radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ފުޅު
ނ
(1)
މީހެއްގެ
ދަރަޖަ
މާތް
ކުރުމުގެ
ގޮތުން
އެމީހެއްގެ
ނަމުގެ
ފަހަތަށް
އިހުގައި
ގުޅައި
އުޅުނު
އަކުރެއް.
މިސާލު:
ޙަސަންފުޅު
މޫސާފުޅު
(2)
މާތްކުރުމުގެ
ގޮތުން
ނަމެއްގެ
ފަހަތަށް
އިތުރުކުރާ
އަކުރެއް
މިސާލު:
އަނގޮޓިފުޅު
ހިނިފުޅު
ލިޢާނު
ނ
ތިމާގެ
އަނބިމީހާ
ނުވަތަ
ތިމާ
ވަރިކުރި
އަންހެން
މީހާ
ވިހޭ
ދަރިފުޅު
އެއީ
ތިމާގެ
ދަރިއެއް
ނޫންކަމަށް
ބުނެ
ހަތަރުފަހަރު
ތަކުރާރުކޮށް
ކުރާ
ހުވަޔާއި
އަންހެންމީހާ
އެ
ދަރިފުޅަކީ
އެދެމީހުންގެ
ދަރިއެއްކަމަށް
ބުނެ
ކުރާހުވާ
ލުންގި
ނ
ފިރިހެނުން
އަންނަ
ފޭރާމެއް
މިއީ
ކަޅުރަތްކުލައިގެ
ފޮތި
ގަނޑެއްގައި
މަޑުރަތް
ކުލައިގެ
ފަލަރޮނގެއް
ދަމައިފައި
ހުންނަ
ފޭރާމެކެވެ
މީގައި
ހުދުކުލައިގެ
ހިރެއް
ދަމައިފައި
ހުރެއެވެ
މިއީ
އިހުގައި
ގަނޑުވަރު
ތެރޭގެ
ފިރިހެން
ބޭފުޅުން
އަނދެ
ވަޑައިގަންނަވާ
އެއްޗެކެވެ
ގަނޑުއެޅިލުންގި
ނ
ރަސްރަސްކަލުންނާއި
ހަތްކޮޅު
ނަގާ
ބޭފުޅުން
އަނދެވަޑައިގަންނަވާ
ޚާއްޞަ
އެއްޗެއް
މީގައި
ހުންނާނީ
ގޮޅި
ހަމަވާ
ގޮތަށް
ރަން
ކަސަބު
ހިރުތަކެއް
އަޅައިފައެވެ
ގަނޑުވަރުތެރޭ ބޭފުޅުން
ނ
(1)
ރަސްމަތިފުށުގެ
ބޭފުޅުން
(2)
ޝާހީ
ޢާއިލާގެ
ބޭފުޅުން
ގަޑިޖެހުން
މ
(1)
ވަގުތުޖެހުން
(2)
ތަނަކަށް
ޙާޟިރުވާންޖެހޭ
ވަގުތަށް
ޙާޟިރުނުވެވި
ލަސްވުން
(3)
މަޖާޒު:
މިންވަރުފުޅުން
ކަމެއްގެ
ވަގުތު
އައިސްޖެހުން
ގޮމާ
ނ
ރަސްމަތިފުށުން
ވަޑައިގަންނަވާ
އަންހެން
ބޭފުޅުންނަށް
ކިޔާނަމެއް
ސިކަންދަރު
ނ
(1)
ދުނިޔޭގެ
މަޝްހޫރު
ހަނގުރާމަވެރި
ފާތިޙުންގެ
ތެރެއިން
އެއްބޭފުޅެއްގެ
ނަންފުޅު
މީނާ
ދުނިޔޭގައި
އުޅުއްވީ
އީސާގެފާނު
ދުނިޔެއަށް
ވަޑައިގަތުމުގެ
ކުރިން
323
ން
653
އަށެވެ
މިޞްރުގެ
އިސްކަންދަރިއްޔާ
ބިނާކުރެއްވީ
އޭނާއެވެ
އަވަހާރަވީ
ޢިރާޤުގެ
ބާބިލްގައި
ގަދަ
ހުންފުޅެއްގައެވެ
(2)
ބެރު
ވާންކުރުމަށްޓަކައި
ޓިނބުލީގެ
ބަދަލުގައި
ނަނުން
ފުރާފުރުމެއް
ސުންނަތް
ނ
(1)
ކީރިތި
ރަސޫލާގެ
ބަސްފުޅުތަކާއި
އަމަލުފުޅުތައް
(2)
ކުރުމުން
ސަވާބުލިބޭ
ނުކުރިއަސް
އަޒާބު
ނުލިބޭ
ކަންތައް
ޒަމްޒަމްވަޅުކޮޅު
ނ
މައްކާގެ
ޙަރަމްފުޅު
ތެރޭގައި
ހުންނަ
ޚާއްޞަވަޅުކޮޅެއް
މިއީ
އިސްމާޢީލުގެފާނަށް
ފެންފޮދު
ދެއްވުމަށް
މާތްﷲ
އެކަލޭގެފާނުގެ
ފައިންޕުޅު
ދަށުން
ނެރުއްވިފެން
އާރެކެވެ
ޒިޔާރަތްފުޅުލާރި
ނ
(1)
އިހުގައި
ނަދުރު
ބުނެގެން
ޒިޔާރަތްފުޅަށް
ހަދިޔާ
ކުރާ
ލާރި
މިކަން
ކުރާ
ގޮތަކީ
ރަބީޢުލް
އައްވަލް
މަހުގެ
21
ވަނަދުވަހު
ގޭގޭގައި
ޞަލަވާތް
ކިޔަވާއިރު
އެކި
ޢަދަދަށް
ބޮޑުލާރި
ވަކިވަކިން
ހުދުފޮތި
ކޮޅަކަށްލައި
އެލާރި
ނުވެއްޓޭގޮތަށް
ފޮތިކޮޅުގައި
ގޮށެއް
ޖަހައި
އެލާރިތައް
ޞަލަވާތް
ކިޔަވާއިރު
ބަހައްޓައިފައި
ހުންނަ
ފެންތައްޓަށް
އަޅައި
ސަލަވާތްކިޔަވާ
ނިމުމުން
އެތަށިން
އެލާރިތައް
ނަގައި
ގޭގެ
ކުދިންގެ
އަތުގެ
މުލައްދަނޑީގައި
ބަންނަނީއެވެ.
