radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ރުވާ
ނ
(1)
ގަހެއްގެ
ނަން
އޭގެ
ވަކައިން
މިޔަވާލިވަށައެވެ
މިއީ
ވަރަށް
ކިރުތޫނު
ގަހެކެވެ
މީގެކިރާއި
ފަތް
ބޭހަށް
ބޭނުން
ކުރެއެވެ
(2)
ރުވުން
މިބަހުގެ
ވާކަމާއި
އަމުރު
ކަދޫ
ނ
ފުފޫ
ފާޑުގެ
ތަރުކާރީއެއް
މިއަޅަނީ
ވެލެއްގައެވެ
މިހަރުވީމާ
ތޮށިގަނޑުވެސް
ހަރުވާނެއެވެ
ކަތީބު
ނ
(1)
މާލެފިޔަވައި
ރާޖޭގެމީހުންއުޅޭ
ރަށްރަށުގެ
ވެރިކަމާ
ހަވާލުކުރައްވައިފައި
ހުންނަމީހާ.
(2)
އިހުގައި
ހުކުރުނަމާދާއި
އީދުނަމާދު
އިމާމުވެކޮށް
މަރުވާމީހުން
ވަޅުލައިހެދުމަށް
އިސްކޮށްފައިހުންނަ
މީހާ
ކަތީބުކަން
ނ
(1)
މާލެފިޔަވައި
ރާއްޖޭގެމީހުންއުޅޭ
ރަށްރަށުގެ
ވެރިކަމުގެ
ވަޒީފާ.
(2)
އިހުގައި
ހުކުރުނަމާދާއި
ޢީދުނަމާދު
އިމާމުވެކޮށް
މަރުވާމީހުން
ވަޅުލައިހެދުމަށް
އިސްކޮށްފައިހުންނަ
ވެރިޔާގެ
މަޤާމު
ކަތުރުމަސް
ނ
ކަނޑުގައިއުޅޭ
ބިޔަމަހެއް
މިމަހުގެ
ތުންގަޑުދިގުވެފައި
ފަތިވާނެއެވެ
ތުންގަޑުވައްތަރުވާނީ
ހިބަރުގެ
ތުނބާއެވެ
މިމަހުގެ
ތުންގަޑުގައިޖެހުނު
ކޮންމެއެއްޗެއް
ބުރިކޮށްލާނެއެވެ
ކަލަރު
ނ
(1)
އަންހެނުންގެ
ބޮނބިފަޅިމައްޗާއި
ކަރުވަޅު
ނިވައި
ކުރާންލައި
ގިރުވާނު
އަޅައިފައި
ހުންނަ
ކޮނޑުކެނޑިއެއް
މިކޮނޑުކެނޑި
އަންހެނުން
ލައި
އުޅެނީ
ބޯވަޅުއެޅި
ލިބާހާ
އެކުގައެވެ
(2)
އަންހެނުންގެ
ބޯވަޅު
އެޅިލިބާހުގައި
އަޅަން
ވަކިން
ހަދައިފައި
ހުންނަ
ގިރުވާނު
ކާފޫރުގަސް
ނ
މެދުމިނަކަށް
ހެދޭ
ގަހެއް
މިގަހުގެ
ގޮފިތަކުގެ
ތޮށިގަނޑު
ހުންނަނީ
އޮމާން
ކޮށް
ފެހިކުލައެއްގައެވެ
ތޮށީގައި
ވިދާގޮތްހުރެއެވެ
މިގަސް
އެންމެ
ވައްތަރުވާނީ
ދެބުދާރުގަހާއެވެ
ފަތްތައް
ހުންނާނީ
މޫނިމާފަތާ
ގާތްގޮތަކަށެވެ
މިގަހުގެ
ހުރިހާ
އެއްޗެއްގައިވެސް
ދުވާނީ
ކާފޫރުވަހެވެ
ކިރުދޫނި
ނ
އައިނާ
އަޅާ
ދޫންޏެއް
މިއީ
ހުދު
ދޫންޏެކެވެ
މިދޫނި
ވައްލަޔާ
ވައްތަރުވާނެއެވެ
ކިއްސަރައަޅަ
ނ
)ސ (
ކުދިރުވާލި
ކީނައްތު
ނ
)މަލިކު(
ހެދިކާގެ
ބާވަތެއް
މިއީ
ގަބުޅި
ހުންޏާއި
ހަކުރާ
އެއްކޮށްގެން
ތައްޔާރުކުރާ
ފޮނި
ހެދިކާއެކެވެ
މިއެންމެ
ވައްތަރުވާނީ
ހުނިހަކުރާއެވެ
ކުނަހަނގާލި
ނ
ބޭހަށް
ބޭނުންކުރާ
ފަތްޕިލާވެއްޔެއް
މީގެފަތް
ހުންނާނީ
ހުސްނުހީނާ
ގަހުގެ
ފަތާ
ވައްތަރުކޮށް
