radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ތޯ
އ
(1)
ތ.
މިސުވާލު
އަކުރު
މާތްކުރަން
ބޭނުންކުރާގޮތް
(2)
އޮޅުން
ފިލުވުމުގެ
މާނައިގާ
ބޭނުންކުރާ
އަކުރެއް
މިސާލު:
)ހ(
ދެވިދާނެތޯ
)ށ(
ވަގުތުއެބައޮތްތޯ
(3)
)ގ (
ކަލޭ
ހަނދުބެލުން
މ
(1)
މަހުގެ
ތިރީސްވިލޭރޭ
ހުޅެވި
ހަނދު
ފެނޭތޯ
ބެލުން
(2)
ހަނދުމަހަށް
ފެށުން
ހަރާންފަދަތޯއްޗެއް
އކ
(1)
ކަމެއް
ނުކުރުމުގެ
މައްޗަށް
ގަދައެޅުމުގެ
ގޮތުން
ބުނާ
ބަހެއް.
މިސާލު:
ހަރާންފަދަތޯއްޗެއް
އަހަރެން
އޭނާއާ
އަނގައިން
ބުނާނެނަމަ.
(2)
ކަމެއް
ކުރުވާން
ބޮޑަށް
އެދުންވެރިވުމާއެކު
އެކަމެއް
ކުރުވާން
ގަދަކޮށްލާން
ބުނާބަހެއް.
މިސާލު:
ހަރާންފަދަތޯއްޗެއް
ދޭނެނަމަ.
މިހެން
ބުނެއުޅެނީ
ނުދޭނެހެން
ހީވާ
އެއްޗެއް
ދީފާނަމޭ
ބުނިބަސް
ގަދަކުރުވުމަށެވެ
ހުކުރު ހިނގުން
ނ
އިހުގައި
ނަމާދުނުކުރާ
މީހުންނާއި
ހުކުރަށް
ނުދާމީހުން
ބެލުމަށް
ހުކުރުދުވަހު
ހަވީރު
ފަނޑިޔާރުގޭގެ
ނާއިބުބޭކަލަކާއި
ދޭވާންޏަކާއި
މަޖިލީހަށް
އަރާ
ބޭކަލަކާއި
ދުއްރަހިފައިގެން
ކޮލިހިނގާމަގު
ވަށައިގެން
ހިނގައިއުޅުނު
ހިނގުމެއް.
މިގޮތަށް
ހިނގާއިރު
މަގުމަތިން
ފެންނަ
ފިރިހެނުންކުރެން
ހުކުރައްދިޔަތޯއާއި
ނަމާދުކުޅަތޯ
އަހައި
ނޫންކަމަށްވާނަމަ
އެމީހުން
ތަޢުޒީރުކޮށްހަދައެވެ
ރާއްޖެތެރޭގެ
ރަށްރަށުގައި
ވެސް
ނައިބުންގެ
ފަރާތުން
މިކަން
ކޮށް
އުޅުނެވެ
ހެއިބެލުން
މ
(1)
ފަރަކާ
ކައިރިވެގެން
އަންނައިރު
ވަތް
ހޭލާތޯ
ބެލުން
(2)
މަޖާޒު:
ނުރައްކާތެރިކަމެއް
ލިބިދާނެ
ފަރާތްފަރާތަށް
ވިސްނުން
ހޭބެލުން
މ
(1)
ކަނޑު
ދަތުރުކުރުމުގައި
ފަރަކާ
ކައިރިވެގެން
އަންނައިރު
ވަތްހޭލާތޯ
ބެލުން
(2)
މަޖާޒު:
ނުރައްކައުތެރިކަމެއް
ލިބިދާނޭ
ފަރާތް
ފަރާތަށް
ވިސްނުން
ރާތާ
ނ
(1)
ހަތަރުގަލުގެ
ބަރުދަން
(2)
04
ތޯލާގެ
ބުރަދަން
(3)
454
ގްރާމް
ހޯދުން
މ
(1)
އެއްޗެއް
ނުވަތަ
ކަމެއް
ފެނޭތޯ
ބެލުން
(2)
މަސައްކަތް
ކޮށްގެން
ތަކެތި
މިލްކް
ކުރުން
(3)
ޙާޞިލްކުރުން
ނަވަގެއްލުން
މ
(1)
މީޒާނަށް
އެރުވުން
(2)
ގުނަހެޔޮތޯ
ބަލާން
ގުނަކުރީމާ
ލިބުނުބަޔާއި
އެއްކުރީމާ
ލިބުނުބަޔާ
ދެބައިވަކީން
ނުވަޔަކުން
ކަނޑައިގެން
ޢަދަދު
ނެރުން
ނަސުރުފުޅި
ނ
ނަސީބު
ގަދަވޭތޯ
ޖަހާ
ކަވާފުޅި
ރެކީ
ނ
ދަރިން
ދުނިޔޭގައި
ނުތިބެގެން
ދިރި
ތިބޭތޯ
ކިޔާނަމެއް
ބަނދަރުކެހުން
މ
ކަނޑަށް
ގެއްލިފައިވާ
އެއްޗެއްގައި
އަޅައިގަނޭތޯ
ލޮތާރީއެއްކަހަލަ
އެއްޗެއް
ކަނޑަށް
ދޫކޮށްގެން