މިލާރި
3
ދުވަސް
ފަހުން
ކުދީންގެ
އަތުން
ނަގައި
ގޭގެ
ހުރަސް
ނުވަތަ
ތާވަކަރުގައި
ބަނދެފައި
ބެހެއްޓުމަށްފަހު
ސަރުކާރު
މެދުވެރިކޮށް
ޒިޔާރާތްފުޅަށް
ފޮނުވަނީއެވެ
(2)
ރަސްރަސްކަލުންނާއި
އެފަދަ
ބޭފުޅުން
ނަދުރު
ވިދާޅުވެގެން
ޒިޔާރަތްފުޅަށް
ފޮނުއްވަން
ބަހައްޓަވާލާރި
ޒުލްޤަރުނައިނި
ނ
ކީރިތި
ޤުރްއާނުގައި
ނަންގަނެވިފައިވާ
ނަބީބޭކަލަކާގާތް
ޢަދްލުވެރި
ރަސްކަލެއްގެ
ނަންފުޅު
ޖަހަލާކޮޅުހެދުން
މ
ގަނޑުވަރުތެރޭ
ބޭފުޅުން
ރައްކާވާއިރަށް
ތަރަފަނަހަދައި
ތައްޔާރުކުރުން
މިތަރަފަނަ
ރައްކައުކުރަނީ
ޖަހަލާޔަށް
އަޅައި
މަތި
ބަންދުކޮށްގެނެވެ
ޖަހާހަނގުބޭކަލުން
މ
އިހުގައި
ކިލެގެ
ބޭކަލުންގެ
ތެރެއިން
ރަދުން
ހޮއްވަވާ
ޚާއްޞަ
ބޭފުޅުން
ކޮޅެއް
މިބޭފުޅުންނަކީ
ރަދުން
މަޝްވަރާ
ކުރެއްވުމަށާއި
ރަސްމީ
އިއްޒަތްތަކުގައި
ބައިވެރިވެ
ވަޑައިގަތުން
ފަދަ
ކަންތައްތަކަށް
ޚާއްޞަކުރެވޭ
ބައެކެވެ
ޙަރަމު
ނ
ހަށަންފުޅު
ޢަރުޝި
ނ
(1)
މާތް
ރަސްކަލާނގެ
އަރުޝި
ފުޅު
(2)
ތަޚުތު
ޠަވާފުކުރުން
މ
(1)
ކަޢުބަތުﷲގެފުޅު
ވަށައިގެން
ހަތްފަހަރު
ހިނގުން
(2)
މަޖާޒު:
ތަނެއްގެ
ވަށައިގެން
ބުރުޖެހުން
ޝަފާޢަތްފުޅަށްޖެހުން
މ
އިހުގައި
ޞަލަވާތްފުޅަށް
ވަތްކޮށްފައި
ވަލީވެރީންގެ
ފާތިޙާފުޅަށް
ވަކިން
ބަތްކޮޅެއް
ވަތްކުރުން.
މިކަން
ކުރާގޮތަކީ
ލާހި
ބޯތައްޓަކަށް
ބަތްއަޅައި
ބާރުކޮށްފައި
ޞަލަވާތްފުޅުތަށީގެ
އެއްއަރިމައްޗަށް
ބޯތަށި
ބަންޑުން
ޖަހަނީއެވެ
ދެން
ބޯތަށި
ނަގާއިރު
ހުންނާނީ
ބޮނޑިބަތެއް
ހެންނެވެ
ޤަޟާޤަދަރު
ނ
މާތް
ﷲ
ގެ
މިންވަރުފުޅު
ޤިބުލަ
ނ
(1)
ކަޢުބަތު
ﷲގެފުޅު
(2)
ގެފުޅާދިމާވާ
މިސްރާބު
(3)
މުސްލިމުން
ނަމާދު
ކުރާއިރު
ކުރިމަތިލާދިމާ
ޤިބުލަހޯދުން
މ
(1)
ކަޢުބަތު
ﷲގެފުޅުވީ
މިސްރާބެއް
ހޯދުން
(2)
ޤިބުލަވީ
ދިމާ
އޮޅުން
ފިލުވުން
«
6
7
8
9
10
11
»