radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ވަށް
ނއ
ބުރުހަމަ
ހަނު
ނ
(1)
ވަޅި
އާއި
ފުރޯ
ފަދަ
ތަކެތި
ތޫނު
ކުރާން
ކުރަނދާއި
ލާއިން
ވަށްބުރަކަށް
ހަދައިގެން
ގެންގުޅޭ
އެއްޗެއް
(2)
ވަޅި
ފުރޯފަދަ
ތަކެތި
ތޫނުކުރާން
ގެންގުޅޭ
އާލަތެއް
(3)
)ކއ (
މަޑުން
(4)
)ނއ (
ހިމޭން
އެލަންގަލަން
ނ
ކުޑަކުދިންކުޅޭ
ކުޅިވަރެއްގެނަން.
މިކުޅިވަރު
ކުޅެދޭވެރިޔަކަށް
އިންނަ
މީހަކަށް
ކިޔަނީ
"މުނި"
މިހެންނެވެ.
ދެން
އެއްކުއްޖަކު
އިލޮށްޓެއް
ހިފައިގެން
މުނީގެ
ކުރިމަތީގައި
ހުންނާނީއެވެ.
އެ
އިލޮށްޓަށް
ކިޔަނީ
"ކަނޑި"
އެވެ.
އެހެންކުދިން
ކައިރީގައި
ވަށްކޮށްލައިގެން
ތިބޭނީއެވެ.
ދެން
މުނި
ކިޔައިދޭނީ
ބަންޖެކެވެ.
މިއޮންނާނީ
ދެބަޔަކަށެވެ.
ކުރީބަޔަކީ
"އެލަންގަލަން
މިލަންގަލަން
ސުދުންޏާ
ފާހަގަލަން
އަބުސީލަން
ނުމަސްލަނޑާ
ހިކާކުރުބުޅި
ވަލަށްފިލަން
ދާންދޭ"
މިހެންކީމާ
އިލޮށި
ހިފައިގެން
ހުންނަ
ކުއްޖާނޫން
ހުރިހާ
ކުދިން
ފިލަންދާނީއެވެ.
ދެންކިޔާނީ
"އަލީލާން
ބަލީލާން
ހަތް
ދެގޮބޮޅި
ފަތީލާން
ފަތިގެންގޮސް
މޫދުލާން
އަރިޔަށްދޫ
ގަހުރަތްމާ
އަދިނުފޮޅޭ
ކުދިރަތްމާ
މާލެމަތިންގޮވާލިހާ
ރަތްދަނޑި
ރަތްކަކާކޯ
އަލިވިލޭތަ
ރޭވިލޭތަ
ހާލެއްތާ
ކުކުޅެކޭ؟"
ތަކާކޮށީ
އެންމެން
ކަތިލާ
މަރަން
ދާންދޭ
ފަހުންމިއަންނަ
ދެސުވާލަށް
ފިލަންދިޔަ
ދެކުދިން
ޖަވާބުދޭންވާނެއެވެ
ދެންއެއިލޮށީން
ނުޖެހި
މުނިކައިރިއަށް
އާދެވުނު
ކުއްޖަކު
މޮޅުވީއެވެ
މިކުއްޖާ
އައިސް
މުނިގައިގައި
އަތްލާފައި
"މުންޏޯތް"
މިހެން
ގޮވާން
ވާނެއެވެ
އިލޮށި
ޖެހިއްޖެނަމަ
ކަތިލެވުނީއެވެ
އެސްމައު
ނ
އޮށްބޭހުގެ
ތެރޭގައި
ހިމެނޭ
އެއްޗެއް.
