވޮށި
ބޭފުޅުންގެ
އަނބި
އަނބިކަނބަލުންނާއި
މެދުރީ
މުސްކުޅިޔާގެ
އަމުރުގެ
ދަށުން
ރަސްމީ
ބައެއް
ކަންތައް
ކުރައްވާ
އަންހެން
ބޭފުޅުން
ހިމެނެއެވެ
ބޮޑުބޭކަލުން
ނ
ހަވަރުގެ
ހަބައިންކުރެ
ކޮންމެ
ބައެއްގެ
ވެރިއެއްގެ
ގޮތުން
ތިއްބަވާ
ބޭކަލުން.
މިއީ
ކޮލިލައްވައި
ބޮޑު
މުސްކުޅިކަމުގެ
އަސާ
ދެއްވައިފައި
ތިއްބަވާ
ބައެކެވެ
ރަދުން
ޢިއްޒަތުގައި
ތަންތަނަށް
ވަޑައިގަންނަވާއިރު
އަރިހުގައި
މިބޭކަލުން
ތިއްބަވަން
ޖެހެއެވެ
ބޮޑުބޮލި
ނ
(1)
އިހުގައި
ދައުލަތުން
ހަނގުބޭކަލުންނަށް
މުސާރައަށް
އަހަރަކު
އެއްފަހަރު
ބައްސަވާ
ބޮލި
މިބަހަނީ
ކޮއްޓެކޮއްޓޭންނެވެ
މިބޮލި
ހުންނަނީ
ގުޅަކުޅޭ
ފަސްގަނޑުގައި
ވަޅުލައިފައެވެ
(2)
ބޮޑެތިކޮށް
ހުންނަ
ބޮލި
ބޮޑުބޮލިބެހުން
މ
ދައުލަތުން
ހަނގުބޭކަލުންނަށް
ދެއްވާ
ބޮލި
އަހަރަކު
އެއްފަހަރު
އެބޭކަލުންގެ
މެދުގައި
ބައިކުރުން
ބޮޑުބޯ
ނ
ރާޒުވާ
ކުޅިބައިގައި
ހުންނަ
އެންމެ
ދިގުކުޅި
މިއީ
ކުޅިތައް
އަތުރާއިރު
ބޭރުން
ތިންވަނަ
ކުޅިއެވެ
މިކުޅި
ހިނގާނީ
ކަންކުއްޗަށެވެ
ބޮޑުކިބާ
ނ
ބޮޑު
ގަނޑުވަރު
ތެރޭގައި
ހުރި
ގެކޮޅެއް
މިއީ
ރަސްގެފާނު
އުޅުއްވާ
ގެކޮޅެވެ
ބޮޑުކިބާދާރީ
އިހުގައި
ބޯވަޅު
އެޅި
ލިބާސްލައި
އުޅުނު
އޮފުގަދަ
ފޮއްޗެއް.
މިއީ
ފަށުތްވާއި
ސުތުލިން
ވިޔެފައި
ހުންނަ
ރޮނގުދެމި
ފޮއްޗެކެވެ.
ރޮނގުބައި
ހުންނާނީ
ފުޅާކޮށެވެ.
ރޮނގުބައި
އެކުލެވިފައި
ހުންނަނީ
ދޮން
ކުލަޔާއި
ފެހިކުލަޔާއި
ނޫކުލައިންނެވެ.
ޢާއްމުކޮށް
ހުންނަނީ
މީގެ
ފެހި
ފޮއްޗާއި
ރަތް
ފޮއްޗެވެ
ބޮޑުކިޔެވެނިން
ނ
އިހުގައި.
ދުޢާ
ވެރިކަމާ
އޮލީއާ
މިބާވަތުގެ
ރަސްމީ
ކިޔެވުން
ކިޔަވަން
ދައުލަތުން
ޚާއްޞަ
ކުރައްވާފައިވާ
ބައެއް.
