radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ލުމަ
ނ
(1)
އުއިކޮށާ
ނުވަތަ
ރޮދިއޮޅާ
ސަރަކައިގެ
ފޯއްޔެއް
ނއ
(2)
ތެދަށްހުރި
އެއްޗެއްކަން
އަންގައިދިނުމަށް
ބުނާ
ބަހެއް
މިސާލު:
)ހ(
ތެދުލުމައެއް
ހެން
ހުރި
ރުކެއް
)ށ(
އޭނާގެ
ހަށިގަނޑު
ހީވަނީ
ތެދުލުމައެއްހެންނެވެ
ހަށިފޮޅައިލުން
މ
(1)
ދޫނިސޫފާސޫފީގެ
ގައިގައި
ހުންނަފެން
ނުވަތަ
ހިރަފުސް
ފޮޅައިލުމަށް
އެސޮރުމެންގެ
ހަށިގަނޑަށް
ހަރަކާތްގެނައުން
(2)
ތިމާގެ
ގައިގައި
މީހަކު
ނުވަތަ
ދިރޭއެއްޗެއް
ބައްދައިފައި
އޮތް
ބެއްދުމެއް
ނައްޓައިލުމަށް
ޙަރަކާތްކުރުން
(3)
މަޖާޒު:
ކުރިމަތިވެފައިވާ
ދަތިތަކަކުން
ސަލާމަތްވެގަތުން
ހަރޯދަ
ނ
ޝައްވާލުމަހުތެރޭގައި
ހިފަން
އޮންނަ
ސުންނަތް
ހަރޯދަ.
މި
ހަރޯދަ
ޢާއްމުކޮށް
ހިފައިއުޅެނީ
ވަޅުއީދު
ދުވަހުން
ފެށިގެންނެވެ
ހައިޑުރޯމީޓަރު
ނ
(1)
ފެންގަނޑު
ބޮޑުވެ
ކުޑަވާވަރު
ބެލުމަށް
ބޭނުންކުރާ
އާލަތެއް
(2)
ދިޔާ
އެއްޗެހީގެ
ބިމަށްދަމާ
ބާރުބެލުމަށް
ބޭނުންކުރާ
އާލަތެއް
މިކަންކުރަނީ
ފެނުގައި
ލޮނުގެ
އަސަރު
ހުންނަ
މިންވަރު
ބެލުމަށެވެ
ހައިޑުރޯގުރަފީ
ނ
(1)
ކަނޑުތަކާއި
ކޯރުތަކާއިބެހޭ
ޢިލްމު
(2)
ފެނުން
އުފައްދާ
އާތްވާ
ބެހޭ
ޢިލްމު
(3)
ކަނޑުތަކާއި
ކޯރުތަކުގެ
ފެންގަނޑަށް
އަންނަ
ބަދަލުތައް
ބެލުމަށް
ކުރާ
ތަހުލީލު
ހާރުވާ ކެޔޮގަނޑުގައި ފަލައަރި ޖަހާނެ
(މުސްކުޅިބަހެއް)
ކުޑަކުދިން
ދެރަކޮށްލުމަށް
ބުނާ
އެއްޗަކުން
އެކުދިން
ރަނގަޅު
ކުދިންނަށް
ބަދަލުވެއޭ
ބުނުމަށް
ބުނެއުޅޭ
ބަހެއް
ބަށިގަން
ނ
ބަށީގައި
ކައްކާ
ފޮނި
ހިކިރިހައެއް.
