radheef.info
ރަދީފު


ނ ކުޑަކުދިންކުޅޭ ކުޅިވަރެއްގެނަން. މިކުޅިވަރު ކުޅެދޭވެރިޔަކަށް އިންނަ މީހަކަށް ކިޔަނީ "މުނި" މިހެންނެވެ. ދެން އެއްކުއްޖަކު އިލޮށްޓެއް ހިފައިގެން މުނީގެ ކުރިމަތީގައި ހުންނާނީއެވެ. އެ އިލޮށްޓަށް ކިޔަނީ "ކަނޑި" އެވެ. އެހެންކުދިން ކައިރީގައި ވަށްކޮށްލައިގެން ތިބޭނީއެވެ. ދެން މުނި ކިޔައިދޭނީ ބަންޖެކެވެ. މިއޮންނާނީ ދެބަޔަކަށެވެ. ކުރީބަޔަކީ "އެލަންގަލަން މިލަންގަލަން ސުދުންޏާ ފާހަގަލަން އަބުސީލަން ނުމަސްލަނޑާ ހިކާކުރުބުޅި ވަލަށްފިލަން ދާންދޭ" މިހެންކީމާ އިލޮށި ހިފައިގެން ހުންނަ ކުއްޖާނޫން ހުރިހާ ކުދިން ފިލަންދާނީއެވެ. ދެންކިޔާނީ "އަލީލާން ބަލީލާން ހަތް ދެގޮބޮޅި ފަތީލާން ފަތިގެންގޮސް މޫދުލާން އަރިޔަށްދޫ ގަހުރަތްމާ އަދިނުފޮޅޭ ކުދިރަތްމާ މާލެމަތިންގޮވާލިހާ ރަތްދަނޑި ރަތްކަކާކޯ އަލިވިލޭތަ ރޭވިލޭތަ ހާލެއްތާ ކުކުޅެކޭ؟" ތަކާކޮށީ އެންމެން ކަތިލާ މަރަން ދާންދޭ ފަހުންމިއަންނަ ދެސުވާލަށް ފިލަންދިޔަ ދެކުދިން ޖަވާބުދޭންވާނެއެވެ ދެންއެއިލޮށީން ނުޖެހި މުނިކައިރިއަށް އާދެވުނު ކުއްޖަކު މޮޅުވީއެވެ މިކުއްޖާ އައިސް މުނިގައިގައި އަތްލާފައި "މުންޏޯތް" މިހެން ގޮވާން ވާނެއެވެ އިލޮށި ޖެހިއްޖެނަމަ ކަތިލެވުނީއެވެ
މ (1) ގައިގެ ތަނެއް ތޫނު އެއްޗަކުން ކެފުން. (2) ކޮޅަށް ހުރި ގަހެއް ތޫނު އެއްޗަކުން ބުރިކުރުން. (3) އެއްޗަކުން އަނެކައްޗެއް އަޅައިގަންނާނެހެން ތަނެއްކޮށައި އުނިކުރުން. (4) ގަހެއްގެ ފަތެއް މަލެއް މޭވާއެއް ކޯޅިއެއްފަދަ އެއްޗެއް ތޫނު އެއްޗަކުން ވަކިކުރުން. (5) ބައެއް މޭވާ ކެއުމަށްޓަކައި ފަޅިކުރުން ނުވަތަ ބުރިކުރުން. (6) މޫދުމަސް ބޭނުމަށްޓަކައި ފަޅައި ކޮށުން. (7) ވަލެއް ރޮއްޖެއްފަދަ އެއްޗެއް ބުރިކުރުން. (8) ހިސާބުގެ އިޞްތިލާޙުގައި އެއް އަދަދަކުން އަނެއް އަދަދެއް ނެގުން. (9) ބައެއް ގޮވާން ވަނަށް އަޅައިގެން ތަޅައި ތޮށިފިލުވުން. ނުވަތަ ސާފުކުރުން. )01( ތާސްކުޅޭއިރު އަތްބައި ބެހެއްޓުމަށްޓަކައި ގަނޑުތައް އަތްމަތީ ބަހައްޓައިގެން އެއްކޮށްލައި އޮޅުވައިލުން. (11) ވޭވޭހުންނަ ބައެއް ކަންތައްތައް ނުވަތަ ހިނގަހިނގާ ހުންނަ ބައެއްކަންތައްތައް ހުއްޓުން. މިސާލު: )ހ( މުސާރަކެނޑުން. )ށ( ޚަރަދުކެނޑުން. (21) ދެމީހެއްގެ ދެމެދުގައި އޮންނަ ގާތްކަން ނެތިގެންދިއުން. މިސާލު: ގުޅުންކެނޑުން. )31( ވަކި އެއްޗެއް ފެހުމަށްޓަކައި އެއެއްޗަކަށް ބޭނުންވާގޮތަށް ފޮތި ކެފުން. މިސާލު: )ހ( ހެދުން ކެނޑުން. )ށ( ފަޓުލޫނު ކެނޑުން. )41( އެއްކޮށް އޮތް ފޮތިގަނޑެއްފަދަ އެއްޗަކުން ބައެއް ވަކިކުރުން. )51( ތޫނު އެއްޗަކުން ގުނަވަނެއް ނުވަތަ ގުނަވަނަކުން ބައެއް ބުރިކުރުން )61( އެމީހަކު ހުރި ކަމަކުން ވަކިވުން މިސާލު: )ހ( އޮފީހުން ކެނޑުން )ށ( މަދުރަސާއިން ކެނޑުން )71( ބަންދުކޮށްފައި ހުންނަ ބައެއް އެއްޗެހި ހުޅުވުން މިސާލު: )ހ( ސިޓީކެނޑުން )ށ( ފޮށިކެނޑުން