ވަށްކޮށް
ފަތިކޮށް
އެއްފަރާތަށް
ކުޑަ
ފުއްޕުމެއް
ލައިފައި
އަދި
އެފުއްޕުމާ
ދިމާއިން
އަނެއްފަރާތުގައި
ކުޑަ
އަޑިކަމެއް
ހުންނަ
ހުދުކުލައިގެ
ހަރު
އެއްޗެއް
އޭގެ
ކައިރިފަށުގައި
ދެފަޅި
ތަތްކޮށްފައި
ހުންނަ
ކަހަލަ
ގޮތެއް
ހުންނާނެއެވެ
އަދި
ގޭނީމާ
ތެރަސްކަންވެސް
ހުންނާނެއެވެ
ހިނދުން
މ
(1)
ކެކިކެކިފެން
ހުސްވުން
(2)
ދިޔަވަރު
އަޑިވުން
(3)
އޮއްވަޅު
ކުޅޭއިރު
ހުސްވަޅަކަށް
އަތްހުސްވުން
މަޖާޒު:
ކަމެއް
ކުރަމުންގޮސް
ގަސްތުކުރި
ގޮތަށް
ނުވެވި
އެކަމެއް
ހުއްޓުން
(4)
ކަނޑުގައި
ހިފާވަރަށް
ވައިރޯޅި
ނެތުން
(5)
ފުފިފައި
ހުރި
އެއްޗެއް
ހައިވުން
(6)
ރޮމުން
ރޮމުން
ނުވަތަ
ހެމުން
ގޮސް
ނޭވާނުލެވޭ
ވަރުވުން
(7)
ދިޔާއެއްޗެހި
އާތްވަށް
އަރާހުސްވުން
ހިރުމާ
ނ
ހިރުގަނޑުގެ
ބައްޔެއް.
މިއީ
ހިރުގަނޑުން
ނަގާ
ހުދުކުލައިގެ
ވަށްކޮށް
ހުންނަ
އެއްޗިހިތަކެކެވެ
މީގެ
ދެމެދުގައި
ޗޮކްލެޓް
ކުލައިގެ
ތިއްކެއް
ހުންނާނެއެވެ
ހިފައިއެޅުން
މ
)ޅ (
އެންއުކާން
ހުންނަ
މީހާގެ
ވަށްޓަށް
އެން
ހިފައިފައި
އަޅައި
ދިނުން
ހިލަވާލި
ނ
)މ (
ވާލީގެ
ބާވަތެއް
މިމަހުގެ
ބޯކޮޅު
އޮންނަނީ
ވަށްކޮށެވެ
މިމަސް
ދިރިދިރި
އޮންނައިރު
ބޯކޮޅުން
ފެށިގެން
ބަނޑުދަށް
ފަރާތުން
މެދަށްވުރެ
ތިރިޔަށް
ރަންކުލަޔަށްދާ
ކުލަޔެއް
ހުންނާނެއެވެ
ދެފަރާތުގައި
ހުންނަ
ދެކޮތަރި
ހަނދީގެ
ކޮތަރިއަށްވުރެ
ދިގުވެފައި
ކަންފަތުން
ބުރިކައްޓާ
ގުޅިފައި
ހުންނަބައިގެ
އެތެރޭގައި
ހިލައެއްހެން
އޮންނަ
ކަށިކޮޅެއް
ހުންނާނެއެވެ
ހުއިފަތުމަސް
ނ
ފަރުމަހުގެބާވަތެއް
މިބާވަތުގެ
ބޮޑެތިމަސް
ދިރިއުޅެނީ
މާކަނޑުގައެވެ
ފަޅުތެރެއަށްވަދެއުޅޭ
މީގެކުދިމަސް
ދުވެއުޅެނީ
އަރިއަށް
ތިބެގެން
ވަރަށް
މަޑުމަޑުންނެވެ
މިގޮތަށް
މިމަސްދުވާއިރު
ހީވަނީ
މަރުވެފައިވާ
ހުއިފަތް
ކޮޅެއް
އޮޔާ
ދާހެނެވެ
މަހުގެ
ކުލައަކީ
ގަދަމުށިކުލައެވެ
މަހުގެ
ނިގޫފަތް
ހުންނަނީ
ވަށްކޮށެވެ
ހުދުކާފޫރު
ނ
ހޫނުގަދަ
ރަށްރަށުގައި
ވަރަށްގަދަޔަށް
ހެދިފައިހުންނަ
ފެހިކަންގަދަ
ގަހަކުންނެގޭ
ތަތްކަންބޮޑު
ކިރެއް
މިދިޔާނުވެ
އާތްވަށް
އަރައިގެންދެއެވެ
މިއީ
ބޭހަށައާއި
ޚަނޫޠު
ހެދުމަށް
ބޭނުންކުރާ
އެއްޗެކެވެ
ހުލި
ނ
(1)
ގަސްގަހުގައިއަޅާ
އާދައާއި
ޚިލާފަށްކުދިވެ
ބޭނުންނުހިފޭގޮތްވެފައި
ހުންނަވައް.
(2)
މަދުނުހުންނައޮށް.