މިޖަމާޢަތް
އެކުލެވިގެންވަނީ
ދެ
ޚަތީބުންނާއި
ދެމަލިމުންނާއި
ފަނޑިޔާރުގޭ
ހަތަރު
ނާއިބު
ބޭކަލުންނާއި
އަދި
ފަސްމުދިން
ބޭކަލުންގެ
މައްޗަށެވެ
ބޮޑުކުނާ
ނ
ރަސްމީގޮތުން
އެކިއެކި
ބޭނުމަށްޓަކައި
ރާއްޖޭގައި
ވިއުއްވާކުނާ
މިކުނާ
ހުންނަނީ
ރޯލު
ކުނާހެން
ދިގުކޮށެވެ
ބޮޑުކުޑަކޮޅު
ނ
ރަސްމީ
ބައެއް
ކަންތަކުގައި
ގުޅަކުޅޭ
ފަސްގަނޑުގައި
ޖަހައި
އުޅުނު
ކުޑަކޮޅެއް
ބޮޑުކޭން
ނ
ދެކުކުޅުލައި
ދެފަރާތުގައި
ފުއްޕިޖަހައި
ބޮޑެތި
މަލާފަތަށް
އަޅައިފައި
ހުންނަ
ކޭން
ބޮޑުކޭމުގައިބޭންދުން
މ
(1)
ރަސްމީ
ކެއުމުގައި
ބޮޑުބޭކަލުންނާއި
އަތްހަމަ
ކުރެއްވުން
(2)
ބޮޑުބޭކަލުން
ތިއްބަވާ
ރަސްމީކޭމުގައި
ބޭންދެވުން
ބޮޑުކޮލި
ނ
ދަނޑުމަތީގައި
ހެދޭ
ވެލެއް
މިއީ
އަލަ
ނިރުގެ
ފަތްހެން
ފަތް
ހުންނަ
ވެލެކެވެ
ބޮޑުކޮޓަރި
ނ
ގޭގޭގައި
ބޭރުން
އަންނަ
މީހުންނާއި
ބައްދަލުކޮށް
ހެދުމަށާއި
ޢާއިލާގެ
މީހުން
ބައްދަލުވެ
އުޅޭ
ކޮޓަރި
ބޮޑުކޯއްޓޭ
ނ
އިހުގައި
ބޭރުން
އަންނަ
ނައުޒޯނގުފަހަރު
އެތެރެއަށް
ވަނީމާ
ދިދަނަގާން
މާލޭ
ބޮޑުކޯއްޓޭ
ބުރުޒުމަތީ
ކަސްޓަމުގެ
އުތުރުން
ހުރި
ކޯއްޓޭ
ބޮޑުކޯއްޓޭ ބުރުޒު
ނ
އިހުގައި
މާލޭގައި
ކަސްޓަމުގެ
އުތުރުން
ހުރި
ބުރުޒު
ބޮޑުއަށި
ނ
(1)
ދިވެހި
ގޭގޭގެ
ބޭރުގޭ
ދޮރުގެ
އިރުމަތިން
ހުރަހަށް
ހުންނަ
ދިގު
އަށި
(2)
މުށިކުޅޭއިރު
އަޅައިފައި
ހުންނަ
މުށި
ގޭގައި
ފައިފުއްސާ
ޖެހިގެން
ކަނާތް
ފަރާތުން
ހުންނަ
ގެ
ނުވަތަ
ގޮޅި
ބޮޑުއަށިކޮޅުއެނދު
ނ
ބޮޑުއަށީގެ
ފައިލާކޮޅުން
ތިރިއަށިމަތީގައި
ހުންނަ
އެނދު
ބޮޑުއަކުރު
ނ
ލިއުމުގައި
ފަލަކޮށް
އެކި
ސިފަސިފައަށް
ބޮޑެތިކޮށް
ލިޔާއަކުރު
ބޮޑުއާވިގަސް
ނ
ފަރުބަދަމަތީގައި
ހެދޭ
އަބަދަށްފެހި
ގަހެއް
މިގަހުގެ
އެކި
ބައިތައް
ބޭހަށް
ބޭނުން
ކުރެއެވެ
ގަހުގެ
ފަތް
ހުންނަނީ
ހިމަކޮށް
ތޫރިކޮށެވެ
«
99
100
101
102
103
104
105
106
107
»