އެކަމަކު
ރޫޖެހިފައެވެ
ގަސްގަނޑުގެ
ފަލަމިން
ތިންއިންޗި
ވަރުވާނެއެވެ
އުސްމިން
ހުންނާނީ
ގާތްގަޑަކަށް
6
ފޫޓު
ވަރަށެވެ
މިގަހުގެ
އޮށްތައް
ހުންނާނީ
ބޮނޑި
ބޮނޑިޔަށެވެ
މިއަށް
ނިތުބަޑި
ކިޔައެވެ
އެއީ
ނިތުގައި
ޖައްސައިގެން
ފެޅޭއިރު
އަޑު
ގޮވާތީއެވެ
އަދި
ވަލުކުރަދިވެސް
މިގަހަށް
ކިޔައެވެ
ކުރަނދު
ނ
ބާވަތެއްގެ
ހިލަވެއްޔެއް
މިބޭނުންކުރަނީ
ބާވަތް
ބާވަތުގެ
ހަނުތަޅާށެވެ
މިހިލަވެލި
އަލިފާނަށް
ލީމާ
އާދައިގެ
ހިލަވެއްޔަށްވުރެ
އަވަހަށް
ވިރޭނެއެވެ
ވިރުވާއިރު
މީގައި
ތަތްކަމެއް
ހުންނާނެއެވެ
ކުރުކުރު
ނ
ފަލަމަޑީގެ
ބާވަތެއް
މިއީ
މަތިވައް
ފަތްހެން
ފަތްހުންނަ
ވެލެއްގެ
ގޮނޑިއެކެވެ
މީގެ
ބޭރުހުންނަނީ
ކަޅު
މުށިކުލައެއްގައެވެ
ތޮށިގަނޑުގައި
ނަރުވާތަކެއް
ފަޅައިފައިހުރެއެވެ
މިވެލުގައި
އަޅާ
އެއްޗެއްސަށް
ކިޔައި
އުޅެނީ
ކުރުކުރުކައްޓަލައެވެ
އެ
ހުންނަނީ
ކުދި
ކޮންނެވެ
ކުރެހުންގަނޑު
ނ
މަންޒަރަކަށް
ނުވާގޮތަށް
އެއްޑިޒައިނެއް
ނުވަތަ
އެތައްޑިޒައިނެއް
ތަކުރާރުވާ
ގޮތަށް
ލާމެހޭނެހެން
ކުރެހިފައި
ހުންނަ
ކުރެހުންތައް
ކުކުޅުލޯ
ނ
)ޅ (
ނިލަމެހީގެ
ބާވަތެއް
މިބާވަތުގެ
އެން
ހުންނަނީ
ދޮން
ކުލައެއްގައެވެ
މިމަހުގެ
ލޯ
ކުކުޅުގެ
ލޮލާ
ވައްތަރުވާނެއެވެ
ކުދިންކުޅޭކަށިކެޔޮ
ނ
(1)
ވިނައިގެ
ބާވަތެއް
މީގެ
ފަތް
ވައްތަރުވާނީ
މިރުސްފަތާއެވެ
(2)
މިވިނައިގައި
އަޅާވަކި
މިހުންނަނީ
ފެހިކުލައިގައި
ވަށްކޮށް
ކުރަކި
ކޮށެވެ
ކުލިނިކު
ނ
ސިއްހީ
ކަންތައްތަކާ
ބެހޭގޮތުން
ލަފާދޭ
ނުވަތަ
ފަރުވާދޭ
ހޮސްޕިޓަލާއި
ޞިއްހީ
މަރުކަޒު
ނޫން
ތަންތަން
ކުޑަހާޖިވެރިކަން
ނ
(1)
ފަހަރުވާ
(2)
ކުޑަގެފިލި
ކުޑަގެފިލި
ނ
ފަހަރުވާ
ކެހެނި
ނ
(1)
ބައެއް
ތަކެތީގައި
ހުންނަ
އަނގަކެހުމުގެ
މާއްދާ
(2)
ގައިގެ
ތަންތަން
ހިރުވާ
ހިރުވުން
(3)
ނއ
)މަޖާޒު(
އަނގަގަދަ
ކެއުން
މ
(1)
ކާއެއްޗެހި
ހަފައިގެން
ނުވަތަ
ނަހަފާ
އަރުން
އެތެރެކުރުން
(2)
ފަޅުރަށްރަށާއި
ގޮއިފާލައްބަ
ފަދަ
ތަންތަން
ވަރުވާއަށް
ލިއުއްވައިގެން
ގެންގުޅުން
(3)
ހެފުން
މަޖާޒު:
(4)
އެހެން
މީހެއްގެ
މުދަލުގައި
ސިއްރުން
ޖެހުން
(5)
ވަކިވައްތަރެއްގެ
ތަކެތި
ޤަބޫލުކުރުން
މިސާލު:
)ހ(
ރިޝްވަތުކެއުން
)ށ(
ރިބާކެއުން
«
6
7
8
9
10
11
12
13
14
»