(3)
ގަސްގަހުގައި
އަޅާއެއްޗެތި
ފުރިހަމަވާއިރު
އެއަށްލިބޭންވީ
ސިފަ
އުނިވެފައިވާ
ބާވަތް.
(4)
އެނދުމުގެ
ސަބަބުން
ނެތިގެންދާ
ދިއުން.
(5)
ހުދުކާފޫރާއި
ކަރުބޮލަކު
ފަދަތަކެތި
އާތްވަށްވެގެންދާ
ދިއުން.
(6)
ލޮނުމެދު
ކާފޫރުތޮޅި
ފަދަތަކެތި
ހިކެމުން
ކުޑަވަމުންދާ
ދިއުން.
(7)
މަޖާޒު:
ވިޔަފާރީގައި
ގެއްލުންވަމުންދާ
ދިއުން.
(8)
ނއ.
ހިމަ
ކަމީނާ
ކުޑަ
މިބަސްބޭނުންކުރަނީ
ފުރާނަހުރި
ތަކެއްޗާ
މެދުގައެވެ
ހުލިވުން
މ
(1)
ގަސްގަހުގައިއަޅާ
މޭވާ
ފަދަ
ތަކެތި
އާދަޔާ
ޚިލާފަށް
ކުދިވެ
ބޭނުން
ހިފޭގޮތް
ނުވުން.
(2)
މަދުހުންނަ
އޮށުގައި
މަދުނެތުން.
(3)
ގަސްގަހުގައި
އަޅާއެއްޗެތި
ފުރިހަމަވާއިރު
އެއަށް
ލިބޭންވީ
ސިފަ
އުނިވެފައިވުން.
(4)
އެނދުމުގެ
ސަބަބުން
ނެތިގެން
ދިއުން.
(5)
ހުދުކާފޫރާއި
ކަރުބޮލަކުފަދަ
ތަކެތި
އާތްވަށް
ވެގެން
ދިއުން.
(6)
ލޮނުމެދު
ކާފޫރުތޮޅިފަދަ
ތަކެތި
ކުޑަވަމުން
ދިއުން.
މަޖާޒު:
(7)
ވިޔަފާރީގައި
ގެއްލުންވަމުން
ދިއުން.
(8)
ނއ.
ހިމަ
ކަމީނާ
ކުޑަ
މިބަސްބޭނުން
ކުރަނީ
ފުރާނަހުރި
ތަކެއްޗާ
މެދުގައެވެ
އައްޑަނަ
ނ
ހަނގުރާމައިގައި
ރެކޭން
ގެންގުޅޭ
އާލަތެއް.
މިކިތަންމެ
ސިފަޔަކަށް
ހުރެއެވެ.
ރާއްޖޭގެ
އައްޑަނަ
ހުންނަނީ
ވަށްކޮށް
ފަތާކޮށް
އެތެރެޔަށް
ގޮނިކޮށްލައިފައެވެ
އަވަށުކުދިން
ނ
އިހުގައި
މާލޭގެ
އަވަށްއަވަށުގައި
މަސައްކަތްކުރާއިރު
ބައެއް
މަސައްކަތްކުރުމަށް
ޚާއްޞަވެފައި
ތިބޭ
ކުދިން
މިކުދިންނަށް
ކިޔައި
އުޅޭނީ
"ތެޔޮއަޅުވާ"
ކުދިންނެވެ
ވޮށް
ނ
ރަންވަށްލޮއިން
ހަދައިފައި
ހުންނަ
ބާވަތެއްގެ
އެލުވާ
ބައްތިއެއް.
