radheef.info
ރަދީފު


(1) ކަކުންޏާއި މީދާފަދަ ތަކެތި އުޅޭން ބިމުގައި ކޮންނަ ލޯވަޅު. (2) ރުކަށް އަރާން ރުކުގައި ބަންނަ ގަޅި. (3) މައްޗަށް އަރާން ގަޅި ބަނދެފައި ހުންނަ އޮނު ނުވަތަ ދަނޑި. (4) ފޯއްވަޅި، ދޮލަނގު، ކަނޑިފަދަ ތަކެތި ބަހައްޓާން ބިތުގައި ހަރުކޮށްފައި ހުންނަ އެތި. (5) ބައެއް އެއްޗިހި ބަހައްޓާން ނުވަތަ ތިއްބާން އެކިގޮތްގޮތަށް ހަދައިފައި ހުންނަ އެއްޗިހި. މިސާލު: ލިޔާހަރު، ބަޑިހަރު، ބައިސްކަލު ހަރު ނއ (6) މަޑުގެ އިދިކޮޅު (7) ޅަކަމުގެ އިދިކޮޅު (8) ވައިމަތި ޅަކަން ކެނޑުމުން ވާގޮތް މިސާލު: ފުރަންވާނީ ވައިމަތި ހަރުވެލީމައެވެ. (ވައިމަތި ޅަވުމަކީ ދެންމެދެންމެ ވިއްސާރަ އަތުވެދާނެ ކަހަލަ ގޮތަކަށް ޖައްވު އޮތުމެވެ.) (9) ހަރުބޭހުގެ ސަބަބުން ހަށިގަނޑަށްވާ ރަނގަޅު )01( ތަރުކާރީއާއި މޭވާފަދަ ތަކެތި ފައްކާވަމުން އައިސް ދޮންވުމަށްވާ ތައްޔާރު (11) ބުއްދިވެރި (21) ހަރުދަނާ )31( ހަލުއި މިސާލު: ސީކިންގ އެދުވަހު ހުޅުލެއަށް ދިޔައީ އޭގެ އެންމެ ހަރުދުވެލީގައެވެ )41( އެއްޗެއްގައި އަނެކައްޗެއްވާ ތަތް މިސާލު: އަހަރެން މިހަދާ މަލުގައި މިހާރު ދެފިޔަ ހަރުކޮށްފީމެވެ )51( ބާރު މިސާލު: އޭނާ ދިޔައީ ވަރަށް ހަރުކޮށް )61( )ބދ ގެ
(1) އެއްޗެއް ދިރުވައިލެވޭ ގޮތަކުން ނޭވާދަތިވެގެން އަންނަ ކެއްސުމެއް. (2) ގެރިބަކަރި ފަދަ ދިރޭ ތަކެތި ގެންގުޅުމަށް ނުވަތަ އެ ތަކެތި ބަންދު ކުރާން ހަދައިފައި ހުންނަތަން ނުވަތަ އެތި. (3) ގަސްއިންދުމުގެ ބޭނުމުގައި ވަށައި ފުޅަށް އަޅައިފައި އޮންނަތަން. (4) އިހުގައި އެކި ބާވަތުގެ ހެވިކަން ކުރުމަށާއި ބަޑިބޭހުގެ މަސައްކަތް ކުރުމަށް ސަރުކާރުން އުޖޫރަ ދެއްވައިފައި ތިބޭ އެކިއެކި ޖަމާއަތް. (5) އިހުގައި ހެވިކަން ކުރުމަށާއި ބަޑިބޭހުގެ މަސައްކަތް ކުރުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ބިން. މިސާލު: ބަންޑާރަކޮށި ތުރުކީކޮށި. (6) އަމިއްލައަށް ނުއިނދެވޭވަރުގެ ޅަކުދިން ރައްކާތެރިކޮށް ބޭންދޭގޮތަށް ހަދައިފައި ހުންނަ އެއްޗެހި. (7) ރަޙިމު. (8) އަނދެގެން ހުރި އެއްޗެއް ނުވަތަ ލައިފައިވާ ލިބާހެއް މައްޗަށް އުފުލައިލައި ބޮނޑިކޮށްލާ ކޮށްލުން. (9) ދަމައިފައިވާ ފޮތިގަނޑެއް އެއްފަރާތަކަށް ކަހައިލާ ކަހައިލުން )01( ދިރޭއެއްޗެހިތަކެއް އެއްތާކަށް ބޮޑިވެގަންނަގަތުން (11) ނއ ތޫނު ނޫން (21) ނއ މަޖާޒު: ވިސްނުންދެރަ )31( ނއ ނުފަރިތަ )41( ކޮށައިފައި ހުރި މިސާލު: ކޮށިފޯއް )51( ކއ ފަރުމާނާ ކައިރިއަށް ރިޔާ ޖައްސައިލާ ޖައްސައިލުން )61( ކއ ކައިރިކައިރީގައި ހުންނަ މިސާލު: ގެތައް ހުންނަނީ ވަރަށް ކޮށިކޮށް )81( )ޏ ސ ( ރާއްޖެތެރޭގައި ކުށްވެރިން ބަންދުކޮށް އުޅުނު ތަންތަން )91( "ކޮށުން" މިބަހުގެ ނިމިނިމުނުކަން