މިހަދަނީ
ބަށި
މުޅިން
ވަކިނުކޮށް
ހަތަރުފަޅިއަށް
ފަޅާ
ވަކި
ވަރަކަށް
މަޑުކޮށްލުމަށްފަހު
އޭގެ
ތެރޭގައި
ހުރި
އޮށްތަކާއެކު
ކަރުގަނޑުނަގާ
މަސްކޮޅެއްމޮޑެ
އޭގެ
ތެރެއަށް
ލޮނުމިރުސް
ހަވާދުކޮޅަކާ
ބަށިން
ނެގި
ބަޔާ
އަޅައިއެއްކޮށް
މޮޑެ
އެއިން
އެއްބައި
ބަށީގެ
އެތެރެއަށް
އަޅައި
ރޮދިން
ބަށިބަނދެލާ
ގިތެޔޮފޮދެއްގައި
ބާކީ
ހުރި
ހަވާދުކޮޅު
އަޅައިގެން
ފުށްފުށަށްޖަހައި
ރަނގަޅަށް
ރޯފިލުވައިގެންނެވެ
މިންނެގުން
މ
މީހެއްގައި
ނުވަތަ
އެއްޗެއްގައި
ނުވަތަ
ތަނެއްގައި
ހުރިވަރެއް
ބެލުމަށް
މިންއެޅުން
މިންކެނޑުން
މ
(1)
އެއްޗެއްގައި
ހުރި
ދިޔާ
ނުވަތަ
އޮލަ
އެއްޗެއްގެ
މިންވަރު
ބެލުމަށް
ކުރާ
ކަމެއް
(2)
އެއްޗެއް
ވަކި
ވަރަކަށް
ބައިބައިކޮށްފައި
ފާހަގަޖެހުން
މިސާލު:
ފުޅީގެ
މިންކެނޑުން
ތަށީގެ
މިންކެނޑުން
ހައްބަމުކައްބަވެސް ނެތުން
ގބ
މީހެއްގެ
އަތުގައި
އެއްވެސް
އެއްޗެއް
ނެތްކަން
ގަދަކޮށްލުމަށް
ބުނެއުޅޭ
ބަހެއް
މިސާލު:
އޭނާގެ
އަތުގައި
ހައްބަ
މުކައްބަވެސް
ނެތެވެ
ހައްޕު
އކ
(1)
އަނގައިން
ނުބުނާން
ޤަސްދުކޮށްގެން
ހުރިކަން
އަންގައިލުމަށް
ބުނެއުޅޭބަހެއް.
މިސާލު:
އަހަރެން
ހައްޕު
ކިޔައިފީމޭ
ބުނެފިނަމަ
އެއީ
އަހަރެން
އަނގަޔަކުން
ނުބުނާނަމޭ
(2)
މަޖާޒު:
ކަމަކުން
ދުރުވެހުރިކަން
އަންގައިލުމަށް
ބުނެއުޅޭބަހެއް
މިސާލު:
"ތިޔަކަމަށް
ހައްޕު
ކިޔައިފީމޭ"
ބުނެފިނަމަ
އޭގެމާނަޔަކީ
ތިޔަކަމުން
ދުރުވެގެން
ފީމޭ
ހައްޕުކިއުން
މ
އަގައިން
ނުބުނާން
ގަސްތުކޮށްގެން
ހުރިކަން
އަންގާލުމަށް
ހައްޕު
މިބަސް
ބުނުން
ހަވަރަށްދެއްވުން
މ
ދައުލަތަށް
ނުވަތަ
ރަދުންނަށް
ބޮޑުކުށެއް
ކޮށްފި
މީހަކަށް
އަދަބު
ދިނުމަށްޓަކައި
ޚާއްޞަގޮތެއްގައި
ހަނގުބޭކަލުން
ބޭނުން
ކޮންމެ
ގޮތެއް
އެމީހާއަށް
ހަދައިލުމަށް
ރަދުން
އެމީހަކު
އެބޭކަލުންނަށް
ދެއްވުން
ހަވަރުފެންފޮޅިޔަށްއެޅުން
މ
(1)
ހަވަރު
ގޮވާލުމަށް
ފެންފޮޅި
ފިހާން
މަޖިލީހަށް
އަރާ
ބޭކަލުންގެ
ގޭގެޔަށް
ހަނޑޫ
ބެހުން
(2)
މަޖާޒު:
ތިމާޔަށް
އިވުނު
ޚަބަރެއް
ހުރިހާތާކަށް
ފަތުރަމުން
ހިނގުން
ހަމަރޮދި
ނ
ފަހަންވީގޮތަށް
ފޮތިގަނޑު
ހަރުކޮށްލުމަށްޓަކައި
ތިނޯސްވަޅު
ދުރުދުރުކޮށް
ޖަހާ
ދުވާރޮދި
ހަތިކޮޅު
ނ
(1)
މަޑައިގައި
ހަރުކޮށްފައި
އޮންނަ
ހެތުރު
މަޑަދަނޑީގައި
ކުޑަގޮތަކަށް
ހަރުކޮށްލުމަސް
ބޭނުންކުރާ
ބަލިބަލި
ވަކަފަށްފަދަ
ތަކެތި.