ދެމުން
ބައިކުރަންފެހުން
މ
ބޯވަޅުއެޅި
ލިބާހުގެ
އަތާއިއަރިޔާ
ތޯޑުވުން
ބައިކުރުން
މ
(1)
ބައިބައިޔަށް
ވަކިކުރުން
(2)
ބޯވަޅު
އެޅި
ލިބާހުގެ
އަރިޔާއިއަތާއި
ތޯޑުވައިގެން
އެކަފާ
ޤަވާޢިދުން
ކެފުން
ބައިތޯލާ
ނ
ތޯލާއެއްގެ
ދެބައިކުޅަ
އެއްބައި
ބެރެބޭވުން
މ
)ޏ.ސ.(
(1)
ކާށިގަބުޅި
ކުރުނބާ
ކަރާ
ބަރަބޯފަދަ
ތަކެތީގައި
ޅަ
ތޯ
ނުވަތަ
ހަރުތޯ
ބަލަން
ޓަކިޖެހުން
(2)
)ޏ (
އިހުގައި
ވަރުގަދަ
މީހުން
ބަލަން
ބަނޑުގައި
ފުއްޓަކި
ޖެހުން
ބެލުން
މ
(1)
އެއްޗަކަށް
ނަޒަރު
ހުއްޓައިލުން
(2)
ބެލެހެއްޓުން
(3)
ކާންދީގެން
ގެންގުޅުން
(4)
ކަން
ހިނގާފައިވާގޮތް
ހޯދުން
(5)
ކަމެއްކުރެވޭތޯ
ބެލުން
މިސާލު:
ތިޔަގެއަށް
ދެވޭތޯ
ބަލާނަން
(6)
އަދަބު
ބެހެއްޓުން
މިސާލު:
މީނާ
މަންމަޔަކަށް
ބައްޕަޔަކަށްވެސް
ބެލުމެއްނެތެވެ
ބޮނބިގަނޑުފުރުވުން
މ
(1)
މީދާމޫދުގައި
ހުންނަ
ކާށިގެއަށް
އަރާން
އޮއިހުންނަގޮތް
ބެލުމަށްޓަކައި
ބޮނބިގަނޑު
މޫދަށް
ބޭލުން
(2)
މަޖާޒު:
ތިމާފާޅުނުވެހުރެގެން
މީހަކު
ލައްވައި
ތިމާއަށް
ކަމެއް
ފަހިވޭތޯ
ބެއްލުން
ބޯބޯބޮއްތަލޯ
ނ
ކުޑަކުދީންގެ
އަތްތިލައިގައި
އިނގިލި
ތަޅަމުން
ކިޔާބަންޖެއްގެ
ނަން.
އެއީ
ބޯބޯ
ބޮއްތަލޯ
ދެފަނިކާ
ފެންބަތޯ
އޮޑިވަތު
ދިޔަ
ހިއްކަތޯ
ބޯލަ
ގެނައި
މަސްފަތަފޮޅި
ކާލައިގެން
ބޯލަ
ހޯދަން
އަރާއަރާ
ފައިބާ
ފައިބާ
ކަންގަނޑު
ނ
(1)
ބޮލުގައި
އަޅާ
ރުމާލާ
ފޮށާފަދަ
ތަކެތި
އޮޅައިފައި
ހުންނައިރު
އެއިން
ނެރެފައި
ހުންނަ
ކަން
ނުވަތަ
ކޮޅު.
(2)
އަނދެ
އުޅޭ
އެއްޗެހީގެ
ހަތަރުކަން.
(3)
ނުތޯޑުވައި
ހުންނަ
މުންޑާއި
ފޮށާފަދަ
ތަކެތި
އަނދެފައި
ހުންނައިރު
އުނގަނޑު
ރޮދިގަނޑު
ދަށުން
ކުރި
މައްޗަށް
ނެރެފައި
ހުންނަ
ކަން
ނުވަތަ
ކޮޅު
ކަރަންޓީނު
ނ
(1)
ގައިންގަޔަށް
އަރާ
ނުރައްކާތެރި
ބައްޔެއް
އުޅޭ
ރަށަކުން
އަންނަ
އުޅަނދު
ފަހަރުގައި
އެފަދަ
ބައްޔެއްޖެހިފައި
ހުރި
މީހަކު
ހުރިތޯބެލުމަށް
އެ
އުޅަނދަކަށް
މީހުންއަރާ
ފޭބިޔަނުދީ
އެހެން
އުޅަނދު
ފަހަރާ
ދުރުގައި
ވަކިމުއްދަތެއް
ވަންދެން
ކުރާ
ބަންދު
(2)
ބޭރު
ރަށަކުން
އަންނަ
އުޅަނދެއްގައި
ގައިން
ގަޔަށް
އަރާ
ބައްޔެއް
ޖެހިފައިވާ
މީހަކު
ހުރިނަމަ
އެ
އުޅަނދަކުން
މީހުން
އަރާ
ފޭބިޔަނުދީއެހެން
އުޅަނދު
ފަހަރާ
ދުރުގައި
ވަކި
މުއްދަތެއް
ވަންދެން
ކުރާ
ބަންދު
(3)
ނުރައްކާތެރި
ރޯގާއެއް
އުޅޭ
ރަށްރަށަށް
މީހުންއަރާ
ފޭބިޔަނުދީ
ވަކިމުއްދަތެއް
ވަންދެން
އެރަށްރަށް
ކުރާ
ބަންދު
«
1
2
3
4
5
»