ޢާންމުގޮތެއްގައި
މިހުންނާނީ
ދެތަބައްލައި
މަތީ
ތަބަކަށް
ކަފައިން
އަނބުރައިފައި
ހުންނަ
ފުއްލައި
ކާށިތެޔޮ
އަޅައިގެން
ދިއްލޭނެ
ގޮތަށެވެ
ކިތަންމެފުކެއް
ދިއްލޭނެހެންވެސް
ވޮށް
ހަދައިފައި
ހުރެއެވެ
ވޮށްފިލާ
ނ
ވޮށާ
ދިމާމަތީގައި
އޮންނަ
ފިލާގަނޑު
މިފިލާގަނޑު
އޮންނާނީ
ވަށްކޮންނެވެ
ނަރުގަނޑު
ނ
(1)
އިނގިލީގައި
އަޅާ
ތަނޑިގަނޑު
(2)
އަތްފައިގައި
އަޅާން
ވަށްބޮޅެއްހެން
ހަދައިފައި
ހުންނަނަރު
(3)
އެކިކަހަލަ
މަޢުދަނީ
ނަރުގެ
ވަރުވަރުގެ
ބުރިވަރު
ރަތްތިކިފާނަ
ނ
ފާނައިގެ
ބާވަތެއް
މިމަހުގައި
ގަދަރަތްކުލައިގެ
ތިކިތަކެއް
ހުރެއެވެ
މަހުގެ
ކުލައަކީ
ރަތްކުލައެވެ
ބަނޑުދަށް
ފަރާތު
ކޮތަރިބަޔާ
ނިގޫފަތުގެ
ކޮޅު
ހުންނާނީ
ވަށްކޮށެވެ
މިމަހުގެ
ނިގޫފަތުގައި
ރަތްމުށިކުލައިގެ
ފުރާރޮނގެއް
ހުރެއެވެ
ރަތްގަޅިފާނަ
ނ
ފާނައިގެ
ބާވަތެއް
މިމަހުގެ
ކަންފަތްގަނޑުކޮޅާ
ނިގޫފަތުގެ
ކޮޅު
ހުންނަނީ
ވަށްކޮށެވެ
މިމަހުގެ
ކުލައަކީ
އޮރެންޖްކުލައެވެ
ދެއަރިމަތީގައި
ހުރަހަށް
ގަދަރަތްކުލައިގެ
ގަޅިތަކެއް
ހުރެއެވެ
މިގަޅިތައް
ސާފުކޮށް
ފެންނަން
ހުންނަނީ
މަހުގެ
މަތީބައިގައި
އެކަންޏެވެ
ރާއުނދުން
ނ
ރާކެއްކުމަށްޓަކާ
ވަކި
ފުންމިނެއްގައި
ވަކިމިންގަނޑަކަށް
ބިންމަތިކޮނެ
އެތަނަށްއަޅި
އަޅައި
ފެންޖަހައި
ހަރުކޮށްގެން
ތިންވަރުގެ
ތިން
އަނގަކަނޑައި
މަގަތުއަނގައިން
ބަނޑުދުރަލާގޮތަށް
ކޮންނަމުންގޮސް
އަނެއްދެއަނގަ
ވަޅަށް
ފޫދުައްވައިފައި
ހުންނަ
އުނދުނެއް.
މަގަތު
އަނގަވަޅަކީ
ދަރުޖަހާތަނެވެ.
މެދުގައި
ވަށްލޯވަޅެއްހެން
ބޮޑުކޮށްހުންނާނީ
ތަރާ
ފަތްއުދާ
އަނގަވަޅެވެ.
އެންމެ
ބިއްދޮށަށް
ހުންނާނީ
އާވި
ބޭރުކުރުމަށް
ހަދައިފައި
ހުންނަ
)ކުދިތެލި
އުދޭވަރުގެ(
ލޯވަޅެކެވެ
އެތަނަށްކިޔަނީ
ކަނޑޯޅިކޮޅެވެ
ދެ
އަނގަވަޅު
ދެމެދަށް
ކިޔަނީ
ނިތްގަނޑެވެ
ރޮކެޓު
ނ
ވަރަށް
ބާރަށް
ފަހަތަށް
ފޮނުވައިލާ
މާއްދާއެއްގެ
ސަބަބުން
ކުރިޔަށްދާގޮތަށް
ހަދައިފައިވާ
އެއްޗެއް
މީގެ
އެންމެ
ޢާއްމު
ވައްތަރުތައް
ހުންނަނީ
އެއަށް
އަޅައިފައިވާ
އަނދާ
މާއްދާތަކާއި
އޮކްސިޖަން
އެއްކޮށް
އަންދައިގެން
އުފެދޭއާވި
ފަހަތަށް
ފޮނުވާ
ލައިގެން
ދުއްވާގޮތަށެވެ.
މިއެންމެ
ޢާއްމުގޮތެއްގައި
ބޭނުންކުރަނީ
ހެދިހަނދު
ފަދަ
އެއްޗެހި
ޖައްވަށް
ފޮނުވުމަށާއި
ޖައްވީ
އުޅަނދު
ފަހަރުގެ
ދަތުރުތަކުގައެވެ
«
1
2
3
4
5
»