(2)
ކުރުމަހަށް
ބުޅިންޖެހުމަށް
ބުޅީގައި
ހަރުކޮށްފައި
އޮންނަ
ހެތުރު
ދޮށްދަނޑީގައި
އައްސާލުމަށް
ގެންގުޅޭފަށް.
(3)
ފައްތައިގެން
މަސްވެރިކަން
ކުރާއިރު
އެންގަނޑު
އަޅާފައި
އޮންނަ
ބުޅި
އަޑިއަށް
ފޮނުވުމަށް
ބުޅިގައިލާ
ބަރު
އައްސާފައި
އޮންނަ
ފަށް.
އެ
ބަރު
އަޑީގައި
ޖެހުމުން
މައްޗަށް
ނަގައި
ނަނު
ތަޅުވާލީމާ
ހަތިފަށް
)ހަތިކޮޅު(
ކަނޑައިގެން
ހިގައިދާނެއެވެ.
(4)
މާލެ
އަތޮޅު
ހުޅަނގު
ދެކުނު
ކަންގައި
އޮންނަ
ކަނޑުއޮޅިއެއް
މިކަނޑުއޮޅި
ވަރަށް
ދުރުން
ހޭލަމުން
ގޮސް
ވަރަށް
ތިލަވާނެއެވެ
ހަލަކަ
ނ
(1)
އެއްޗެއް
އުފުލުމަށް
ނުވަތަ
ހުޅުވުމަށް
ހިފާން
ހުންނަ
އަތްގަނޑު
)މިނަން
ގިނައިން
ކިޔާ
އުޅެނީ
ފޮށީގައި
ހުންނަ
އުޅައްގަނޑަށެވެ (
(2)
ތަޅުވަޅު
ހަލާބަޑި
ނ
އިހުގައި
އިރުވަޔަށް
ބަޑިހެލުމަށް
ތައްޔާރުކުރާ
ބަޑި
ހަލާދަނޑީގެ ދެކޮޅު ބަލާށެވެ
(ހަރުބަހެއް)
ކަމެއްކުރަންވާނީ
ހުރިހާ
ފަރާތަކަށްވެސް
ވިސްނައި
އެއިން
ލިބިދާނެ
ގެއްލުމަކަށް
ބަލައިގެންކަން
އަންގައިދިނުމަށް
ބުނެއުޅޭބަހެއް
ހާނ
އ
(1)
އާނއެކެވެ
(2)
ހޭއަރުވާލުމަށް
ބުނެއުޅޭ
ބަހެއް
ހާލިގަބަ
ނ
)ސ (
(1)
ލާނދާބަންނައިރު
ބަރިކުރެވިފުޅާ
ކުރުމަށް
އަރުވާ
ވަކިވައްތަރެއްގެ
މަޅިއެއް
(2)
މަޖާޒު:
އޮޅުވައިލުމަށްޓަކައި
ތަކެތި
އެކިއެކި
ތަންތާނގައި
ބަހައްޓައިފައި
ހުންނަ
ހުރުން
«
1
2
3
4
5
»